Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއމިލިއާނޯ ސަލާ

ސަލާގެ ޓްރާންސްފާ ފީ ދައްކަން ބޭނުމެއް ނޫން: ކާރޑިފް ސިޓީ

26 މާރިޗު 2019 | އަންގާރަ 11:43

އެމިލިއާނޯ ސަލާ ރަސްމީކޮށް ކާޑިފަށް ބަދަލުވެފައެއް ނުވޭ: ކާރޑިފް ސިޓީ

މިއުނާ ހަސަން
މިއުނާ ހަސަން | 26 މާރިޗު 2019 | އަންގާރަ 11:43
އެމިލިއާނޯ ސަލާ

އެމިލިއާނޯ ސަލާ

އެމިލިއާނޯ ސަލާ ރަސްމީކޮށް ކާޑިފަށް ބަދަލުވެފައިނުވާ ކަމަށް ބުނެ އޭނާގެ ޓްރާންސްފާ ފީ ދައްކަން ކާޑިފްއިން ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޖެނުއަރީ 21 ވަަނަ ދުވަހު ފްރާންސްގެ ނެންޓްސް އިން ނައްޓާލައިގެން ކާޑިފްއަށް ދަތުރު ކުރި ޕައިޕާ މަލިބޫ ނަމަކަށް ކިއުނު ޖެޓު ވެއްޓުމުގެ ހާދިސާގައި މަރުވި އެމިލިއާނޯ ސަލާ އެ ޓީމަށް ގެނެއަމަށް ނިންމާފައި ވަނީ ޖެނުއަރީ މަހުގެ ތެރޭގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޖެޓުގައި ކާޑިފް އަށް ސަލާ ދަތުރު ކުރަމުން ދިޔައީ އެޓީމާ ގުޅުމަށެވެ.

އަންނަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގައި އޮންނަން ބޭނުންވާތީ ކާޑިފްގެ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ރެކޯޑް އަގެއް ކަމަށްވާ 19 މިލިއަން ޑޮލަރަށް ސަލާގެ ސޮއި ކާޑިފްއަށް ހޯދާފައިވާއިރު އޭނާގެ ޓްރާންސްފަރ ފީ ކާޑިފުން ދޭން ދެކޮޅު ހެދުމުން ނެންޓްސް އިން ވަނީ އެ މައްސަލަ ފީފާ އަށް ހުށައަޅާފަ އެވެ. ފީފާ އިން ވަނީ މި މައްސަލައިގައި ޖަވާބުދާރީވާން އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކާޑިފަށް މުހުލަތު ދީފަ އެވެ.

ކާޑިފުން ސަލާގެ ސޮއި ހޯދާފައިވާކަން އިއުލާންކުރީ ޖެނުއަރީ 19 ވަނަ ދުވަހު އެވެ. އޭގެ ދެ ދުވަސް ފަހުން ސަލާ ދަތުރުކުރި ޖެޓު ވެއްޓި އޭނާ މަރުވި ހާދިސާ ހިނގިއިރު، ސަލާ ދަތުރު ކުރުމުގެ ކަންތައްތައް ކާޑިފުން ހަމަޖައްސައި ދީފައި ނުވާތީ ނެންޓްސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެހެން ނަމަވެސް ކާޑިފުން ބުނީ އެ ކްލަބުން ސަލާގެ ދަތުރުފަތުރު ހަމަޖައްސައި ނުދިނީ ސަލާ އެކަމަށް އެދިފައިނުވާތީ ކަމަށާއި ދަތުރުގެ ކަންތައްތައް ހަމަޖައްސާފައި ވަނީ ސަލާގެ އޭޖެންޓް ވިލީ މެކާ ޕްރައިވެޓް ކުންފުންޏަކާ ގުޅިގެން ކަމަށެވެ.

ސަލާ ދަތުރުކުރި ޖެޓަކީ ކޮމާޝިއަލް ލައިސަންސް ލިބިފައިވާ ޖެޓެއް ނޫން ކަމަށާއި އެ ދަތުުރު ކުރުމަށް ހުއްދަ ހޯދާފައި ވަނީ އަމިއްލަ ދަތުރެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ކަމަށް ވައިގެ އެކްސިޑެންޓްތައް ތަހުގީގުކުރާ އިދާރާ، އެއާ އެކްސިޑެންޓް އިންވެސްޓިގޭޝަން ބްރާންޗް (އޭ.އޭ.އައި.ބީ) އިން ވަނީ ބުނެފައެވެ.

މި ޖެޓް ގެއްލުނީ ޗެނަލް އައިލެންޑްގެ ގޯންސީގެ ލައިޓް ހައުސް ކައިރިން ކަމަށްވާއިރު، ޖެޓު ހޯދުމުގެ މަސައްކަތް ތިން ދުވަސް ވަންދެން ވަރަށް ބާރަށް ކުރިޔަށް ގެންދިޔައެވެ. އެހެން ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން ގޯންސީ ޕޮލިހާއި ފްރާންސް އަދި އިންގްލެންޑްގެ ސިފައިން ގުޅިގެން ޖެޓު ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓާލީ އެ ސަރަހައްދުގެ މޫސުން ހުރި ގޮތުންނެވެ. މަސައްކަތް ހުއްޓާލީ 1700 ސްކޮޔާ މައިލް ބެލުމަށް ފަހުއެވެ.

ނަމަވެސް ރަސްމީކޮށް ޖެޓު ހޯދުމުގެ މަސައްކަތް ހުއްޓާލާފައި ވަނިކޮށް، އެމިލިއާނޯ ސަލާ ދަތުރުކުރި ޖެޓާއި އޭނާގެ ހަށިގަނޑު ފެނިފައި ވަނީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލުމަށް ފުޓުބޯޅަ ގިނަ ތަރިންތަކަކާއި ގިނަ ބަޔަކު ގޮވާލާފައި ވަނިކޮށެވެ.

ސަލާ ދަތުރު ކުރި ޖެޓު ހޯދުމަށް ޚަރަދު ކުރުމަށް އޭނާގެ އޭޖެންސީން ހާއްސަ ފަންޑެއް ހުޅުވާފައި ވާއިރު، ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ އެފަންޑަށް އެހީތެރިވެފައެވެ.

ޖެޓުން ދަތުރުކުރި އާރޖެންޓީނާގެ ފޯވާޑް އެ މިލިއާނޯ ސަލާގެ ހަށިގަނޑު ފެނިފައިވާއިރު، ޕައިލެޓް ފެނިފައެއް ނުވެއެވެ.

ޕައިލެޓް އިބޮސްޓޮންގެ އާއިލާއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި ސަލާގެ ހަށިގަނޑު ފެނުމަށް ފަހުގައި ސާޗް ހުއްޓާލުމުން އާއިލާއަށް ކުރިމަތިވީ އިތުރު ހިއްދަތިކަމަކާއެވެ.

އިބޮސްޓޮން ހޯދުމަށް އާއިލާއިން ފަންޑެއް ހުޅުވުމުން ގިނަ އަދަދެއްގެ މީހުން އެހީތެރި ވެދީފައިވާއިރު ފްރާންސްގެ ފުޓްބޯޅަ ކުޅުންތެރިޔާ ކީލިއަން އެމްބަޕޭ ވަނީ 27،000 (ހަތާވިސް ހާސް) ޔޫރޯ އެ ފަންޑަށް ދީފައެވެ. މި ނޫނަސް އިތުރު ފުޓުބޯޅަ ކުޅުންތެރިން ވަނީ އެ ފަނޑަށް އެހީ ވެދީފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް