Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކްރައިސްޓްޗަރޗް ހަމަލާ

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

މުޅި ދުނިޔެއަށް އެކަމަނާ ވަނީ ނަމުނާ ދައްކަވާފައި

އަލީ ސަމާޚް
އަލީ ސަމާޚް | 23 މާރިޗު 2019 | ހޮނިހިރު 01:00
ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން

ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން

ނިއުޒިލޭންޑަކީ ދުނިޔޭގެ އެންމެ ހިތްގައިމު އެއް ގައުމުގެ ގޮތުގައި އެތައް ބަޔަކު ސިފަކުރާ ގައުމެކެވެ. އާބަދީގައި ހަތަރު މިލިއަނެއްހާ މީހުން ދިރިއުޅޭ ނިއުޒިލޭންޑަކީ، ދުނިޔޭގެ އެންމެ ސުލްހަވެރި ގަައުމުތަކުގެ ލިސްޓުގެ ދެވަނަ މަޤާމުގައި އޮތް ގައުމެވެ. އަމާންކަމުގައި ދިރިއުޅެމުން ދިިޔަ ނިއުޒިލޭންޑްގެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލީ މި މަހުގެ 15 ވަނަ ދުވަހު އެގައުމުގެ މުސްލިމުންނަށް ދިން ނިރުބަވެރި ހަމަލާއެވެ.

ނިއުޒިލެންޑްގެ ކްރައިސްޓްޗަރޗްގެ ދެ މިސްކިތަކަށް ހުކުރު ވަގުތު ދިން ހަމަލާގައި 52 މީހަކު މަރާލިއެވެ. ނިއުޒިލޭންޑްގެ އިތުުރުން މުޅި ދުނިޔެއަށްވެސް އެ ހަމަލާ ވެގެން ދިޔައީ ސިހުމެއް ގެނުވި ހަމަލާ އަކަށެވެ. އެ ހަމަލާއަކީ އެ ގައުމުގެ ތާރިހުގައި މިހާތަނަށް ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާއެވެ.

ނިއުޒިލޭންޑްގެ ބޮޑުވަޒީރު މުސްލިމުންތަކަކާއެކު

އެތައް ބަޔަކު ރޮއްވާލައި ދިން މި ހަމަލާއަށްފަހު ނިއުޒިލޭންޑްގެ ރައްޔިތުންގެ ވަނީ ދުނިޔެއަށް ނަމޫނާ ދައްކާފައެވެ. އެގައުމުގެ އާބާދީގެ 1.2 އިންސައްތަ ހިއްސާވާ މުސްލިމު އާބާދީ އާއި އެކު އެ ޤައުމުގެ ރައްޔިތުން ތިބިކަން އެމީހުން ވަނީ ވަރަށް ފުރިހަމައަށް ދައްކައިދީފައެވެ. ނިއުޒިލޭންޑްގެ ރައްޔިތުންނަކީ ދީނާއި، ނަސްލާއި، ކުލައާއި، އުފަން ޤައުމު ތަފާތުކުރުމެއްނެތި އިންސާނިއްޔަތުކަމާއި، ލޯތްބާއި، އެެއްބައިވަންތަކަން އިސްކުރާ ބައެއްކަން އެ ޤައުމުގެ ރައްޔިތުން ވަނީ ސާބިތުކޮށްދީފައެވެ.

ހިނގާދިޔަ ހުރިހާ ކަމެއްގެ ތެރެއިން ދުނިޔޭގެ ލޯ އެންމެ ބޮޑަށް އަމާޒުވެގެން ދިޔައީ ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑަންއަށެވެ. އެ ހަމަލާ އަކީ ސީދާ ''ޓެރަރިސްޓް'' ހަމަލާއެއްގެ ގޮތުގައި އެންމެ ފުރަތަމަ ސިފަކުރެވީ އެކަމަނާއެވެ. ހަމަލާގެ ހަބަރު ލިބިވަޑައިގަތުމާއެކު އެ ދުވަހަށް ތާވަލުކުރެވިފައިވާ ހުރިހާ މަސައްކަތްތަކެއް ހުއްޓަވާލެއްވުމަށްފަހު އެކަމަނާ އެންމެ އިސްކަމެއް ދެއްވީ މި ހަމަލާ ތަހުގީގުކޮށް އިންސާފު ޤާއިމް ކުރެއްވުމަށެވެ.

ސަރުކާރުން ވަކި ގޮތެއް ކަނޑައަޅަންދެން ނިއުޒިލޭންޑްގެ ދިދަ ބައި ދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް ބޮޑުވަޒީރު އާރޑަން ނިންމެވިއެވެ. ހަމަލާގައި ޝަހީދުވި މީހުންގެ އާއިލާތަކަށް ޒިޔާރަތްކުރައްވައި ހިތާމައިގައި ބައިވެރިވެރިވެވަޑައިގަތެވެ. ހަމަލާގައި ބިކަވި އާއިލާތަކަށް އިހުތިރާމް އަދާކުރެއްވުމުގެ ގޮތުން މުސްލިމުންގެ އާދައާ އެއްގޮތަށް ހެދުންތުރުކުރައްވައި އިސްތަށިފުޅު ނިވާކުރެއްވިއެވެ. އެކަމަނާ ވަނީ މި ހަމަލާގައި ބިކަވި އާއިލާތަކާއިއެކު ގިނަ ވަގުތުތަކެއް ހޭދަކުރައްވައި، އާއިލާތަކަށް ހިތްވަރު ދެއްވާފައެވެ.

ކްރައިސްޓްޗާޗް ހަމަލާގައި މަރުވި މީހަކުގެ އާއިލާ މެމްބަރަކާ އެކު ބޮޑު ވަޒީރު ޖަސިންޑާ

އެ ހާދިސާއަށްފަހު ބޮޑުވަޒީރު އާރޑަން ނިންމެވި އަވަސް ނިންމެވުންތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ވަނީ ތަޢުރީފު ކޮށްފައެވެ. ހާއްސަކޮށް މުސްލިމު އުންމަތް ދަނީ އެކަމާނާއަށް ތައުރީފް ކުރަމުންނެވެ.

ހަމަލާގެ ދެ ދުވަސް ފަހުން މާރިޗް މަހުގެ 17 ވަނަ ދުވަހު ބޮޑުވަޒީރު އާރޑަން ވަނީ ނިއުޒިލޭންޑްގައި ބަޑި ގެންގުޅުމުގެ އުސޫލަށް ބަދަލު ގެންނަވާފައެވެ. ހިތާމަވެރި ހަމަލާއަށް މިއަދު ހަފްތާއެއް ވެފައިވާއިރު، ހަމަލާގައި ޝަހީދުވި މީހުންގެ ހަނދާނުގައި ނިއުޒިލޭންޑްގައި ވަނީ ޚާއްސަ ސުކޫތެއް ގެނެސްފައެވެ. ނިއުޒިލޭންޑްގެ ގައުމީ ޓީވީން ވަނީ އެ ޤައުމުގައި ބޮޑު ޖަމާޢަތުގައި ކުރި ހުކުރު ނަމާދު ވަގުތުން ދުރަށް ދައްކާފައެވެ. މިއީ އެގައުމުގެ ހަޔާތުގައި ހުކުރު ނަމާދު ލައިވްކުރި ފުރަތަމަ ފަހަރެވެ.

ހުކުރު ނަމާދު ފެށުމުގެ ކުރިން ބޮޑުވަޒީރު އާރޑަން ޤައުމާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވިއިރު، އެކަމަނާގެ ވާހަކަފުޅު ފެއްޓެވީ ރަސޫލާ ﷺ ހަދީޘްފުޅެއްގެ އިނގިރޭސި ތަރުޖަމާއިންނެވެ.

وعن النعمان بن بشير رضي الله عنهما قال‏:‏ قال رسول الله صلى الله عليه وسلم ‏"‏ مثل المؤمنين في توادهم وتراحمهم وتعاطفهم، مثل الجسد إذا اشتكى منه عضو تداعى له سائر الجسد بالسهر والحمى ‏(‏‏(‏متفق عليه‏)‏‏)‏

އެކަމަނާގެ ވާހަކަފުޅު ފެއްޓެވުމުގެ ގޮތުން ބޭނުންކުރެއްވި މި ހަދީޘްފުޅުގެ މާނައަކީ؛

މުއުމިނުން އެއްބަޔަކު އަނެއް ބަޔަކަށް ލޯބިވުމާއި އޯގާތެރި ވުމުގައި މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. ހުން އައުމުންނާއި ހޭލާ ހުރުމުން މުޅި ހަށިގަނޑު އެކަމުގައި ބައިވެރިވެއެވެ.

އެކަމަނާ ފޯރުކޮށްދެއްވަން ބޭނުންފުޅުވި މެސެޖަކީ ނިއުޒިލޭންޑްވެސް އެއް ހަށިގަނޑެއްގެ ގޮތުގައި ދެމިތިބެންޖެހޭ ކަމެވެ. ގައުމެއްގައި ހަމަޖެހުން ދެމިއޮންނާނީ އެގައުމެއްގެ ހުރިހާ ރައްޔިތުން އެއްބައެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމެވެ.

ނިއުޒިލޭންޑްގެ ބޮޑުވަޒީރު އެ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ދުނިޔޭގެ މުސްލިމުންގެ އިތުރުން މުސްލިމް ނޫން މީހުން ބަލައިގަންނަން ޖެހޭ މަސައްކަތްޕުޅެކެވެ. އެކަމަނާ ދުނިޔެއަށް ފޯރުކޮށްދެއްވާ މެސަޖަކީ ނިއުޒިލޭންޑަކީ ދުނިޔޭގެ ކޮންމެ ޤައުމަކަށް ނިސްބަތްވާ މީހަކަށްވެސް އަމާންކަމާއި، އެކުވެރިކަމާއިއެކު ދިރިއުޅެވޭނެ ޤައުމެއް ކަމުގެ މެސެޖެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު