Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބޮޑު ތިލަދުންމަތި ދަތުރު

ރާއްޖެ ދުށް އެންމެ ހުދު މުހުތާރު ވެރިކަން ކުރެއްވީ ރައީސް ޔާމީން: ރައީސް ސޯލިހު

އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ނުދިނުމަށް ރައީސް ގޮވާލެއްވި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 31 މާރިޗު 2019 | އާދީއްތަ 04:23
ރައީސް ސޯލިހު ހަނިމާދޫގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ސޯލިހު ހަނިމާދޫގައި ވާހަކަފުޅު ދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަކީ މިހާތަނަށް ރާއްޖެ ދުށް އެންމެ ހުދު މުޚުތާރު ވެރިޔާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލްޢަފޫރު މޫސާ އަށް ތާއީދު ހޯއްދެވުމަށް ހަނިމާދޫއަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައީސް ޔާމީން އަނެއްކާ ވެސް ގައުމު އަނދަވަޅަކަށް ވައްޓަވާލައްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި، އެ ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން މުޅި މަޖިލީހުގެ ނިޒާމް ގަނޑުބަޑުކޮށްލައްވާފައިވާ ކަމަށާއި، ގާނޫނާއި ގަވާއިދަށް ބެލުމެއް ނެތި ހިތު ހުރި ގޮތަކަށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އޭރު މި ދިވެހި ގައުމު ދެކެފައި ވަނީ ދުވަހަކު ވެސް ގައުމު ނުދެކޭހާ ހިތި ދުވަސްތައް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ފުރުސަތު އެ މަނިކުފާނުގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކަށް ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން މަޖިލީހުގެ މެޖޯރިޓީއާ އެކު ހިތު ހުރިހާ ގޮތަކަށް އަމަލުކުރައްވަމުން ގެންދެވި ކަމަށާއި، އަނެއްކާ ވެސް ރައީސް ޔާމީން އެ ފުރުސަތު ހޯއްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ޕީޕީއެމްއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ފަދައިން އިންތިޚާބު ލަސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށެވެ. ނަމަވެސް މި ފަހަރު އިދިކޮޅު ފަރާތްތަކަށް އެ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ކުރިން ވެސް ކަނޑައަޅާފައި އޮތް ތާރީޚުގައި އިންތިޚާބު އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން 100 ދުވަހު ކުރަން ނިންމި ކަންތަކުގެ 85 ޕަސެންޓް ނިމިފައިވާ ކަމަށާއި، އަދި އޭގެ ތެރެއިންވި 28 ކަންތައް މިހާރު ވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ފަހު ބޮޑު ތިލަދުންމައްޗަށް ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، ރައީސް ވަނީ ރިޔާސީ އިންތިޚަބުގައި އެ މަނިކުފާނަށް ވޯޓް ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު