Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޖެންޑާ 19

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

ޔައުގޫބު ވިދާޅުވަނީ ވައްކަން ހުއްޓުވަން ހަތިޔާރެއް އެބަ އޮތް ކަމަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 28 މާރިޗު 2019 | ބުރާސްފަތި 03:45
ދާންދޫ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ޔައުގޫބު: ތަފާތު ވާހަކަތެއް ހުވަދޫ ބަހުރުވައިން

ދާންދޫ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ޔައުގޫބު: ތަފާތު ވާހަކަތެއް ހުވަދޫ ބަހުރުވައިން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވަނީ މަޖިލީހުގެ މެމްބަރުކަން ކޮންމެހެން ބޭނުންވެގެން ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވަނީ ރައްޔިތުންގެ މުދާ ހިމާޔަތް ކުރެއްވުމަށް ކަމަށް ދާންދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހުވަދޫއިން މަޖިލީހަށް ވާދަ ކުރައްވާ އެމްޑީޕީގެ އަށް ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ގދ. ތިނަދޫގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޔައުގޫބު ވިދާޅުވީ މަޖިލީހަށް ބައެއް މީހުން ވާދަ ކުރަނީ މުއްސަނދިވުމަށް ކަމަށާއި އެކަން މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފެންނަމުންދާ ކަމަށެވެ. މަޖިލީހަށް އިންތިހާބުވުމަށްފަހު، މެމްބަރުން މުއްސަނދިވުން ހުއްޓުވާނެ ކަމަށް ވިދާޅުވެ، ޔައުގޫބު ވިދާޅުވީ އެކަން ހުއްޓުވުމަށް އެމްޑީޕީން އޭނާއަށް "ހަތިޔާރެއް" ހަވާލުކޮށްފައިވާ ކަމަށާއި އެއީ "އިންކަމް ޓެކްސް" ނަގަން ފެށުން ކަމަށެވެ.

އެކައުންޓިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވައި، ޗާޓަޑް އެކައުންޓެންޓަކަށް ވެވަޑައިގެންފައިވާ ޔައުގޫބު ހުވަދޫ ބަހުރުވައިން ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ މަޖިލީހަށް އިންތިހާބުވުމަށްފަހު، ދާންދޫ ދާއިރާގެ ތައުލީމީ ނިޒާމު އެހެން ހަރުފަތަކަށް ނުގެންދެވިއްޖެނަމަ، މެމްބަރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އެ ވާހަކަ އޭނާ ގެންދަވަނީ ކެމްޕެއިން ތެރޭގައި ތަކުރާރު ކުރައްވަމުންނެވެ.

"ދާންދޫ ދާއިރާގެ ތައުލީމީ ނިޒާމު، މި ލެވެލުން އެހެން ހަރުފަތަކަށް ނުގެންދެވިއްޖެނަމަ އިސްތިއުފާ ދޭނެ ކަމަށް ދަންނަވާފައިވާނެ. މި އުޅެނީ މަޖިލިސް ގޮނޑި ބޭނުން ވެގެނެއް ނޫން. އެކަމަށް ޑެސްޕަރޭޓްވެގެނެއް ނޫން. މި ނުކުތީ ރައްޔިތުންގެ މުދާ ހިޔާމަތް ކުރަން. ރައްޔިތުން ތަރައްގީ ކުރަން،" ދާންދޫއަށް ވަޑައިގެން، އެކައުންޓިން ކިޔަވަ ދެއްވައި އޯލެވެލ އިމްތިހާނަށް ދަރިވަރުން ތައްޔާރު ކުރެއްވުމުގައި ވެސް އުޅުއްވާ ޔައުގޫބު ވިދާޅުވިއެވެ.

ތިނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަ ކުރައްވާ އަބްދުﷲ ސަނީފް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ އެމްޑީޕީ

ތިނަދޫ ގިނަ ބަޔަކު ބައިވެރިވި އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ތިނަދޫ ދެކުނު ދާއިރާއަށް ވާދަ ކުރައްވާ އަބްދުﷲ ސަނީފް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުކޮށްފިނަމަ އުފާވެރިކަން ގެނެސްދޭނެ ކަމަށާއި ތިނަދޫ މުއައްސަސާތަކުގެ މުވައްޒަފުންނަކީ ހަރަކާތްތެރިި ބަޔަކަށް ހަދައިދޭނެ ކަމަށެވެ.

ވޭތުވެދިޔަ ފަސް އަހަރު ތިނަދޫގައި ހުރި ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ގެންގުޅުނީ އަޅުންގެ ގޮތުގައި ކަމަށް ސަނީފު ސިފަ ކުރެއްވިއެވެ.

"ތިބޭފުޅުން ފަސް އަހަރު ދުވަސް ވެއްޖެ، އަޅުންގެ ގޮތުގައި ކަރުގައި ވާ ޖަހައިގެން ކުއްތާތަކެއްގެ ގޮތުގައި އެންމެ ހަޑިމުޑުދާރުކޮށް، މަގުމަތީގައި މަސައްކަތް ކުރަމުންދިޔައީ. އެކަކުން ފެށިގެން އަނެއް ދުވަހު އިރުއަރަންދެން. އަޅުގަނޑުމެން މި އައީ އިންސާފު ގާއިމު ކުރުމަށްޓަކާ، ރައްޔިތުން އަޅުވެތި ކުރާކަށް ނޫން،" ސަނީފު ވިދާޅުވިއެވެ.

އެމްޑީޕީ ޓިކެޓުގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަ ކުރައްވާ އަބްދުލް މުޣުނީ ވިދާޅުވީ އެމްޑީޕީން އެޖެންޑާ19 ހިފައިގެން މަޖިލީހަށް އެމްޑީޕީން ނުކުންނަނީ ފުރިހަމަ ނުކުރެވި އޮތް ޓެކްސްގެ ނިޒާމު ފުރިހަމަ ކުރުމަށް ކަމަށެވެ. އެގޮތުން މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނަގާނެ ކަމަށާއި އެ ޓެކްސް ނަގާނީ މަހުޖަނުންގެ ޖީބުން ކަމަށް މުޣުނީ ވިދާޅުވިއެވެ.

ތިނަދޫގައި ބޭއްވި އެމްޑީޕީ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަ ކުރައްވާ މުޣުނީ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ އެމްޑީޕީ

ދުވިސައްތަ ސާޅީހަށް ވުރެ ގިނަ ރަށްތަކުގެ މައްޗަށް އެކުލެވޭ ހުވަދު އަތޮޅަކީ ދުނިޔޭގެ އެންމެ ބޮޑު އަތޮޅު ކަމަށް ފާހަގަ ކުރައްވައި މުޣުނީ ވިދާޅުވީ ހުވަދޫ މީހުން ދޮންވެލި ބޭނުން ކުރީ ދަތް އުނގުޅަން ކަމަށާއި ނަމަވެސް މާލެ ސަރަހައްދުގެ ރައްޔިތުން އެ ދޮންވެލި ވިއްކައިގެން ހޯދަނީ ޑޮލަރު ކަމަށެވެ. ހުވަދޫ މީހުން ވެސް ރާއްޖޭގެ ގޮނޑުދޮއްތައް ވިއްކައިގެން ޑޮލަރު ހޯދަން މިހާރު ފަށާފައިވާ ކަމަށާއި އެ ޑޮލަރު ދެން މާލޭ ސަރުކާރަށް ނުގެންގޮސް، ކައުންސިލްތަކަށް ލިބޭނެ ގޮތް ހައްދަވާނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އިހަކަށް ދުވަހު އެ ދޮންވެލި ވިއްކައިގެން ޑޮލަރު ލިބެން ފެށީ. އެކަމަކު އެޑޮލަރު އަޅުގަނޑުމެން މި ފޮނުވަން ޖެހެނީ މާލެއަށް. މާލެ ރައްޔިތުންނަށް. މައި ސަރުކާރަށް. އަޅުގަނޑުމެން އެޖެންޑާ19އާ އެކު ވަދެ މި ބުނަނީ އެ ޑޮލަރު ދެން ލާހިކެއް ނޫނޭ މާލެ ފޮނުވާކަށް. އަޅުގަނޑުމެންގެ ކައުންސިލަށް އަޅުގަނޑުމެންގެ ރައްޔިތުންނަށް އަޅުގަނޑުމެންގެ ރަށަށް ހޯދަދޭނަމޭ. އެޖެންޑާ19 އިން އަޅުގަނޑުމެން ކުރަން މި އުޅެނީ އެކަންތައް،" އެމްޑީޕީ ޕްރައިމަރީގައި ވޯޓުލީ 1088 މީހުންގެ ތެރެއިން 60 ޕަސެންޓް ވޯޓު ހޯއްދަވައި އެމްޑީޕީގެ ޓިކެޓް ހޯއްދެވި މުޣުނީ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު