Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސްލާމިކް މިނިސްޓަރު

ހުތުބާ، އިޝާރާތުން ތަރުޖަމާ ކުރެވޭ ގޮތް ހަދަނީ

ކޮންމެ މަހަކު ދީން އުނގަންނައި ދިނުމުގެ ދެ ޝެޝަނެއް ކުރިއަށް ގެންދެވޭނެ: މިނިސްޓަރު

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 19 މާރިޗު 2019 | އަންގާރަ 23:19
އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު

އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު

އިވުމުން މަހުރޫމްވެފައިވާ ފަރާތްތަތަކަށް ހުކުރު ހުތުބާ, އިޝާރާތުން ތަރުޖަމާ ކުރެވޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުންނެވެ.

Advertisement - newsAdvertisement

އެ ޖަލްސާގައި ވާހަކަ ދައްކަމުން މިނިސްޓަރު ވިދާޅުވީ، ސައިން ލެންގުއޭޖް ބޭނުންކޮށްގެން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހެން މީހުންނާއި ތަފާތު ކަމެއް ނެތި މިހާރު ވެސް ކިޔަވައިދެމުން އަންނަ ކަމަށާއި، އެފަދަ ފަރާތްތަކަށް އެއްވެސް ތަފާތު ކުރުމެއް ނެތި ތައުލީމް ހާސިލްކޮށް އުގެނުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހައްމީޔަތު ކަމެއް ދީގެން ކުރާ ކަމެއް ކަމަށެވެ.

'' އިވުމުން މަހުރޫމް ވެފައިވާ ކުދިންނަށް އިރާދަކުރެއްވިއްޔާ ﷲގެ ވާގިފުޅާއެކު ކޮންމެ މަހަކު ދީން އުގަންނައި ދިނުމުގެ، ދީނީ ކަންތައްތައް އޮޅުން ފިލުވައި ދިނުމުގެ ދެ ޝެޝަނެއް ކުރިޔަށް ގެންދެވޭނެ. އަދި ދީނީ ޝެޝަންތައް ކުރިޔަށް ގެންދިޔުމަށް ފަހު އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އެކުދިންނަށް ހުތުބާ ހަމަ ސައިން ލެންގުއޭޖުން ތަރުޖަމާ ކުރެވޭނެ. އެ ކުދިން މިސްކިތައް ވަޑައިގެން ހުތުބާ އަޑު އަހާލުމުގެ ފުރުސަތު އިރާދަކުރެއްވިއްޔާ އެކުދިންނަށް ފަހިވެގެންދާނެ.'' ޑރ. ޒާހިރު ވިދާޅުވިއެވެ.

މީގެ އިތުރުން މި ޖަލްސާގައި ވާހަކަ ދައްކަމުން ޒާހިރު ވިދާޅުވީ، އިވުމާއި ފެނުމުން މަހްރޫމް ވެފައިވާ ކުދިންނަށް ހާއްސަ ކުރެވިފައިވާ އާލާތްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން އެ ކުދިންނަށް ކިޔަވައި ދިނުމަކީ މިއަދުގެ ދުނިޔޭގައި ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. އަދި އެކަމަށް އިސްކަންދޭ ފަރާތްތަކުން ފުޅާދާއިރާއެއްގައި އެކަން ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ފުރުސަތު ހުޅުވިފައި އޮތަސް މައިންބަފައިންނާއި ބެލެނިވެރިން އަދާކުރަން ޖެހޭ ދައުރު ބޮޑު ކަމަށެވެ. އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ނުކުޅެދުންތެރިކަމުގެ ސަބަބުން ލޯތްބައި އޯގަތެރިކަމާ އެކު އުގަންނައި ދިނުމުގެ މަސައްކަތް އެންމެ ބޮޑަށް ކުރެވެން ޖެހޭ ބަޔާކީ މައިންބަފައިން ކަމަށެވެ.

ދީނުގައި އެފަދަ ކަންތައް އޮންނަ ގޮތް ބަޔާން ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތްތަކުގެ ގާބިލްކަން ހުރި މިންވަރު ބަލާފައި މުހިއްމު މަސްއޫލިއްޔަތުތަކެއް އަދާ ކުރެވިދާނެ ކަން އިސްލާމީ ތާރީހުން ފެންނަން އެ ބޮތް ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމް ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

އަންގާރަ ދުވަހު އިފްތިތާހު ކުރި ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ދީނީ ގޮތުން ދޭންޖެހޭ އަސާސީ މައުލޫމާތު ދިނުމުގެ ސިޔާސަތާ އެއްގޮތަށް، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެއެވެ.

އެ ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމްކޮށް ކުރިއަށް ގެންދާ އަދި މި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ޚާއްސަ ޕްރޮގްރާމެކެވެ. ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން ސަރުކާރުގެ ވަޒީރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު