Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކުންމިންގ ފެއަރ

ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މިފެއަރ އޮންނާނީ މިއަހަރުގެ ޖޫން މަހުގެ 12 އިން 18 އަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 26 މާރިޗު 2019 | އަންގާރަ 14:27
ޗައިނާގައި 2018 ވަނަ އަހަރު ބޭއްވި ކުންމިން ފެއަރ

ޗައިނާގައި 2018 ވަނަ އަހަރު ބޭއްވި ކުންމިން ފެއަރ

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސައުތު އެންޑް ސައުތު އީސްޓް އޭޝިޔާ ކޮމޯޑިޓީ އެކްސްޕޯ އެންޑް އިންވެސްޓްމެންޓް ފެއަރ 2019" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިފެއަރ އޮންނާނީ މިއަހަރުގެ ޖޫން މަހުގެ 12 އިން 18އަށް ޗައިނާގެ ކުންމިންގ ގައި ކަމަށެވެ.

މިފެއަރގައި ދިވެހި އުފެއްދުންތައް ދައްކާލައި، ވިއްކުމުގެ ފުރުޞަތު ލިބިންގެންދާނެއެވެ.

އެހެންކަމުން މި ފެއަރގެ ސަބަބުން ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓުގައި ވިއްކުމަށް ހުރި ގޮންޖެހުންތައް ދެނެގަނެވި، ދިވެހި އުފެއްދުންތައް ވާދަވެރި މާކެޓުތަކުގައި ވިއްކުމުގައި ފަސޭހަވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އަދި މިފަދަ އުފެއްދުންތައް އުފައްދާ ބޭރުގެ ފަރާތްތަކާއި ގުޅުންބަދަހިވެ، ދިވެހި އުފެއްދުންތައް މެކެނައިޒްކުރެވޭނެ ވަސީލަތްތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށާއި މިފެއަރއަކީ، ޗައިނާގެ އުފެއްދުންތަކުގެ އިތުރުން ދެކުނު އޭޝިޔާގެ ގިނަ ޤައުމުތަކުގެ އުފެއްދުންތައްވެސް ފެނިގެންދާނެ ފެއަރއެއްކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިފެއަރގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފޯރމް ފުރިހަމަކުރިމަށް ފަހު 07 އޭޕްރިލް 2019 އިން 11 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް އިކޮނޮމިކް މިނިސްޓްރީއަށް ފޯމް ހުށަހެޅުމަށް އެދޭ ކަމަށާއި ފޯމް އީމެއިލް ކުރައްވާނަމަ މި މުއްދަތުގެ ތެރޭގައި mauraz@trade.gov.mv އަށް އީމެއިލް ކުރެއްވުމަށް އިކޮނޮމިކް ނިސްޓްރީން ވަނީ އެދިފައެވެ.

މިފެއަރގައި ބައިވެރިމުވަމަށް ހުށައަޅާ ފަރާތްތަކުން މިފެއަރގައި ބައިވެރިވުމުގެ ހަރަދު ހަމައްޖައްސަންޖެހޭނީ އަމިއްލައަށެވެ.. ނަމަވެސް މިފެއަރގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން އިކޮނޮމިކް މިނިސްޓްރީއިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

09 އޯގަސްޓު 2017

އުރީދޫގެ ހިއްސާ ގަނެވިއްކުމަށް ހުޅުވާލައިފި

09 އޯގަސްޓު 2017
 އުރީދޫގެ ހިއްސާ ގަނެވިއްކުމަށް ހުޅުވާލައިފި
06 އޯގަސްޓު 2017

ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2017
ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި
01 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި
21 އެޕްރީލު 2017

ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

21 އެޕްރީލު 2017
ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި
18 އެޕްރީލު 2017

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

18 އެޕްރީލު 2017
 އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު