Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް އިންތިހާބު 2019

އަދުރޭގެ އަމަލުތަކުގެ ސަބަބުން ތުޅާދޫ ދާއިރާއިން ޕީޕީއެމް ނެތި ދިޔުން އެކަށީގެންވޭ: ތުޅާދޫ ޕިޕީއެމް

ޕާޓީ ބައިބައި ކޮށްލުމަށް ޕީއެންސީގެ ރައީސް ދަނީ މަސައްކަތް ކުރައްވަމުން: ޕީޕީއެމް ތުޅާދޫ ދާއިރާގެ ނައިބް ރައީސް

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 28 މާރިޗު 2019 | ބުރާސްފަތި 10:19
ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ

ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ

ޕީއެންސީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ( އަދުރޭ) ހިންގަމުން ގެންދާ ނޭއްގާނީ އަމަލުތަކުގެ ސަބަބުން ތުޅާދޫ ދާއިރާއިން ''ޕީޕީއެމް'' ނެތިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތުޅާދޫ ދާއިރާގެ ޕީޕީއެމް އިން ބުނެފިއެވެ.

ތުޅާދޫ ދާއިރާގެ ޕީޕީއެމް އިން މިފަދަ ގޮތަކަށް ބުނެފައި މިވަނީ، އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ އާއްމު އިންތިހާބުގައި އެ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ މުހައްމަދު އަތީފަށް ޕްރޮގްރެސިވް ކޯލިޝަނުން ކުރި ތާއީދު އަނބުރާ ގެންދަން ނިންމުމާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

އޭނާ އަށް ކުރި ތާއީދު އަނބުރާ ގެންދަން ނިންމީ ޕީޕީއެމްގެ މެމްބަރުންތަކެއް އޮފީހަށް ވަންނަން އުޅުމުން ހުރަސްއެޅި ކަމަށް ތުހުމަތުކޮށެވެ.

އެކަން އިއުލާން ކޮށްފައިވަނީ އަންގާރަ ދުވަހު ބޭއްވި ޕްރެސްކޮންފަރެންސް ގައި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އެވެ. ޕޮރްގްރެސިވް ކޯލިޝަނުން މިހާރު ތާއީދު ކުރަނީ އެދާއިރާ އަށް އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ މުހައްމަދު ޒަހީންއަށެވެ.

އެކަމާއި ގުޅޭ ގޮތުން ތުޅާދޫ ބޮޑު ގޮފީގެ ނައިބް ރައީސް މުހައްމަދު މުމްތާޒް ނެރުނު ބަޔާނެއްގައި ބުނީ، ތުޅާދޫ ދާއިރާގެ ޕީޕީއެމް ކެންޑިޑޭޓަކީ ''ތުޅާދޫ ޢާތިފް'' ކަމަށާއި، އެ ދާއިރާގެ ޕީޕީއެމްގެ މެމްބަރުން އަދުރޭ އެދިލައްވާހާ ގޮތަކަށް ވޯޓު ދޭނެ ބައެއް ނޫން ކަމަށެވެ.

ޕާޓީ ބައިބައި ކޮށްލުމަށް ޕީއެންސީގެ ވަގުތީ ރައީސް މަސައްކަތް ކުރަމުންދާ ކަމަށާއި، ޒާތީ ގޮތުން އާތިފަށް ދެމުންދާ ހަމަލާ ހުއްޓާލުމަށް އެ ދާއިރާގެ މެމްބަރުން ވަނީ ގޮވާލާފައެވެ. އަދުރޭ ހިންގަމުންދާ މިފަދަ ނޭއްގާނީ އަމަލުތަކުގެ ސަބަބުން ތުޅާދޫ ދާއިރާއިން '' ޕީޕީއެމް'' ނެތިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ޕްރޮގްރެސިވް ކޯލިޝަން އިން ތާއީދުކުރަން ނިންމާފައިވާ ޒަހީން އަކީ މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދުގެ އާއިލާ މެމްބަރެކެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތުޅާދޫ ދާއިރާއިން ހަތަރު ކެންޑިޑޭޓަކު ވާދަކުރެއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ގާނޫނީ ވަކީލާ ހިސާން ހުސޭން ހިމެނިވަޑައިގަންނަވައެވެ. ތުޅާދޫ ދާއިރާގެ ހަތަރު ރަށެއް ހިމެނޭއިރު އާބާދީ އެންމެ ބޮޑީ ތުޅާދޫގައެވެ. އެ ރަށުގެ އާބާދީގައި 2972 މީހުން ތިބޭއިރު ވޯޓުލެވޭ މީހުންގެ އަދަދަކީ 2183 މީހުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަބަބުން މިނިވަން މީޑިއާތަކަށް ދަނީ ހުރަސްއެޅެމުން: ޓްރާންސްޕޭރެންސީ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަބަބުން މިނިވަން މީޑިއާތަކަށް ދަނީ ހުރަސްއެޅެމުން: ޓްރާންސްޕޭރެންސީ

10 އެޕްރީލު 2017
ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ

ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ

04 އެޕްރީލު 2017
ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ

ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ

18 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި

ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި

18 މާރިޗު 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު