Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިޔާވަހިކަން

ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު

21 މާރިޗު 2019 | ބުރާސްފަތި 19:33

ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 21 މާރިޗު 2019 | ބުރާސްފަތި 19:33
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ކުރިއަށް އޮތް ދެހަފްތާތެރޭގައި މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހް ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޔާޒު ކެންޕޭން ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ފަރާތްތަކަށް މިސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ.

Advertisement - newsAdvertisement

އެއީ ވެށިފަހި މާލެކަމުގައި ވިޔަސް ހިޔާ މަޝްރޫއުކަމުގައި ވިޔަސް ނުވަތަ އެނޫން ވެސް މަޝްރޫއަކުން ފްލެޓަށް އެދިފައިވާ ނަމަ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މާލެ ސަރަހައްދަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް އޮތް ދެހަފްތާ ތެރޭގައި އިފްތިތާހްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިދެންނެވި މަޝްރޫގެ ތެރެއިން މާލެ ސަރަހައްދަށް އަމާޒުކޮށްގެން ވަރަށް އަވަހަށް ކުރިއަށް އޮތް ދެހަފްތާއެއްގެ ތެރޭގައި އިރާދަކުއްރެއްވިއްޔާ އަޅުގަނޑުމެން މިބަލަނީ ފުރަތަމަ މަޝްރޫއު އިފްތިތާހް ކުރުމަށް" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ފްލެޓްތައް އެޅި މިހާރަށްވުރެ ހެޔޮއަގުގައި ރައްޔިތުންނަށް ފްލެޓް ލިބޭ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.

ހުޅުމާލެއަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ހުޅުމާލޭ ތަރައްގީ ކުރަން ފެށި މަގުސަދު ގެއްލޭ ގޮތަށް ކުރީގެ ސަރުކާރުން އެތައް ކަމެއް ކޮށްފައިވާ ކަމަށެވެ. އަދި ހުޅުމާލެ ބިން ހިއްކާ ހުޅުމާލެ ތަރައްގީކުރަން ފެށީ މާލޭގައި ދިރިއުޅޭ މީހުންނަށް ލުޔެއް ހޯދައިދިނުމަށް ކަމަށާއި، ނަމަވެސް ހުޅުމާލޭގެ ފޭސް 2 މަޝްރޫއު ފެށިއިރު ވެސް މިމައްސަލައަށް ހައްލުނުލިބޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ އެއްބައި ދިރުއުޅެމުން މިގެންދަނީ މިމާލޭގައި. ގްރޭޓާ މާލޭ ސަރަހައްދުގަ. މިގޮތަށް ކުރިއަށްދާ ކަމަށްވަންޏާ ކުރިއަށް އޮތް 15 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދެބައިކުޅަ އެއްބައި ދިރިއުޅޭނެތަނަކީ މިއި ކަމަށް ދިރާސާތަކުން އެބަދައްކާ. މިއީ އަޅުގަނޑު މިދެންނެވި ވާހަކައަކީ. މިވަގުތު ހުޅުމާލޭގަ އެކަނި ފަންސާސްހާސް މީހުން ދިރިއުޅެމުން އެބަ ގެންދޭ. އެހެންކަމުން މާލެ ސަރަހައްދަށް ލުޔެއް ހޯދުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަކަންކަން އެބަހުރި" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަމުގެ އިތުރުން ވަޒީފާ ކަމަށާއި، މިމަސައްކަތް ހައްލުކުރުމަށް އަތޮޅުތެރޭގެ ރަށްތައް ވެސް ތަރައްގީ ކުރަންޖެހޭ ކަމަށެވެ. އަދި މިއަދާ ހަމައަށް އައިރު ވެސް ބޯހިޔާވަހިކަން ބޭނުންވަނީ ކިތައް ރައްޔިތުންކަން މިރާއްޖޭގައި ބެލިފައި ނެތް ކަމަށާއި، ނަމަވެސް މިހާރު މިދިރާސާ ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

''އެދިރާސާ އިރާދާކުރެއްވިއްޔާ ކުރެވި މިހާރު ކުރެވި ނިމެމުން މިދަނީ. އޭރުން އަޅުގަނޑުމެންނަށް ތަފްސީލުކޮށް އެނގޭނެ ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބީ ކިތައް މީހުން ކޮށް ސަރަހައްދެއްގައިކަން. ކިތަންމެ އަވަހަށް ފްލެޓަށް ހުޅުވާލިކަމުގައި ވިޔަސް 22000 އަދި 25000 މީހުން ފޯމްލާތަން ފެނިގެން މިދަނީ. ރައްޔިތުންނަށް ލިބެމުންދާ އާމްދަނީއަކީ ކޮބައިކަން އެބަ އިނގޭ ދިރާސާތަކުން. އެހެންވީމަ ރައްޔިތުންނަށް ލިބޭ އާމްދަނީއާ އެމީހުންނަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ސަރުކާރު ބޯހިޔާވަހިކަމާ އެބަޖެހޭ ގުޅުމެއް ބާއްވަން.'' ރައީސް ސޯލިހު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ސޯޝަލް ހައުސިން ޔުނިޓްތަކަށް އަލިއަޅުއްވާލައްވާ ރައީސް ސޯލިހު ވިދާޅުވީ އެފްލެޓްތައް ހުރީ ރައްޔިތުންގެ އަތްފޯރާފަށުގަ ނޫން ކަމަށާއި، މިހާރު އިމާރާތް ކުރަމުންދާ ފްލެޓްތަކަކީ ރައްޔިތުން ދިރިއުޅުން ހެޔޮވާވަރުގެ ތަންތަން ނޫން ކަމަށެވެ. އަދި ފްލެޓްތަކަށް ގުރުލާގެންނާ، ގުރުނުލާ ބަހާފުހުރި ތަންތަނުގެ ތެރޭގައި ވުޖޫދުގަ ނެތް ފްލެޓްތައް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ މިމައްސަލަތައް ހައްލުކުރުމަށް މަސައްކަތް ފަށާފައިވާއިރު، އެމަނިކުފާނުގެ ވައުދުތައް ފުއްދުމަށް މިކުރާ މަސައްކަތުގައި ގާނޫނީ ބާރުވެރިކަން ބޭނުންވާ ކަމަށެވެ. އަދި ސިޔާސަތުތައް ކަނޑައެޅުމުގަ ގާނޫނުގެ ބާރު ހޯދުމަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށާއި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަލީ ނިޔާޒު ހޮއްވަވާދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް