Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ހަރަކާތްތައް

ރިޔާސީ ކޮމިޝަންތައް އުފެއްދެވީ މަޖުބޫރު ވެގެން: ރައީސް

މިނިވަން މުއައްސަސާތަކަށް ރައްޔިތުން އިތުބާރު ނުކުރައްވާ ކަމަށް ވިދާޅުވި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 24 މާރިޗު 2019 | އާދީއްތަ 07:25
ރައީސް ށ.މިލަންދޫގައި އޮތް އަލީ ރިޒާގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ށ.މިލަންދޫގައި އޮތް އަލީ ރިޒާގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރެއްވުމަށް ރިޔާސީ ކޮމިޝަންތައް އުފެއްދެވީ މަޖުބޫރުވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ށ.އަތޮޅު މިލަންދޫގައި އޮތް އެމްޑީޕީގެ ޓިކެޓުގައި މިލަންދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު އަލީ ރިޒާގެ ކެމްޕެއިން ޖަލްސާގައި ދެއްކެވި ވާހަކަފުޅެއްގައި ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ ކޮމިޝަންތައް އުފެއްދެވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ފުރިހަމަ ކުރެއްވުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށެވެ. ނަމަވެސް މި ކޮމިޝަންތަކަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ދެއްވުމަށް މަޖިލީހުގެ ތެރެއިން އެމަނިކުފާނަށް އެއްވެސް އެއްބާރުލުމެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހު ވިދާޅުވީ މިކަންކަން ތަހުގީގު ކުރުމުގެ ބާރުވެރިކަން ދީފައި އޮތް މިނިވަން މުއައްސަސާތައް އޮތްކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމިންގެ ވެރިކަމުގައި ފެނިގެން ދިޔައީ މި މުއައްސަސާތަކުން މިކަންކަން ތަހުގީގު ކުރަން ނުކުޅެދިފައި އޮތް މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ފެނިގެން ދިޔަ މަންޒަރަކީ އެ މުއައްސަސާތަކުން ވަކި ބަޔަކަށް އަމާޒުކޮށްގެން ތަހުގީގުތައް ހިންގަމުން ދިޔަ މަންޒަރު ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެ މުއައްސަސާތަކުގެ ވާޖިބު ރަނގަޅަށް އަދާ ކުރިނަމަ އެއްވެސް ކޮމިޝަނެއް އުފައްދަވަން ނުޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ވަނީ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވާފައެވެ. ރައީސް ވަނީ މިނިވަން މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

އެމްޑީޕީގެ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންތަކެއް މަޖިލީހަށް ހޮއްވަވަން ޖެހޭ ސަބަބަކީ ވެސް އެއީ ކަމަށް ރައީސް ސޯލިހު ވިދާޅުވެ ރައީސް ވަނީ އެ ޕާޓީގެ މެމްބަރުންނަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި އެޖެންޑާ 19ގެ ކެމްޕެއިނަށް ނިކުމެ މި ހުންނެވީ އެ ސަބަބަށްޓަކައި ކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މި ހިނގާ މަޖިލީހުން ރައީސްގެ މަސައްކަތަށް އެއްބާރުލުމެއް ނުދިން ކަމުގައިވީ ނަމަވެސް އެމްޑީޕީގެ އަގުލަބިއްޔަތު އޮތް މަޖިލިހެއްގައި މިކަން ކުރެވޭނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ އެޖެންޑާ 19ގެ ކެމްޕެއިންގައި ބައިވެރިވުމަށް ރައީސް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި މިހާތަނަށް ށ.އަތޮޅުގެ ހަތަރު ރަށަކަށް ޒިޔާރަތްކޮށް އެ ރަށްރަށުގެ ރައްޔިތުންނާ ކައުންސިލް އަދި މުއައްސަސާތަކުގެ ވެރިންނާ އެކު ރައީސް ވަނީ ބައްދަލު ކުރައްވާފައެވެ. އެގޮތުން ރައީސް ހޮނިިހިރު ދުވަހު ވަޑައިގެންނެވީ ކޮމަންޑޫ، ފުނަދޫ އަދި ފޯކައިދޫއަށެވެ. ރައީސްގެ ށ.އަތޮޅަށް ކުރައްވާ ދަތުރުފުޅުު ނިންމަވާލައްވާނީ އެ އަތޮޅޫ ފޭދޫއަށް ޒިޔާރަތް ކުރެއްވުމަށް ފަހުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު