Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޭބަލް ޓެނިސް

މަރާމާތަށް ފަހު އައު ޓޭބަލް ޓެނިސް ހޯލް ހުޅުވައިފި

18 މާރިޗު 2019 | ހޯމަ 17:49

އަލުން ހުޅުވި ހޯލަކީ ޗައިނާ ކުންފުންޏެއްގެ އެހީއާއެކު ހުޅުވި ހޯލެއް

މިއުނާ ހަސަން
މިއުނާ ހަސަން | 18 މާރިޗު 2019 | ހޯމަ 17:49
ޓޭބަލްޓެނިސް ހޯލް ހުޅުވުމުގެ ތެރެއިން

ޓޭބަލްޓެނިސް ހޯލް ހުޅުވުމުގެ ތެރެއިން

މަރާމާތަށް ފަހު ޗައިނާ މެޝިނަރީ އެންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އެހީއާއެކު މަރާމާތުކުރި ޓޭބަލް ޓެނިސްގެ އައު ހޯލު ރަސްމީކޮށް ހުޅުވައިފިއެވެ.

އައު ޓޭބަލްޓެނިސް ހޯލު ހަދާފައިވަނީ މީގެ ކުރިންވެސް ޓޭބަލްޓެނިސް މުބާރާތްތައް ބޭއްވުމަށާއި ފަރިތަކުރުންތަކަށް ބޭނުންކުރަމުންއައި ހ.މުނިއުފާ (ކުރީގެ ހެންވޭރު ޔޫތު ސެންޓަރު) ގައެވެ.

މި ހޯލު ރަސްމީކޮށް ހުޅުވައިދެއްވީ ހޯމަ ދުވަހު ބޭއްވުނު ރަސްމިއްޔާތުގައި، އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދު އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝެންގް ލީޝޯންގް އެވެ. މީގެ އިތުރުން ވެސް މި ރަސްމިއްޔާތުގައި ސީއެމްއީސީގެ އިސް ވެރިންނާއި ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަހުމަދު ލަތީފު އާއި ރާއްޖޭގެ ޔޫތު މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ޓޭބަލްޓެނިހުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ކުދިންނާއި ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން ބައިވެރިވިއެވެ.

މީގެ ކުރިން ވެސް ހޯމަ ދުވަހު ހުޅުވުނު ހޯލު ޓޭބަލްޓެނިސް މުބާރާތްތަކަށާއި ފަރިތަކުރުންތަކަށް ބޭނުންކުރި ނަމަވެސް ތަން ހޫނުވުމުގެ ސަބަބުން އެ ހޯލަކީ ކުޅެން އެންމެ އެކަށީގެންވާ މާހައުލެއް ނޫނެވެ. މަރާމާތުތަކާއިއެކު ހޯލު އަލުން ހުޅުވިއިރު އޭސީ އާއެކު ތަނުގެ އެތެރެއަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ހޯމަ ދުވަހުގެ ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ޓޭބަލްޓެނިސް އެސޯސިއޭޝަނަށް ހަދިޔާކުރި ޓީޓީ ކުޅޭ ސާމާނު ވަނީ ރަސްމީކޮށް އެ އެސޯސިއޭޝަނާއި ހަވާލުކޮށްފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކުޅިވަރުގެ ސަބަބުން ގިނަ ކަންތައްތަކެއް ދަސްވެގެން ދާނެކަމަށާއި، ބަލިވުމުންނާއި މޮޅުވުމުން އަމަލު ކުރަންވީގޮތް ޒުވާންޖީލަށް ދަސްވުމަށް ކުޅިވަރު މުހިއްމުކަމަށެވެ. ދުޅަހެޔޮ ސިއްހަތެއްގައި މީހާ ހުރުމަށާއި ރަނގަޅު އަހުލާގެއް ދެމެހެއްޓުމަށް ކުޅިވަރެއް ކުޅުން މުހިއްމު ކަމަށެވެ. ހަމަ އެހެންމެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުޅިވަރު އެސޯސިއޭޝަންތައް މަގުމަތިވެ ވަންނާނެ ތަނެއް ނެތިފައި ނުތިބޭނެ ކަމަށެވެ.

އެއު ޓޭބަލްޓެނިސް ހޯލު ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު މިނިސްޓަރ ވަނީ ޗައިނާ ސަފީރާއެކު އެކުވެރިކަމުގެ ޓޭބަލްޓެނިސް މެޗެއް އައު ހޯލުގައި ކުޅުއްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް