Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލް ޝާބާބު

ސޯމާލިއާގެ ސަރުކާރުގެ އިމާރާތަކަށް ދިން ހަމަލާގައި ފަސް މީހަކު މަރާލައިފި

24 މާރިޗު 2019 | އާދީއްތަ 03:37

ހަމަލާ ދިނީ އަލް ޝަބާބު ޖަމާއަތުން

އަލީ ސަމާޚް
އަލީ ސަމާޚް | 24 މާރިޗު 2019 | އާދީއްތަ 03:37
ކާރު ބޮން ގޮއްވާލި ސަރަހައްދުގައި ބަޔަކު ހަރަކާތްތެރި ވަނީ

ކާރު ބޮން ގޮއްވާލި ސަރަހައްދުގައި ބަޔަކު ހަރަކާތްތެރި ވަނީ

ޖާނުން ފިދާވެގެން ކާރެއް ގޮއްވާލައި، ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި ހުންނަ ސަރުކާރުގެ އިމާރާތަކަށް ހޮނިހިރު ދުވަހު ދިން ހަމަލާގައި ފަސް މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.

މި ހަމަލާގައި ސޯމާލިއާގެ ލޭބާ މިނިސްޓަރުގެ ނައިބް ވެސް ވަނީ އަވަހާރަވެފަ އެވެ.

ކާރު ގޮއްވާލުމަށް ފަހު ހަނގުރާމަވެރިން ތެރެއިން ފަސް މީހަކު ވަނީ ލޭބާ މިނިސްޓްރީގެ އިމާރާތައް ގަދަކަމުން ވަދެ އެމީހުންގެ ބެލުމުގެ ދަށަށް އިމާރާތް ގެންގޮސްފައެވެ.

ސޯމާލިއާގެ ފުލުހުންނާއި އެމީހުންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގުމަށް ފަހު ސިފައިންގެ ކޮންޓްރޯލްގެ ދަށަށް އިމާރަތް ގެނެވުނީ ގަޑިއެއްހާ އިރު ފަހުން ކަމަށް ފުލުހުން ބުނެ އެވެ.

ލޭބާ އެންޑް ސޯޝަލް އެފެއާސްގެ ނައިބް ސާގަރް އިބްރާހިމް އަބްދުއްﷲ މަރާލާފައި ވަނީ ހަތިޔާރު އަޅައިގެން ތިބި މީހުން އިމާރާތުގެ އެންމެ ތިރީގައި ހުންނަ ފަންގިފިލާގައި ހުންނަ މިނިސްޓަރުގެ އޮފީހަށް ދިން ހަމަލާގައެވެ.

އަލްގައިދާއާ ގުޅުން އޮންނަ އަލް ޝަބާބުން ޒިންމާ ނެގި މި ހަމާލާގައި 10 މީހަކު ޒަހަމްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހޮނިހިރު ދުވަހަކީ އެހެން ގައުމުތަކާއި ހިލާފަށް ސޯމާލިއާގެ ސަރުކާރު ހުޅުވާފައި ހުންނަ ދުވަހެއް ކަމުން ހަމަލާ ދިން ގަޑީގައި އިމާރާތުގައި ގިނަ ބަޔަކު ތިއްބެވެ. އެ އިމާރާތް ހުންނަނީ ސޯމާލީ އިންޓެލިޖެންސް އެޖެންސީއާ މާދުރު ނޫން ހިސާބެއްގައެވެ.

ހަމަ މިފަދަ ގޮތަކަށް މޮގަދިޝޫގެ އެންމެ ބާރު ބޮޑު ސަރަހައްދަކަށް އަމާޒުކޮށް، މި އަހަރު ފެބްރުއަރީ މަހު ދިން ހަމަލާއެއްގައި 24 މީހަކު ވަނީ މަރާލާފައެވެ.

އެފްރިކާގައި ހަރަކާތްތެރިވާ އިސްލާމީ ހަރުކަށި އަލް ޝަބާބް ޖަމާއަތުން ސޯމާލިއާގައި އިސްލާމީ ދައުލަތަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާތާ އެތައް އަހަރުތަކެއް ވެއްޖެއެވެ.

މޮގަދިޝޫ އިން އެ ޖަމާއަތް ފައްސާލާފައި ވާއިރުވެސް، އާއްމުންގެ ގިނަ މީހުން ޖަމާވާ ސަރަހައްދުތައް ކަމަށްވާ ހޮޓާތަކާއި ސަރުކާރުގެ އިމާރާތް ތަކަށް އަމާޒުކޮށް ދަނީ ހަމަލާތައް ދެމުންނެވެ.

އަލް ޝަބާބުން މައިގަނޑު ގޮތެއްގައި ހަރަކާތްތެރި ވަނީ ރަށްފުށު ހިސާބުގަނޑުގައެވެ.

މޮގަދިޝޫގައި ގާއިމްވެގެން ތިބޭ އެފްރިކާގެ ޕީސް ކީޕާސް ޖަމާއަތުން ދަނީ އަލް ޝަބާބުއާ ދެކޮޅަށް ސިފައިން ކުރަމުންދާ މަސައްކަތައް އެއްބާރުލުންދެމުންނެވެ.

އެފްރިކަން ޔޫނިއަން ޕީސް ކީޕާސް އަކީ އެފްރިކާ ބައްރުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވައި، ސުލްހަ ބަލަހައްޓާމުންދާ ސިފައިން ތަކެކެވެ.

އެފްރިކަން ޔޫނިއަން މިޝަން އިން ސޫދާން (އޭއެމް އައިއެސް) އަކީ ސޫދާނުގެ ދާރުފޫރްގައި ހިނގަމުން ދިޔަ ހަމަނުޖެހުންތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރުމަށް 2004 ވަނަ އަހަރުގެ ޖުލައި މަހުގެ އުފެއްދި ޖަމާއަތެކެވެ.

އަލް ޝަބާބުން ވަނީ ކެންޔާއިން ސޯމާލިއާގައި ޕީސްކީޕަރުން ބަހައްޓަން ނިންމުމުން ކެންޔާގެ ޕީސް ކީޕަރުންނަށްވެސް ހަމަލާދީފައެވެ.

ފާއިތުވި މަސްތަކުގައި އެމެރިކާގެ ސިފައިން އިން ވަނީ އަލްޝަބާބަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް