Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރަށް 90 ދުވަސް ފުރުން

މާލެ އާއި ރަށްރަށުގެ ކަރަންޓްގެ އަގު އެއް ހަމައަކަށް ގެނައުމަށް ވަނީ ނިންމާފައި: ރައީސް

28 މާރިޗު 2019 | ބުރާސްފަތި 06:03

މާރޗް 1 އިން ފެށިގެން ކަރަންޓުގެ އަގަށް ބަދަލު އަންނާނެ

އަމަން ހަލީމް
އަމަން ހަލީމް | 28 މާރިޗު 2019 | ބުރާސްފަތި 06:03
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

މި ހިނގާ މަރޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 90 ދުވަސް ފުރުން ފާހަގަކުރުމުގެ ގޮތުން ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މިއީ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި މާލެ އާއި އެހެން ރަށްތަކާއި ހުރި ފަރަގު ނައްތާލުމުގެ ގޮތުންނާއި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކުރުމުގެ ސިޔާސަތުގެ ދަށުން ކޮށްދެއްވި ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ރައީސް ސޯލިހު ވަނީ ތިން ކަމެއް ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ މިހާރު މާލެއާ އަތޮޅުތެރޭގެ ރަށްތަކުގެ ޑޮމެސްޓިކް ކެޓެގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑްތަކުގެ އަގުކުރުމުގައި ހުރި ފަރަގު ނައްތާލެވިފައި ވާނެ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ރަށްތަކުގެ ހުރިހާ ގޭބިސީއެއްގެ ކަރަންޓް ބިލް ކުޑަވެގެން ދާނެ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

"ކަރަންޓުގެ އަގަށް މި ބަދަލު ގެނައުމުން، ރަށްރަށުގެ ގޭބިސީތަކުގެ ކަރަންޓު ބިލުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ. މި ގޮތުން މިސާލަކަށް، ގޭބިސީއަކުން ކަރަންޓު ބިލަށް 2200 ރުފިޔާ ހޭދަކުރާ ނަމަ، ދެން ދައްކަންޖެހޭނީ، ގާތްގަނޑަކަށް 1700 ރުފިޔާ" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ހުރިހާ ރަށްރަށުގެ ވިޔަފާރިތަކުން ކަރަންޓަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން އަތޮޅުތެރޭގެ ބިޒްނަސް ކެޓެގަރީގެ އަގުތައް އައްޑޫ އާއި ފުވައްމުލަކުގައި ހުރި އަގާ އެއްވަރު ކުރެވިފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލުގެ ސަބަބުން ވިޔަފާރިތަކުން ހަކަތައަށް ކުރަންޖެހޭ ހަރަދު ކުޑަވެ ވިޔަފާރީގެ ފައިދާ އިތުރުވެގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ބަދަލު ގެނައުމުން، ރަށްރަށުގައި ކަރަންޓް ބިލަށް، ގާތްގަނޑަކަށް 4600 ރުފިޔާ ދައްކަމުން އައި ވިޔަފާރިތަކުން، ދެން ދައްކަންޖެހޭނީ ގާތްގަނޑަކަށް 3400ރ.. މިއީ ރައްޔިތު މީހާގެ ޖީބަށް ވަންނަ އިތުރު 1200ރ." ރައީސް ވިދާޅުވިއެވެ.

ތިން ވަނަ ކަމަކަށް ރައީސް ފާހަގަކުރެއްވީ، ސަރުކާރުން ޑީސަލުން ނަގަމުން އައި ފަސް އިންސައްތަ ޑިއުޓީ ކަނޑާލުމާ ގުޅިގެން ކަރަންޓްގެ އަގަށް އައި ހެޔޮ ބަދަލެވެ. އެގޮތުން ރައީސް ވިދާޅުވީ ހުރިހާ ކަރަންޓް ބިލަކުން ވެސް ފިއުލް ޑިސްކައުންޓެއް ދޭން ނިންމަވާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ހުރިހާ ގޭބިސީތަކާއި ވިޔަފާރިއަށް ވެސް މީގެ ހެޔޮ މަންފާ ލިބިގެން ދާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮ ކުރަން ނިންމެވީ މައިގަނޑު ދެ ވިސްނުމެއްގެ ދަށުން ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް ރައީސް ފާހަގަކުރެއްވީ މާލެ އާއި އަތޮޅުތެރޭގައި އޮތް ފަރަގު ނައްތާލުމެވެ. ރައީސް ވިދާޅުވީ އަތޮޅުތައް ތަރައްގީ ކުރެވޭނީ މިފަދަ ސިޔާސަތުތައް އިސްކޮށްގެން ކަމަށެވެ. ދެވަނަ ކަމަކަށް ރައީސް ފާހަގަކުރެއްވީ ވިޔަފާރިތަކަށް ފަހި މާހައުލެއް ބިނާކޮށްދިނުމެވެ. ރައީސް ވިދާޅުވީ މިކަމުގެ ސަބަބުން ވިޔަފާރިތަކުން ކުރާ ޚަރަދު ކުޑަވެ، މުޅި އިގްތިސާދަށް އޭގެ ނަފާ ކުރާނެ ކަމަށެވެ.

ރައީސް ސޯލިހުގެ ވާހަކުފުޅުގައި ރައީސް ވަނީ މިހާރު ބޭނުންކުރާ ޑީސަލް ޖެނެރާޓަރުތައް ދޫކޮށް ސޯލަރ ފަދަ އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އޭރުން ކަރަންޓުގެ އަގު މިހާރަށް ވުރެ ވެސް ހެޔޮ ވެގެން ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ނަމަ، މިހާރަށް ވުރެ މާ ހެޔޮއަގުގައި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެވޭނެ،" ރައީސް ވިދާޅުވިއެވެ.

ކަރަންޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. ސަރުކާރަށް 90 ދުވަސް ފުރުން ފާހަގަކުރަން ބޭއްވި ހަފުލާގައި ރައީސް ވިދާޅުވީ ހުރިހާ ވައުދުތަކުގެ ތެރެއިން މިހާތަނަށް 83 އިންސައްތަ ވައުދު ފުއްދާދެވިފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް