Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

މަޖިލީހަށް ބޭނުންވަނީ، ރައްޔިތުންގެ އަޑު އަހާ، އިހުލާސްތެރި ބަޔެއް!

މަޖިލީހަށް ހޮވަންޖެހޭނީ ވަކި ކަހަލަ ބަޔެއްކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 20 މާރިޗު 2019 | ބުދަ 23:19
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ކުރިއަށްގެންދާ ބަހުސްގެ ތެެރެއިން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ކުރިއަށްގެންދާ ބަހުސްގެ ތެެރެއިން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެެފައިވާއިރު، މަޖިލީހުގެ މެމްބަރުކަމަށް ހޮވަންޖެހޭނީ އެވެނި، މިވެނި ބަޔަކުކަމަށް ބުނާ އަޑުތައް ވަނީ ގަދަވެފަ އެވެ. އެއް ބަޔަކު ދެކޭގޮތުގައި މަޖިލީހުގެ މެމްބަރުކަމަށް ހޮވަންޖެހޭނީ، ބޮޑު ވިޔަފާރިވެރިއެކެވެ. ނުވަތަ ނުފޫޒުގަދަ ސިޔާސީ މީހެކެވެ.

އަނެއް ބަޔަކު ދެކޭގޮތުގައި މަޖިލީހަށް އިންތިހާބުކުރަންޖެހޭނީ ޤާނޫނީ ވަކީލެެކެވެ. ނުވަތަ ޤާނޫނީ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ފަރާތެކެވެ. އެގޮތަށް ގޮސް، މަޖިލީހަށް ހޮވަންޖެހޭ މީހުންނާއި، ހޮވަން ނުޖެހޭ މީހުންގެ ބޮޑު ލިސްޓެއް އެ މީހުން ކިޔާ އުޅެ އެވެ.

މި ދެންނެވި ބޮޑެތި ވިޔަފާރިވެރިން ދެކޭގޮތުގައި ރިސޯޓެއްގެ ރޫމް ބޯއީއެއްގެ ވަޒީފާއެއް އަދާކުރުމަކީ، ވަރަށް ދަށް މަސައްކަތެވެ. އެ މީހުންނަކީ، މަޖިލީހަށް ހޮވަން ހެޔޮވާވާރު ބައެއް ނޫނެވެ. އެއީ މުޅިން ނާގާބިލް ބަޔެކެވެ.

ހަމައެގޮތަށް މަސްވެރިޔަކު މަޖިލީހަށް އިންތިހާބުކުރުމަކީވެސް އެ މީހުން ދެކޭގޮތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. އެއްވެސް ސިޔާސީ މަޤާމަކަށް އިންތިހާބުކުރާ ވަރަށްވުރެ، މަސްވެރިންނަކީ ނާޤާބިލް ބަޔެއްކަމަށް މި ދެންނެވި ވިޔަފާރިވެރިނާއި، ހިޔާނަތްތެރިން ދެކެވެ.

މިމީހުން އެގޮތަށް ވާހަކަދައްކަމުންގެންދާއިރު، ރައްޔިތުންގެ ކުރިމަތީގައި މިވަގުތު އޮތް ސުވާލަކީ، ޤާބިލް މީހަކީ ކޮބައިތޯ އެވެ. މަޖިލީހަށް ތިމަންމެން އިންތިހާބުކުރަންވީ ކާކުތޯ އެވެ.

ރައްޔިތުންގެ ހައްޤުތައް ހަނިކޮށް، މަދު ފައިސާކޮޅަކަށް ވޯޓު ވިއްކާލާ ބަޔަކަށް ރައްޔިތުންގެ ވޯޓު ދޭނީތޯ އެވެ. ނުވަތަ އަމިއްލަ ވިޔަފަރީގެ މަސްލަހަތު ހިމާޔަތްކުރާ ބޮޑެތި ހިޔާނަތްތެރިންނަށް އާނއެކޭ ބުނާނީތޯ އެވެ. ރާއްޖޭގެ ރަށްތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމަށް ފުރުސަތުދީ، ރައްޔިތުންގެ މާލިއްޔަތު ލޫޓުވާލިއިރު، ހެވިފަ އަތް ޖައްސަވަން އިން ބޭފުާޅކު ހޮވާނީތޯ އެވެ.

މިއީ ހައްތަހާވެސް ރައްޔިތުން މިއަދު ކުރިމަތިކުރަންޖެހޭ ސުވާލުތަކެވެ.

ރައްޔިތުން އެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަންވީ އިހުލާސްތެރި މީހަކަށެވެ. ތެދުވެރި، އަމާނަތްތެރި، ރައްޔިތުންގެ އަޑު އަހާ، ރައްޔިތުންގެ ކަންބޮޑުުވުންތައް ހިއްސާ ކުރެވޭނެ ޤާބިލް މީހަކަށެވެ. ހަމައެކަނި ރައްޔިތުންނަށް އަދަބު ދިނުމަށް ޤާނުނުތައް ހެދުމުގެ ބަދަލުގައި ރައްޔިތުންނަށް ފުރުސަތުތައް ފަހިކޮށްދޭނެ މީހުންނަށެވެ. ތަސައްވަރެއް އޮތް މީހަކަށެވެ. ވައްކަން ނުކުރާނެ މީހަކަށެވެ.

ޤައުމު އެދޭ ބަދަލުތައް ގެނެސްދޭނެ މީހުންނަށެވެ. ބޯހިޔާވެހިަކމުގެ މައްސަލައަށް ޤާނޫނު ހަދާ މަޖިލީހުން ހައއްލުތައް ހޯދައިދޭނެ މީހުންނަށެވެ. ރައްޔިތު މީހާގެ އަތްމަތި ތަނަވަސްކޮށްދޭނެ ފަދަ ސިޔާސަތެއް އޮތް މީހުންނަށެވެ. ކަރަންޓާއި، ފެނުގެ އަގު ހެޔޮ ކޮށްދިނުމާއި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، އާމްދަނީން ޓެކްސް ނެގުމުގެ ވައުދުވާ މީހުންނަށެވެ.

އެހެން ނޫންކަމުގައިވާނަމަ ރައްޔިތުންނަށް އަނެއްކާވެސް ފެނިގެންދާނީ، ނިމުނު ފަސް އަހަރު ފެނުނު ކަހަލަ މަޖިލީހެކެވެ. ވައްކާއި، ހިޔާނާތާއި، ވައްކަންކުރުން ހައްދުފަހަނަ އަޅާފައި އޮތް މަޖިލީހެކެވެ. ރައްޔިތުންގެ އަޑު ނާހާ، ރައްޔިތުންނަށް ނޫނެކޭ ބުނެ ހިތުހުރިގޮތަށް ޤާނޫނުތައް ހަދާ މަޖިލީހެކެވެ. ބޭރުގެ ފަރާތްތަކަށް، ޤައުމު ވިއްކާލަން ވޯޓުދޭނެ ފަދަ މަޖިލީހެކެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.
29 މެއި 2017

ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!

29 މެއި 2017
ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!
26 މެއި 2017

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!
23 އެޕްރީލު 2017

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....
16 އެޕްރީލު 2017

މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

16 އެޕްރީލު 2017
މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ
15 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!
03 އެޕްރީލު 2017

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު