Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

ނަޝީދު ޔާމީނަށް: ހަމަ ނޭވާ ލެވޭނީ މަނިކުފާނު ނެތުނީމާ!

30 މާރިޗު 2019 | ހޮނިހިރު 05:32

ނޭވާ ލެވޭނީ ތިމަންނާގެ ގެއަށް ގޯނިގޯނީގައި ފައިސާ ގޮސް ވެއްދުނީމަ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 30 މާރިޗު 2019 | ހޮނިހިރު 05:32
ކުރީގެ ރައީސް މުހައްމަދު ނަޝީދު(ކ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް މުހައްމަދު ނަޝީދު(ކ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން

"ހަމަނޭވާ ލެވެން އޮތީ" ކުރީގެ ރައީސް އަބްދުﷲ ޔާމީން ނެތުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޑުއްވަރީ ދާއިރާއަށް ވާދަ ކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފުގެ ކެމްޕެއިން ޖަލްސާއަށް ހުކުރު ދުވަހުގެ ރޭ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ " ހަމަނޭވާ ލެވެން އޮތީ މިފަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގިނަ ގޮނޑިތަކެއް ޖޭޕީ އާއި ޕީޕީއެމާއި ޕީއެންސީއަށް ދީގެން" ކަމަށެވެ.

Advertisement - newsAdvertisement
"ތަކުރާރުކޮށް ދަންނަވަން ރާއްޖޭގެ މަސްލަހަތު އޮތީ އަމާންކަން އޮތީ އަދި ރާއްޖޭގައި އެއްވެސް ބަޔަކަށް ހަމަނޭވާ ލެވެން އޮތީ މިފަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް ޖޭޕީ އާއި ޕީޕީއެމާއި ޕީއެންސީ ދީގެން" ރައީސް ޔާމީން ވިދާޅުވި އެވެ.

އެއަށް ރައްދު ދެއްވާ ވިލިފުށީ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ ހަސަން އަފީފުގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ "ހަމަ ނޭވާ ލެވޭނީ" ރައީސް ޔާމީންގެ ވެރިކަމުގައި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންނަށް ވީގޮތް ޔާމީން ކިޔައިދެއްވުމުން ކަމަށެވެ. އަދި "ހަމަނޭވާ ލެވޭނީ މަނިކުފާނު ނެތުމުން" ކަމަށް ވިދާޅުވިއެވެ.

"... ނޭވާ ލެވޭނީ އޮނަރަބަލް ގާސިމް އިބްރާހިމްގެ އަމއިްލަ ދަރި ގެންގޮސް ކުޑަގޮޅީގައި ބާއްވާ އަދި އޭނާއާއި ޖެހިގެން އޮތް ގޮޅީގައި އޭނާގެ ބައްޕަ ވެސް ބޭއްވީމައޭ. ނޭވާ ލެވޭނީ ތިމަންނާއަށް އަމިއްލަ ބޮޑުބޭބެ ކިޔާ ދަރި އޭނާގެ ބައްޕައާއި ޖެހިގެން އޮތް ގޮޅީގައި ތިމަންނައަށް ބޭއްވުނީމައޭ. ނޭވާ ލެވޭނެ ކަމަށް އެބޭފުޅާ އެވިދާޅުވަނީ އަނެއްކާ ވެސް ސަރުކާރުގެ ކުންފުނިތައް ބޭނުންކޮށްގެން ތިމަންނާއަށް އަނެއްކާ ވެސް ވައްކަން ކުރެވުނީމައޭ. ނޭވާ ލެވޭނީ ތިމަންނާގެ ގެއަށް ގޯނިގޯނީގައި ފައިސާ ގޮސް ވެއްދުނީމައޭ. ނޭވާ ލެވޭނީ ބޭރުން ގިނަ އަދަދެއްގެ ފައިސާ ރާއްޖެ ގެނެވި އެފައިސާ ދިވެހިރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް ދޮވެވި އޭގެ ނާޖާއިޒު ފައިދާ ތިމަންނާއަށް ނެގުނީމައޭ. ނޫން މަނިކުފާނު. ނޭވާ ލެވޭނީ މަނިކުފާނު ނެތުނީމާ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް "ނޭވާ ލެވޭނީ" ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ޖަރީމާތައް ހުއްޓުވުމުން ކަމަށެވެ. ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާނާއި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމް މަރާލިގޮތް އެނގުމުން ކަމަށާއި ރާއްޖޭގައި ރައީސް ޔާމީންގެ ވެރިކަމުގައި ގެއްލުވާލާފައިވާ ފައިސާތައް ވީތަން އެންގުމުން ކަމަށެވެ.

"ނޭވާ ރާއްޖޭގެ ރައްޔިތުންނަށް ލެވޭނީ މަނިކުފާނު ތި ޖަރީމާތައް ހިންގެވުން ހުއްޓުވާލީމާ. ނޭވާ ރާއްޖޭގެ ރައްޔިތުނަށް ލެވޭނީ މަނިކުފާނުގެ ރާއްޖޭގެ އެކިއެކި ގޭންގުތަކާއި ގުޅިގެން ހިންގަމުން ގެންދެވި ނާޖާއިޒު ކަންކަން ހުއްޓާލީމާ. ނޭވާ ލެވޭނީ ރިލްވާނަށް ވީގޮތް އަޅުގަނޑުމެންނަށް އެނގުނީމާ. ނޭވާ ލެވޭނީ ޑރ. އަފްރާޝީމް މަރާލިގޮތް އަޅުގަނޑުމެންނަށް އެނގުނީމާ. ނޭވާ ލެވޭނީ ރާއްޖޭގައި ގޮތެއް ނޭގި ގެއްލުވާލާފައިވާ އެތައް ބަޔަކަށް ވީގޮތް އަޅުގަނޑުމެންނަށް އެނގުނީމާ.ނޭވާ ލެވޭނީ ގެއްލިފައިވާ ފައިސާ ވީތަން އަޅުގަނޑުމެންނަށް އެނގުނީމާ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މަނީލޯންޑަރިންގެ މައްސަލައެއްގައި ތުހުމަތު ކުރެވިގެން ޝަރީއަތަށް ނުފޫޒުފޯރުވާނެ ކަމަށް ބެލެވި ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރުކޮށް ޖަލަށް ލާފައިވަނީ ފެބްރުއަރީ 18 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފުގެ މައްސަލައިގައި އެމަނިކުފާނު ބަންދުގައި ބެހެއްޓެން ނެތް ކަމަށް ހައި ކޯޓުން ހުކުމް ކޮށްފައިވަނީ އެ މަނިކުފާނު ހައްޔަރު ކޮށްފައިވާ މައްސަލަ ބެލުމަށް އެކުލަވައިލި ބެންޗު ބަދަލު ކުރުމަށް ފަހު ބުރާސްފަތި ދުވަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް