Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުވައްމުލަކު

ފުވައްމުލަކަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލު އޮތީ އެޖެންޑާ19ގައި: ހުސެއިން މުހައްމަދު

29 މާރިޗު 2019 | ހުކުރު 10:26

އައު ވަޒީފާތައް އުފައްދަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 މާރިޗު 2019 | ހުކުރު 10:26
ހުސެއިން މުހައްމަދު ވާހަކަދައްކަވަނީ

ހުސެއިން މުހައްމަދު ވާހަކަދައްކަވަނީ

ފުވައްމުލަކުގެ ސިޓީއަށް ދިމާވެފައިވާ ގިނަ މައްސަލަތައް އެބަ ހުރި ކަމަށާއި، އެ މައްސަލަތަކުގެ ހައްލު އޮތީ އެޖެންޑާ19ގައި ކަމަށް ފުވައްމުލަކު މެދު ދާއިރާ ކެނޑިޑޭޓު ހުސެއިން މުހައްމަދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފުވައްމުލަކުގައި ބޭއްވި ކެންޕޭން ޖަލްސާގައި ހުސެއިން ވިދާޅުވީ އެ ރަށަށް ގިނަ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ.

ފުވައްމުލަކުގައި އައު ވަޒީފާތައް އުފައްދަންޖެހޭ ކަމަށާއި، ވަޒީފާ ނުލިބިގެން އެތައް ޒުވާނަކު ރަށްދޫކޮށްދާ ކަމަށެވެ. އަދި މިއީ އާއިލާތައް ބިކަވެގެންދާ ސަބަބެއް ކަމަށް އޭނާ ފާހަގަކުރެވިއެވެ.

ފުވައްމުލަކު މެދު ދާއިރާއަކީ ރިސޯޓު މުއައްޒަފުން ގިނަ ދާއިރާއެއްކަން ފާހަގަކޮށް ހުސެއިން ވިދާޅުވީ ސާވިސްޗާޖު ނުދޭ މައްސަލަ ބަލައި މުއައްޒަފުންގެ ހައްގު ހޯދައިދިނުމުގެ އުސޫލު އޮތީ އެޖެންޑާ19 ގައި ކަމަށެވެ.

ސިއްހީ ނިޒާމަށް އަލިއަޅުއްވާލައްވާ ހުސެއިން ވިދާޅުވީ ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ނުލިބޭ ކަމަށާއި، ބަލިވެގެން ދާން މަޖުބޫރު ވަނީ މާލެއަށް ކަމަށެވެ. މިއީ ރައްޔިތުންނަށް ޖެހޭ އިތުރު ތަކުލީފެއް ކަމަށް އެނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހުސެއިން ވިދާޅުވީ އުންމީދު ކުރަނީ ރައީސް އިބްރީހިމް ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ފުވައްމުލަކުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ވެސް ކުރެވިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ 20 އަހަރު ވަންދެން ފުވައްމުލަކުގައި ގިރަމުން އައި ސަރަހައްދުގައި ހިމާޔަތް ކުރުމަށް އަމަލީ މަސައްކަތް ފަށާނެ ކަމުގެ އިޝާރާތެއް ސަރުކާރުން ދީފައިވާ ކަމަށެވެ.

ހުސެއިން ވިދާޅުވީ ރަށުގެ ތަރައްގީގެ އިތުރުން އިޖްތިމާއީ ގޮތުން ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެންޖެހޭ ކަމަށާއި، އެހެން ނުނީ ރައްޔިތުންގެ ހުވަފެންތަކުގައި ކުލަ ނުޖެއްސޭނެ ކަމަށެވެ.

''އަޅުގަނޑުމެން މަސައްކަތް މިކުރަނީ މިގައުމު އެހެން ހަރުފަތަކަށް ގެންދަން. އަޅުގަނޑުމެން މަސައްކަތް މިކުރަނީ ހަގީގީ މާނާގަ މިފުވައްމުލަކު ދުނިޔޭގައިވާ އެންމެ އުފާވެރިތަނަށް ހަދަން. ރައްޔިތުންގެ މަޖިލީހަށް ތިބޭފުޅުން އަޅުގަނޑުމެން އައްޔަންކުރަނީ ތިބޭފުޅުންގެ ޖަޒީރާ މެނިފެސްޓޯއަށް ގާނޫނީ ބާރުވެރިކަން ހޯދައިދީ ކުރިއަށް އޮތް ފަސް އަހަރު އުފާވެރި ފާގަތި ފަސް އަހަށް ހެދުމަށް. އަޅުގަނޑު އެދެނީ އަޅުގަނޑުގެ ދާއިރާގެ އެންމެހައި ރައްޔިތުންގެ އަރިހުގައި އަޅުގަނޑުމެންނަށް މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް،'' ހުސެއިން ވިދާޅުވިއެވެ.

އުތުރު ދާއިރާގެ ކެންޑިޑޭޓު މުހައްމަދު ރަސީދު ވިދާޅުވީ އެމްޑީޕީން ނުކުތީ ރައްޔިތުންނަށް ފައިދާ ހުރި ސިޔާސަތާއެކު ކަމަށާއި، މިފަދަ ސިޔާސަތުތަކާއެކު މަޖިލިސް އިންތިޚާބަށް އެހެން އެއްވެސް ޕާޓީއަކުން ނުނިކުންނަ ކަމަށެވެ.

އެމްޑީޕީއަށް އެތައް ރައްޔިތުންތަކެއް ލޯބިލިބިފައިވާކަން ފާހަގަކުރައްވައި ރަސީދު ވިދާޅުވީ ކެންޑިޑޭޓުން ރައްޔިތުންގެ ލޯބި ހޯދަނީ ދޮރުންދޮރަށް ހިނގައިގެން ކަމަށާއި، ރައްޔިތުންގެ ހިޔާލާ އިހުސާސްތައް ދެނެގަނެގެން ކަމަށެވެ.

ރަސީދު ވިދާޅުވީ ފުވައްމުލަކު ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން މިހާރުން މިހާރަށް ހައްލު ބޭނުންވާ ކަންކަން އެބަހުރި ކަމަށާއި، މަސައްކަތް ކުރަނީ އެހާލަތު ބަދަލުކުރަން ކަމަށެވެ.

''ވަރަށް ގިނަ މައްސަލަ އެބަހުރި. ވަރަށް ބޮޑު މައްސަލައެއް މިއީ ކުނީގެ މައްސަލަ. މެނޭޖްކުރެވޭނެ ގޮތެއް ނެތް. މިކަމުގެ ސަބަބުން އެތައް އުދަނގޫތަކާ ރައްޔިތުން ކުރިމަތިލާންޖެހޭ. އެކަމަކު އަޅުގަނޑުމެން ކުންޏަކީ އާމްދަނީ ލިބޭ ވަސީލަތަކަށް ހަދާނަން. ކުނީގެ މައްސަލަ ކޮށްދޭނަން'' ރަޝީދު ވިދާޅުވިއެވެ.

ދެކުނު ދާއިރާގެ ކެންޑިޑޭޓް މުހައްމަދު މުންތާޒު ވިދާޅުވީ ސިޔާސީ އެންމެހައި މަސައްކަތްތަކާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ހިތްވަރު ލިބެނީ ކުރީގެ ރައީސް އަދި މިހާރުގެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކަމަށާއި، އެއީ ލާމަސީލު މިސާލެއް ކަމަށެވެ.

އެމަނިކުފާނު ރައްޔިތުން ދެކެމުން އައިހުވަފެންތައް ހަގީގަތަކަށް ހަދައި ދީ ރައްޔިތުންނަށް ވީ ވައުދުތަކުގައި ހަގީގީ ކުލަ ޖައްސާދީފައިވާ ކަމަށެވެ.

މުންތާޒު ވިދާޅުވީ އަމާޒަކީ ފުދުންތެރި މުޖުތަމައުއެއް ބިނާ ކުރުން ކަމަށާއި، މިކަން ކުރުމަށް ރައްޔިތުން ފުރުސަތު ދޭންޖެހޭ ކަމަށެވެ. އެގޮތުން ދަރިންނާއިދަރިންގެ މުސްތަގުބަލަށް އެޖެންޑާ19 ތަންފީޒު ކުރުމަށް ވޯޓު ދިނުމަށް މުންތާޒު ގޮވާލެއްވިއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް