Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤާސިމް އިބްރާހިމް

ނަޝީދުގެ ހުވަަފެން ބިލާހަކަށް ހަދާނަން: ގާސިމް

25 މާރިޗު 2019 | ހޯމަ 04:01

ޤާސިމް ވިދާޅުވީ އޭނާއަކީ ދައުލަތުގެ ދެވަނަ އަށް އެންމެ ބާރުގަދަ މީހާކަމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 25 މާރިޗު 2019 | ހޯމަ 04:01
ގާސިމް އާއި ނަޝީދު: ފަހަކަށް އައިސް ގާސިމް ގެންދަވަނީ ނަޝީދަށް ބަހުގެ ހަމަލާ ދެއްވަމުން

ގާސިމް އާއި ނަޝީދު: ފަހަކަށް އައިސް ގާސިމް ގެންދަވަނީ ނަޝީދަށް ބަހުގެ ހަމަލާ ދެއްވަމުން

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ހުވަފެންތައް ބިލާހަކަށް ހައްދަވާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑުމެން ރައީސް ނަޝީދަށް އެ ފެނިވަޑައިގަންނަވާ ހުވަަފެން ބިލާހަކަށް ހަދާނަން. އާދެ، އެމަނިކުފާނު އެ ދެކެވަޑައިގަންނަވާ ކަންތައްތައް އެމަނިކުފާނަށް އެގޮތުގައި ހާސިލެއް ނުކުރެވޭނެ،" ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ބަރުލަމާނީ ނިޒާމަށް ބަދަލުކުރަންކަން ފާހަގަ ކުރައްވައި ޤާސިމް ވިދާޅުވި އެވެ.

އދ. މާމިގިލީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ޤާސިމް ވދިާޅުވީ ޕީޕީއެމް/ޕީއެންސީއާއެކު ކޯލިޝަން ހަދަންޖެހުނީ އެމްޑީޕީން ދޫ ނުދިނުމުގެ ސަބަބުން ކަމަށާއި، އެއީ އެމްޑީޕީން ނިންމި ވަރަށް އަމިއްލަ އެދުން ބޮޑު ނިންމުމެއް ކަމަށެވެ.

Advertisement - newsAdvertisement

ޖޭޕީއަށް 22 ގޮނޑި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންްފުޅުވެވަޑައިގެންނެވިކަން އެނގިވަޑައިގެންނެވި ކަމަށް ޤާސިމް ވިދާޅުވި އެވެ. ނަމަވެސް ހީލަތްތެރި ރޭވުމަކުން އެކަން ވިޔަނުދިނީ ކާކުކަންވެސް އެނގިވަޑައިގަންނަވާކަމަށް ޤާސިމް ވިދާޅުވި އެވެ.

ޤާސިމް ވދިާޅުވީ މިތުރުގެ ގޮތުގައި ތިބި ބަޔަކު ހަތުރުންނަށްވުމަކީ، އަދި ހަތުރުންގެ ގޮތުގައި ތިބި ބަޔަކު މިތުރުންނަށް ވުމަކީ އިލާހީ ޤާނޫނު ކަމަށެވެ. އެ މޭރުމުން ވާހަކަ ކުރިއަށްގެންދަވަމުުން އެ މަނިކުފާނު ވިދާޅުވީ އެއްވެސް މީހަކަށް ބަދަލު ހިފުމުގެ ރޭހެއް ނުގެންގުޅުއްވާ ކަމަށެވެ. މީހަކު ކިތަންމެ ވަރަކަށް އެއްޗެ ކީ ނަމަވެސް، އަނެއް ދުވަހު އެކަމެއް ހަނދާނުގައި ނުހުންނަވާ ކަމަށް ޤާސިމް ވިދާޅުވި އެވެ.

ޖަލްސާއަށް ސަރުކާރުގެ ބައެއް މިނިސްޓަރުން ވަޑައިގެން ތިއްބެވިކަން ފާހަގަކުރައްވައި ޤާސިމް ވިދާޅުވީ އެ މަނިކުފާނަކީ ދައުލަތުގެ ދެވަނަ އަށް އެންމެ ބާރުގަދަ މީހާ ކަމަށެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށާއި، ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިނަމަވެސް އެއީ ގަބޫލުކުރަންޖެހޭ ހަޤީޤަތްކަމަށް ޤާސިމް ވިދާޅުވި އެވެ.

"މިއަދުވެސް އަޅުގަނޑު މި ގައުމުގެ ވެރިކަމާއި ހަވާލުވާންޖެހޭ ހާލަތު އެބަހުރި މި ޤައުމުގެ ޤާނޫނު އަސާސީގައި މެދުވެރިވެފައި. އެ ވާހަކަ ދަންނަވާކަށެއް ނޫން އަޅުގަނޑު މި ދަންނަވަނީ،" ޤާސިމް ވިދާޅުވި އެވެ.

ޤާނޫނު އަސާސީގައި ބުނެފައިވާގޮތުން ރައީސުލްޖުމްހޫރިއްޔާއަކު ނެތް ހާލަތުގައި ޤައުމުގެ ވެރިކަމާއި ހަވާލުވެވަޑައިގަންނަވަންޖެހޭނީ ނައިބް ރައީސް އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެރިކަމާއި ހަވާލުވެވަޑައިގަންނަވަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އާއި، ނައިބް ރައީސްވެސް ނެތިއްޖެ ހާލަތެއްގައި ކަމަށް ޤާނޫނު އަސާސީގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
20 މާރިޗު 2017

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

20 މާރިޗު 2017
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު
20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
20 މާރިޗު 2017

މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް

20 މާރިޗު 2017
މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް