Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުޙައްމަދު ނަޝީދު

ލާދީނީއޭ ގޮވާ ފަރާތްތަކަށް ނަޝީދު ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފި

28 މާރިޗު 2019 | ބުރާސްފަތި 19:15

އިންތިހާބާ ދިމާކޮށް ވަރަށް ގިނަ ފަރާތްތަކުން އެމްޑީޕީއަކީ ލާދީނީ ބައެއް ކަމަށް ބުނޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 މާރިޗު 2019 | ބުރާސްފަތި 19:15
ނަޝީދު ފުވައްމުލަކުގައި އޮތް ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ނަޝީދު ފުވައްމުލަކުގައި އޮތް ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

އެމްޑީޕީގެ ވެރިކަމެއްގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނޯންނާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސްުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ވާދަވެރި ސިޔާސީ ފަރާތްތަކަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފިއެވެ.

އެމްޑީޕީން ކުރަމުންގެންދާ ކެމްޕެއިން ދަތުރުގެ ތެރެއިން ޏ. ފުވައްމުލަކުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ބުރާސްފަތި ދުވަހުގެރޭ ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިހާބާ ދިމާކޮށް ވަރަށް ގިނަ ފަރާތްތަކުން އެމްޑީޕީއަކީ ލާދީނީ ބައެއް ކަމަށް ތުހުމަތުކުރަމުންދާ ކަމަށާއި އެހެންނަމަވެސް ރާއްޖޭގައި އެންމެ ގިނަ މިސްކިތް އަޅާފައިވާނީ އެމްޑީޕީ ސަރުކާރުން ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި އެހެން އެއްވެސް ދީނަކަށް ޖާގައެއް ނޯންނާނެ ކަމަށް ނަޝީދު ތަކުރާރުކޮސް ވިދާޅުވިއެވެ.

Advertisement - newsAdvertisement
"ދިވެހިންގެ ހިތްތަކުގައި އެންމެ މަތިވެރިވެގެންވާ މަޤާމެއް ދެވިފައިވަނީ އިސްލާމްދީނަށް، ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ބައެެއް ސިޔާސީ ލީޑަރުން ވާހަކަ ފަތުރަމުންދޭ. އަޅުގަނޑުމެންގެ ވެރިކަމުގައި ބުދު ފައްޅި ރާއްޖޭގައި އަޅާނެކަމަށް ލަދެއް ނެތި ބުނަމުންގެންދޭ. އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގައި 47 މިސްކިތް ބިނާކުރި. އަަޅުގަނޑުމެންނަކީ މައިންބައިފައިން ލޯބިން ބޮޑެތިކޮށްފައި ތިބި ކުދިން. އުމުރުން 7 އަހަރުވީމަ ޚަތިމް ކުރަން ދަސްކޮށްދީފައި ނަމާދުކުރަން ދަސްކޮށްދީފައި ރޯދަ ހިފަން މަޖުބޫރުކޮށް ޒަކާތްދެނީ. ދިވެހިރާއްޖޭގައި އެހެން އެއްވެސް ދީނަކަށް ޖާގައެއް ނޯންނާނެ. އެއީ ދިވެހިން އެދޭ ގޮތް، އެެހެންވީމަ އެ ވާހަކަތައް ދައްކާނެ ކަމެއް ނެތް" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ނަޒާހަތްތެރި ރައްޔިތުންގެ މަޖިލީހެއް ކަމަށާއި އެމްޑީޕީގެ ކެންޑިޑޭޓުން ނަޒާހަތްތެރިވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ ކެންޑިޑޭޓުން ނުވިކޭނެ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ފުވައްމުލަ،ކަށް ދިމާވެފައިވާ ކަންތައްތައް އިންތިހާއަށް ގިނަ ކަމަށާއި އެ މައްސަލަތަކަށް ހައްލު ލިބި، ރައީސް ސޯލިހުގެ ސަރުކާރުން އެ ވައުދުތައް "އަކުރުން އަކުރަށް، ރަނުން ރަނަށް" ފުއްދަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ދަރިންނަށް ހިލޭ ތައުލީމުގެ ފުރުސަތު ހުޅުވާލައިދީ މި ރާއްޖެ އިތުރަށް ތަރައްޤީ ކުރައްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ޝަރީއަތުގެ ހުކުމްތައް ސިޔާސީ ހުކުމް ތަކަށްވެގެން ދަނީ ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ނެތުމުން ކަމަށާއި ޤައުމެއްގެ ތަރައްޤީ އަންނަނީ ވަކި ހާއްސަ ކަންތައްތަކެއް ވަކި އިރެއްގައި ކުރުމުން ކަމަށެވެ. އަދި އެޖެންޑާ 19 އިން އެކަންތައްތައް ސާފުވެގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ފުވައްމުލަކަށް ވަޑައިގަތުން އެ ރަށުން އެ މަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް