Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފައިން

ޔޫރޯ ކޮލިފައިން: އިންގްލޭންޑާއި، ފްރާންސް މޮޅުވިއިރު، ޕޯޗުގަލް އެއްވަރުވެއްޖެ

23 މާރިޗު 2019 | ހޮނިހިރު 04:38

އިންގްލޭންޑް މޮޅުވީ ޗެކް ރިޕަބްލިކްއާ ވާދަކޮށް 0-5 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 23 މާރިޗު 2019 | ހޮނިހިރު 04:38
އިންގްލޭންޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ

އިންގްލޭންޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޔޫރޯ ކޮލިފައިންގައި އިންގްލޭންޑާއި، ފްރާންސް ކުޅުނު މެޗުތަކުން މޮޅުވިއިރު، ޕޯޗުގަލް އެއްވަރުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ކޮލިފައިންގެ ގްރޫޕް އޭގައި ހިމެނޭ އިންގްލޭންޑް މޮޅުވީ ޗެކް ރިޕަބްލިކްއާ ވާދަކޮށް 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ވެމްބްލީގައި ކުޅުނު މި މެޗު ފެށިގެން 24 ވަނަ މިނެޓުގައި އިންގްލޭންޑުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ޖަޑޮން ސަންޗޯގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ ރަހީމް ސްޓާލިންއެވެ.

މި ލަނޑަށް ފަހު ވެސް އިންގްލޭންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 45 ވަނަ މިނެޓުގައި ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުން ހެރީ ކޭންއެވެ.

ދެވަނަ ހާފް ފެށިގެން ވެސް އިންގްލޭންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، 62 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. އެ ލަނޑު ކާމިޔާބުކުރީ ސްޓާލިންއެވެ.

އިންގްލޭންޑްގެ ހަތަރުވަނަ ލަނޑު 68 ވަނަ މިނެޓުގައި ރޮސް ބާކްލީގެ އެހީތެރިކަމާ އެކު ސްޓާލިން ކާމިޔާބުކުރިއިރު، 84 ވަނަ މިނެޓުގައި އިންގްލޭންޑުން ވަނީ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑަކީ ޗެކް ރިޕަބްލިކްގެ ތޯމަސް ކަލަސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މި ގްރޫޕްގައި ހިމެނޭ ބަލްގޭރިއާ އާއި މޮންޓެނެގްރޯ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ފަސް ޓީމު ހިމެނޭ މި ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު އޮތީ އިންގްލޭންޑެވެ. މޮންޓެނެގްރޯ އާއި ބަލްގޭރިއާއަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ޗެކް ރިޕަބްލިކް އަދި މެޗެއް ނުކުޅެ އޮތް ކޮސޯވޯ އަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

ހުކުރު ދުވަހުގެ ރޭ ކޮލިފައިންގެ ގްރޫޕް އެޗްގައި ހިމެނޭ ފްރާންސް މޮޅުވީ މޮލްޑޮވާއާ ވާދަކޮށް 1-4 ގެ ނަތީޖާއަކުންނެވެ.

މޮލްޑޯވާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 24 ވަނަ މިނެޓުގައި ފްރާންސުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ޕައުލް ޕޮގްބާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެންޓޯނިއޯ ގްރިޒްމަންއެވެ.

މި ލަނޑަށްފަހުވެސް ފްރާންސުން ދިޔައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން 27 ވަނަ މިނެޓުގައި ފްރާންސުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކުރީ ގްރިޒްމަންގެ އެހީތެރިކަމާ އެކު ރަފައެލް ވަރާންއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ފްރާންސުން ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު ބްލައިސް މަޓުއިޑީގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ އޮލިވާ ޖިރޫއެވެ.

ދެވަނަ ހާފް ފެށިގެން ވެސް ފްރާންސްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު 87 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކީލިއަން އެމްބަޕޭއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ތޯމަސް ލެމާގެ އެހީތެރިކަމާ އެކުގައެވެ.

މެޗުގައި މޮލްޑޯވާގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބުކުރީ ވްލަޑިމިރް އަމްބްރޮސްއެވެ.

މި ގްރޫޕްގައި ހިމެނޭ އައިސްލޭންޑުން އެންޑޯރާގެ މައްޗަށް 0-2 ގެ ނަތީޖާއިން ކުރިހޯދާފައިވާއިރު، ތުރުކީން ވަނީ 0-2 ގެ ނަތީޖާއިން އަލްބޭނިއާގެ މައްޗަށް ކުރިހޯދާފައެވެ.

ހަ ޓީމު ހިމެނޭ މި ގްރޫޕްގައި ފްރާންސާއި، އައިސްލޭންޑް އަދި ތުރުކީއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އަލްބޭނިއާ އާއި އެންޑޯރާ އަދި މޮލްޑޯވާއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ހުކުރު ދުވަހުގެ ރޭ ގްރޫޕް ބީގައި ހިމެނޭ ޕޯޗުގަލް އެއްވަރުވީ ޔޫކްރެއިންއާ ވާދަކޮށް 0-0 ގެ ނަތީޖާއަކުންނެވެ.

ޕޯޗުގަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ވެސް ވަނީ ލިބި ބޭކާރުވެފައެވެ.

މުޅި މެޗުގައި ޕޯޗުގަލްއަށް ލީޑު ނެގުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. އެގޮތުން މެދުކެނޑުމަކަށް ފަހު ގައުމީ ޓީމުގައި ހިމެނުނު ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.

މި ގްރޫޕްގައި ހިމެނޭ ލިތުއޭނިއާގެ މައްޗަށް ލަގްޒެމްބާގް ވަނީ 1-2 ގެ ނަތީޖާއިން ކުރިހޯދާފައެވެ.

ފަސް ޓީމު ހިމެނޭ މި ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު ލަގްޒެމްބާގް އޮތްއިރު، ޕޯޗުގަލް އާއި ޔޫކްރެއިންއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ލިތުއޭނިއާ އާއި މެޗެއް ކުޅެފައިނުވާ ސާބިއާއަށް ޕޮއިންޓެއް ނުލިބެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

29 މާރިޗު 2017

އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން

29 މާރިޗު 2017
އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން
26 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް
25 މާރިޗު 2017

އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ

25 މާރިޗު 2017
އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް