Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއު ސަސްޕެންޑުކުރުން

ނިއުގެ ސަސްޕެންޝަން ދަމަހައްޓަން ކްލަބްތަކުން ފާސްކޮށްފި

ނިއު ސަސްޕެންޑުކޮށްފައިވަނީ ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލައެއްގައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 25 މާރިޗު 2019 | ހޯމަ 07:13
ނިއުއިން އުރީދޫ ދިވެހި ޕްރިމިއާ ލީގު އުފުލާލަނީ

ނިއުއިން އުރީދޫ ދިވެހި ޕްރިމިއާ ލީގު އުފުލާލަނީ

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ސަސްޕެންޝަން ދަމަހައްޓަން ކްލަބްތަކުން ފާސްކޮށްފިއެވެ.

ހޯމަ ދުވަހު ބޭއްވުނު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އޯޑިނަރީ ކޮންގްރެސްގައި ނިއުގެ ސަސްޕެންޝަން ދަމަހައްޓަން ވޯޓު ދިނީ ކޮންގްރެސްގައި ބައިވެރިވި 13 ކްލަބްގެ ތެރެއިން 11 ކްލަބްގެ ތާއީދާއެކުގައެވެ. އަދި ސަސްޕެންޑުކުރުމާ ދެކޮޅަށް ވޯޓު ދިނީ ވިކްޓްރީ ސްޕޯޓްސް ކްލަބުގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބުންނެވެ.

ނިއު ސަސްޕެންޑުކުރުމަށް އެފްއޭއެމުން ނިންމީ، މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން މިއަދާ ހަމައަށް ނިއު އިން އެ ކްލަބުގެ ކުޅުންތެރިންނަށް ދޭންޖެހޭ 3.8 މިލިއަން ރުފިޔާއަށްވާ މުސާރަ އާއި އުޖޫރަ ދީފައިނުވާތީ، އެ މައްސަލަ ކުޅުންތެރިން އެފްއޭއެމަށް ހުށަހަޅާފައިވާތީއެވެ.

ނިއު ސަސްޕެންޑުކޮށްފައިވަނީ، އެފްއޭއެމްގެ ހިންގާ ގަވައިދުގެ 14 ވަނަ މާއްދާ އިން އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ލިބިދޭ ބާރުތަކުގެ ތެރެއިން ނިއު އިން މުސާރައިގެ މައްސަލަ ހައްލުކޮށް، އެ ކްލަބުން ދައްކަންހުރި ހުރިހާ ފައިސާ އާއި އުޖޫރަ ދައްކާ ހަލާސްކުރުމާ ހަމަޔަށެވެ. އެގޮތުން އެ މުއްދަތުގައި އެފްއޭއެމްއިން ހިންގާ އެއްވެސް ހަރަކާތެއްގައި ނިއުއަށް ބައިވެރިނުވެވޭނެއެވެ.

ނަމަވެސް ނިއު އިން ބުނީ، 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމުން އެ ކްލަބަށް ދޭންޖެހޭ ފައިސާ މިއަދާ ހަމަޔަށްވެސް ލިބިފައިނުވާ ކަމަށާއި، މި ފިޔަވަޅަކީ އެފްއޭއެމުން އަމަލުކުރަމުންދާ ގޮތުން ދިވެހި ފުޓުބޯޅައަށް ލިބެމުންދާ އިޔާދަނުކުރެވޭ ގެއްލުންތަކުގެ ސަބަބުން އެ ކްލަބުން އިސްވެ އޮވެ ފުރަތަމަ ޑިވިޝަންގެ އެއް ކްލަބް ފިޔަވައި އެހެން ހުރިހާ ކްލަބަކާއި، ދެވަނަ އަދި ތިންވަނަ ޑިވިޝަނުގެ ގިނަ ކްލަބްތަކެއް ހިމެނޭގޮތަށް އެފްއޭއެމްގެ ކޮންގްރެސްއެއް ބާއްވަން މަސައްކަތްކުރާތީ އެޅި ޒާތީ ފިޔަވަޅެއްކަމަށް ދެކޭ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

23 މާރިޗު 2017
ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!

ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!

01 މާރިޗު 2017
ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި

ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި

01 މާރިޗު 2017
ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

25 ފެބުރުއަރީ 2017
ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު