Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިޔާވަހިކަން ފޯރުކޮށްދިނުން

މާލޭގެ ބޯހިޔާވަހިކަމާ ގުޅޭ ބޮޑު ހައުސިންގ ޕްރޮޖެކްޓެއް ފަށަނީ

18 މާރިޗު 2019 | ހޯމަ 20:07

މާލެ ތޮއްޖެހުން ހައްލު ކުރުމަށްވެސް މަސައްކަތް ކުރައްވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 މާރިޗު 2019 | ހޯމަ 20:07
ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ދިފާއު ކުރެއްވުމަށް ނުކުންނަވާ އިވާ އަބްދުﷲގެ ކެމްޕެއިން ހަފްލާގައި ރައީސް ސޯލިހު

ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ދިފާއު ކުރެއްވުމަށް ނުކުންނަވާ އިވާ އަބްދުﷲގެ ކެމްޕެއިން ހަފްލާގައި ރައީސް ސޯލިހު

މާލެއަށް ޚާއްސަކޮށްގެން ހައުސިންގ ޕްރޮޖެކްޓެއް ދާދި އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު އީވާ އަބްދުﷲގެ ކެމްޕެއިން ޖަލްސާގައި ހޯމަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މާލޭގެ ގޯތި ގެދޮރު ނެތް ހުރިހާ ފަރާތްތަކަށް ވެރިކަމުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ވައުދުވެފައިވާނެ ކަމަށާއި، މާލެއަށް ޚާއްސަކޮށް، އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރު ނެތް ރައްޔިތުންނަށް ޚާއްސަކޮށްގެން ބޮޑު ހައުސިންގް ޕްރޮޖެކްޓެއް ދާދި އަވަހަށް އިއުލާނު ކުރެވިގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، މާލޭގެ ގެދޮރުގެ ދަތިކަމާއި ތޮއްޖެހުމަށް ވެސް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

" މާލެ ތޮއްޖެހި ހާސްކަމެއްގެ ތެރޭގައި އުޅޭ އުޅުން ނައްތާލާ، ހިތްފަސޭހަ ތަނަކަށް މާލެ ހަދާދިނުމުގެ ވައުދުވެސް އަޅުގަނޑުމެން ވިން، އެގޮތުން މިހާރުވެސް ބައެއް ކަންތައްތައް ވަނީ ކުރެވިފައި، ކުދި ކުދި ކަންތައްތައް އަދި އެއީ، ބަންދުކޮށްފައި ހުރި ބައެއް ބޮޑެތި މަގުތައް ހުޅުވާލެވިއްޖެ، ހަލާކުވެފައިހުރި މަގުތައް ރަނގަޅުކުރެވި އަދި ޕާކުކުރާނެ އިތުރު ތަންތަން ހެދިއްޖެ. މާލޭ ސިޓީ ކައުންސިލުގެ ދައުރު އެކަމުގައި ވަރަށް ބޮޑު" ރައީސް ސޯލިހު ވިދާޅުވިއެވެ.

މާލޭގެ ގެދޮރުގެ ދަތި ކަމަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި މާލޭގެ ވަަރަށް ގިނަ ގޭގެއަށް ޒިޔާރަތް ކުރެވުނު ކަމަށާއި، އޭގެ ތެރެއިން ގިނަ ގޭގޭގައި އާއިލާތައް ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައި ކަމަށެވެ.

އޭގެ އިތުރުން، އެމްޑީޕީގެ އެޖެންޑާ 19ގައި ވަނީ އެމަނިކުފާނުގެ ވައުދުފުޅުތަކުގެ ތަފްސީލު ކަމަށާއި، މަޖިލީހަށް ހޮވަންވާނީ، އެ ވައުދުތައް ފުއްދަން އެއްބާރުލުން ދެއްވާނެ މެމްބަރުން ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް