Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

އެގްރި ވިޔަފާރީތަކަށް ހަމަ އަގު ލިބިގެންދާނެ: ނަޝީދު

އެގްރި ވިޔަފާރި ކުރާ ފަރާތްތަކަށް ސިއްހީ ހާލަތު ބެލޭނެ ނިޒާމެއް ޤާއިމުކުރެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 މާރިޗު 2019 | އަންގާރަ 09:55
ނަޝީދު މާކުރަތުގައި ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ

ނަޝީދު މާކުރަތުގައި ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ

އެޖެންޑާ 19 މެދުވެރިކޮށް އެގްރި ވިޔަފާރިކުރާ ފަރާތްތަކަށް ހަމަ އަގު ލިބިގެންދާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޓިކެޓްގައި ރައްޔިތުންގެ މަޖިލީިހުގެ އުނގޫފާރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ވަހީދުގެ ކެމްޕެއިން ޖަލްސާގައި އެ ދާއިރާގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ނަޝީދު ވިދާޅުވީ މާކުރަތުގައި ވަޒީފާ ނެތުމުގެ ސަބަބުންނާއި އެހެނިހެން ހިދުމަތް ނެތުމުގެ ސަބަަބުން ރަށް ދޫކޮށް ދިޔަ އާއިލާތައް ގިނަ ކަަމަށާއި އަމާޒަކީ ވަޒީފަތައް އިތުބާރާ އެކު ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. އަދި ވަޒީފާ މަދުވަނީ ބޭރު މީހުންނަށް ވަޒީފާދީ، އެ މީހުންނަށް ކުޑަ މުސާރަ ދޭތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާމްދަނީ އިތުރު ކުރެވޭނެ ވަރަށް ގިނަ ގޮތްތައް އެބަހުރިކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ދަނޑުވެރިކަމާއި ލަނޑާނެގުމާއި އިހިނެގުން ފަދަ އެގްރި ވިޔަފާރީގެ މަސައްކަތްތައް އެބަހުރި ކަމަށެވެ. އަދި އެޖެންޑާާ 19 އިން އެ މަސައްކަތްްތައް އެހީތެރިވެ، ސިއްހީ ހާލަތު ބެލޭނެ ނިޒާމެއް ހަމަޖެހި، އެ މަސައްކަތްތަކަށް ހަމަ އަގު ލިބިގެންދާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ދިވެހި ރާއްޖެ ހިންގުމުގެ އެންމެ ބޮޑު އެއް ބާރަކީ ރައްޔިތުންގެ މަޖިލީސް ކަމަށާއި އެ ބާރުވެރިކަން ރައްޔިތުން އެމްޑީޕީއަށް ދޭން ޖެހޭނެ ކަމަށެވެ. ވަހީދަކީ އެމްޑީޕީ ބޭނުންވާ ފަދަ ނަމޫނާ މަޖިލިސް މެމްބަރެއް ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު