Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޖަގަހަތަކަށް ގެއްލުންދިނުން

އަމާންކަމާއެކީ ކެމްޕެއިން ކުރެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމަށް އެމްޑީޕީން އީސީއާއި ފުލުހުން ކިބައިން އެދިއްޖެ

އަހުމަދު ހައިތަމްގެ ކެމްޕެއިން ޖަގަހައަށް ބަޔަކު ގެއްލުންދީ މަރުގެ އިންޒާރު ދީފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 މާރިޗު 2019 | އާދީއްތަ 10:14
އެޖެންޑާ 19 ޕްރެސް ބްރީފިންގ

އެޖެންޑާ 19 ޕްރެސް ބްރީފިންގ

ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އަމާންކަމާއެކީ ކެމްޕެއިން ކުރެވޭނެ މާހައުލެއް ޤާއިމު ކޮށްދިނުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާއި، ފުލުހުންގެ ކިބައިން އެދިއްޖެއެވެ.

އާދިއްތަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޑެޕިއުޓީ ސެކެރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ ކެނޑިޑޭޓުންނަށް އިންޒާރުދީ، ކެމްޕެއިން ޖަގަހަތަކަށް ގެއްލުން ދިނުން ކުށްވެރިކުރާ ކަމަށާއި، އެކަން ބަލައި، އަމާންކަމާއެކީ ކެމްޕެއިން ކުރެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމަށް ފުލުހުންނާއި، އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާ ކަމަށެވެ.

" މިކަންތައްތަކަކީ އަޅުގަނޑުމެން ތަކުރާރުކޮށް މި ދަންނަވަނީ ކެމްޕެއިންގެ ރޫހާ ޚިލާފް، އަދި އަޅުގަނޑުމެން ކެމްޕެއިން ކުރުމަށް ގެންގުޅޭ އުސޫލުތަކާ، އަޅުގަނޑުމެން ޤަބޫލުކުރާ ހުރިހާ ކަމަކާ ޚިލާފް ކަންތައްތައް ކަމަށް އަދި އަޅުގަނޑުމެން ގޮވާލަނީ އިލެކްޝަންސް ކޮމިޝަނުންވެސް އަދި ރާއްޖޭގެ ޕޮލިސް ސާރވިސް އިން ވެސް އިންތިހާބުުގެ ކެމްޕެއިންތައް ކުރިއަށް ގެންދިއުމުގައި ވީހާވެސް އަމާން، ހުރިހާ ކެނޑިޑޭޓުންނަކަށް ރައްކާތެރި، އިންސާފުވެރި މާހައުލެއް ޤާއިމުކޮށްދެއްވުން، " އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ، އެފަދަ ކަންތައްތައް ހިނގަމުން ދިޔަ ކަމަށް ވިޔަސް ރައްދު ނުދެއްވައި އެޖެންޑާ 19 ގެ ސިޔާސަތުތައް ޕްރޮމޯޓު ކުރުމުގައި ދެމިތިބުމަށް އެމްޑީޕީގެ ސަޕޯޓަރުންނާއި، މެމްބަރުންގެ ކިބައިން އެދިލައްވާ ކަމަށެވެ. އަދި މިހާރު ވެސް ކުރިއަށް ގެންދަވާހެން ސުލްހަވެރިކަމާ އަމާންކަމާއެކު އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް އަފްޝަން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަފްޝަން އެހެން ވިދާޅުވެފައިވާއިރު، އެ ކަންކަން ކުރަނީ ކޮން ބައެއްކަން އެނގުނަސް އެމްޑީޕީގެ އެއްވެސް މެމްބަރަކު އަދި ސަޕޯޓަރަކު ވިޔަސް ރައްދު ނުދިނުމަށާއި ކެތްތެރިވެ، ހިތްވަރުގަދަ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ރައީސް ކުރީގެ ރައީސް ނަޝީދު ކުރިން ވަނީ ވިދާޅުވެފައެވެ.

އަފްޝަން އެހެން ވިދާޅުވެފައިވަނީ، އެމްޑީޕީން މައްޗަންގޯޅި ދެކުނު ދާއިރާއަށް ކުރިމަތިލައްވާ ކެނޑިޑޭޓް އަހުމަދު ހައިތަމްގެ ކެމްޕެއިން ޖަގަހައަށް ބަޔަކު ގެއްލުންދީ މަރުގެ އިންޒާރު ދިނުމުގެ އިތުރުން، ގަލޮޅު ދެކުނުގެ އެމްޑީޕީ ކެނޑިޑޭޓް މީކާއީލް ނަސީމްގެ 2 ކެމްޕެއިން ޖަގަހައަކަށް ގެއްލުންދީ އަދި ރ. އުނގޫފާރު އެމްޑީޕީ ކެނޑިޑޭޓް މުހައްމަދު ވަހީދުގެ ކެމްޕެއިން ޖަގަހައިގައި ރޯކޮށްލުމަށް ބަޔަކު މަސަައްކަތް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2017

ބާރުތައް ނެގުމުން ކުރެވޭނެ ކަމެއް ނެތް:ތޮއްޔިބް

17 ފެބުރުއަރީ 2017
ބާރުތައް ނެގުމުން ކުރެވޭނެ ކަމެއް ނެތް:ތޮއްޔިބް
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
09 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު

09 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

25 ޖެނުއަރީ 2017
ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު