Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންވަޔަރަންމަންޓް މިނިސްޓްރީ

ޕެރިސް އެގްރީމެންޓްގައި ވައުދުވެފައިވާ އެހީ ލަސްނުކޮށް ފޯރުކޮށްދިނުމަށް ގޮވާލައްވައިފި

29 މާރިޗު 2019 | ހުކުރު 14:06

މޫސުމަށް އަންނަ ބަދަލުތަކަށް ޚާއްސަ ސަމާލުކަމެއްދޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 29 މާރިޗު 2019 | ހުކުރު 14:06
އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ޙުސެއިން ރަޝީދު

އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ޙުސެއިން ރަޝީދު

ރާއްޖޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތައް ކުރުމަށް ފައިސާ އާއި ވަސީލަތްތަކުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި، ޕެރިސް އެގްރީމެންޓްގައި ފޯރުކޮށްދޭން ވައުދުވެފައިވާ އެހީ ލަސްނުކޮށް ފޯރުކޮށްދިނުމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ޙުސެއިން ރަޝީދު ގޮވާލައްވައިފިއެވެ.

ނިއުޔޯކްގައި ބާއްވާ ހައި-ލެވެލް މީޓިންގ އޮން "ކްލައިމެޓް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފޮރ އޯލް" ގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ޙުސެއިން ރަޝީދު ޙަސަން ބައިވެރިވެވަޑައިގެން ވަނީ ތަގުރީރުކުރައްވާފައެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމަކީ އ.ދ ގެ އާއްމު މަޖިލިސްގެ ރައީސްގެ ފަރާތުން ބާއްވި ޖަލްސާއެކެވެ.

ނިއުޔޯކްގެ ޔުނައިޓެޑް ނޭޝަންސް ހެޑްކުއާރޓާރސް (ޔޫއެންއެޗްކިއު) ގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުން މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލަކީ ރައީސް ސޯލިހުގެ ސަރުކާރުގައި އެންމެ އިސްކަމެއް ދެއްވައިފައިވާ ކަމެއްކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމާއި މެދު އަޑުއުފުލައި އަޅަންޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަހަށް އެޅުމަށް ފަސްނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ގައުމީ ފެންވަރުގައި ރާއްޖެއިން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި އެހެން ގައުމުތަކުންވެސް ލަސްނުކޮށް އެމަސައްކަތް ކުރިއަށް ގެންދިއުމަށް ގޮވާލެއްވިއެވެ.

ރާއްޖެ ކަހަލަ ވަސީލަތްތައް މަދު ކުދި ގައުމުތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތައް ކުރުމަށް ފައިސާ އާއި ވަސިލަތްތަކުގެ ދަތިކަން ކުރިމަތިވެފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަންތައްތައް ކުރިއަށްގެންދިއުމަށް، ދެމެހެއްޓެނިވި ގޮތުގައި ފައިސާ ފޯރުކޮށްދިނުމަށާއި އިންސާނީ އަދި ޓެކްނޮލޮޖީގެ ވަސީލަތްތައް ލިބެން ޖެހޭކަމަށާއި، މިހާތަނަށް ތަރައްގީވެފައިވާ ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުއާހަދާއާއި ޕެރިސް އެގްރީމެންޓްގައި ފޯރުކޮށްދޭން ވައުދުވެފައިވާ އެހީ ލަސްނުކޮށް ފޯރުކޮށްދިނުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

މިގޮތުން ގްރީން ކްލައިމެޓް ފަންޑްގެ ރިޕްލެނިޝްމަންޓްއަށް ތަރައްޤީވެފައިވާ ޤައުމުތަކުން ފޯރުކޮށްދޭން ވައުދުވެފައިވާ ފައިސާ ލަސްނުކޮށް ފޯރުކޮށްދިނުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

27 ފެބުރުއަރީ 2017
ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
26 ފެބުރުއަރީ 2017

ޓައިނީ ހާޓްސްއަށް ޔުނިވަރސަލް ފައުންޑޭޝަނުން އެހީތެރިވާން ނިންމައިފި

26 ފެބުރުއަރީ 2017
ޓައިނީ ހާޓްސްއަށް ޔުނިވަރސަލް ފައުންޑޭޝަނުން އެހީތެރިވާން ނިންމައިފި
26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
09 ފެބުރުއަރީ 2017

އެހީދޭ ހަ މީހަކު މަރާލުމާ ގުޅިގެން އަފްޣާންގައި ރެޑް ކްރޮސެންޓްގެ މަސައްކަތް ހުއްޓާލައިފި

09 ފެބުރުއަރީ 2017
އެހީދޭ ހަ މީހަކު މަރާލުމާ ގުޅިގެން އަފްޣާންގައި ރެޑް ކްރޮސެންޓްގެ މަސައްކަތް ހުއްޓާލައިފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް