Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެލެގްޒެންޑްރާ ޕަޓޯ

ޕަޓޯ އެނބުރި ސައޮޕައުލޯއަށް ބަދަލުވަނީ

20 މާރިޗު 2019 | ބުދަ 04:01

ޕަޓޯ މިހާރު އެއްވެސް ޓީމަކަށް ނުކުޅޭ

ލީވާން އަލީ
ލީވާން އަލީ | 20 މާރިޗު 2019 | ބުދަ 04:01
އެލެގްޒެންޑްރާ ޕަޓޯ

އެލެގްޒެންޑްރާ ޕަޓޯ

ޗައިނީޒް ސުޕަ ލީގުގެ ޓިއަންޖިން ގުއަންޖިއަން އަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް އެލެގްޒެންޑްރާ ޕަޓޯ އެނބުރި ސައޮޕައުލޯއަށް ބަދަލުވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އީއެސްޕީއެންއިން ބުނީ 2014 ވަނަ އަހަރާއި 2016 ވަނަ އަހަރާ ދެމެދު ޕަޓޯ ކުޅުނު ސައޮޕައުލޯއަށް އޭނާ އަލުން ބަދަލުވާން އުޅޭ ކަމަށާއި، އެ ކްލަބަށް އޭނާ ބަދަލުވަނީ ކުޑަ މުސާރައަކަށް ކަމަށެވެ.

ޕަޓޯ ވަނީ ދެ ސީޒަން ޗައިނާގައި ހޭދަކުރުމަށްފަހު ދާދި ފަހުން ޓިއަންޖިން ގުއަންޖިއަންއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައެވެ. އޭނާ އެ ކްލަބަށް ބަދަލުވީ ވިޔަރެއާލް ދޫކޮށް 2017 ވަނަ އަހަރު 15.5 މިލިއަން ޕައުންޑަށެވެ.

ޕަޓޯ އޭނާގެ ކެރިޔަރު ފެށީ 2006 ވަނަ އަހަރު އިންޓަ މިލާނުންނެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 27 މެޗުގައި 12 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އިންޓަ މިލާން ދޫކޮށްލުމަށްފަހު ޕަޓޯ އޭސީ މިލާނަށް ބަދަލުވީ 2007 ވަނަ އަހަރުގެ ސީޒަނުގައެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 150 މެޗުގައި 63 ލަނޑު ކާމިޔާބުކޮށް، އިޓާލިއަން ލީގު އެއްފަހަރު ކާމިޔާބުކޮށްފައެވެ.

އިޓަލީގެ ކުރީގެ ކުޅުންތެރިޔާ ފަބިއޯ ކަނަވާރޯގެ އިރުޝާދުގެ ދަށުން ޕަޓޯ ވަނީ ޓިއަންޖިން ގުއަންޖިއަންއަށް އޭނާ ކުޅުނު 60 މެޗުގައި 36 ލަނޑު ކާމިޔާބުކޮށްފައެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު 27 މެޗުގައި 10 ލަނޑު ކާމިޔާބުކޮށްފައިވާ ޕަޓޯ ވަނީ ބްރެޒިލްގެ ޒުވާން ޓީމުތަކާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

04 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް