Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެސްއެމްއީ ބޭންކު

އެސްއެމްއީ ލޯން ދޫކުރަނީ މައިގަނޑު ހަތަރު ދާއިރާއަކަށް!

ހަތަރު ދާއިރާއަކީ ރަށު ފަތުރުގެ ލޯނާއި، ވިޔަފާރި އެހީގެ ލޯނާއި، ދަނޑުވެރި ނަފާގެ ލޯނާއި، ހަރުމުދާ ލޯން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 18 މާރިޗު 2019 | ހޯމަ 05:41
އެސްއެމްއީ ބޭންކު އިފްތިތާހްކޮށްދެއްވުމަށް ފަހު ރައީސް ވާހަކަފުޅު ދައްކަވަނީ

އެސްއެމްއީ ބޭންކު އިފްތިތާހްކޮށްދެއްވުމަށް ފަހު ރައީސް ވާހަކަފުޅު ދައްކަވަނީ

އެސްއެމްއީ ބޭންކުން ލޯން ދޫކުރަން ފަށާއިރު، ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެސްއެމްއީ ބޭންކު އިފްތިތާހްކޮށްދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އެސްއެމްއީ ބޭންކު ފަށާއިރު، ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ދާއިރާއަކުން ކަމަށާއި، ރަށު ފަތުރުގެ ލޯނާއި، ވިޔަފާރި އެހީގެ ލޯނާއި، ދަނޑުވެރި ނަފާގެ ލޯނާއި، ހަރުމުދާ ލޯން ކަމަށެވެ. އޭގެ ތެރެއިން ވިޔަފާރި އެހީގެ ލޯނު ފިޔަވައި ދެން ހުރި ހުރިހާ ދާއިރާތަކަށް ވެސް، ލޯނު ދޫކުރާނީ 6 ޕަސެންޓާއި 9 ޕަސެންޓާ ދެމެދުގެ އިންޓްރެސްޓެއްގައި ކަމަށާއި، އެއީީ ބޭންކުތަކުން މިހާރު ނަގާ އިންޓްރެސްޓަށް ވުރެ، މާ ބޮޑަށް ވެސް ކުޑަ ރޭޓެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މި ލޯނު އަނބުރާ ދެއްކުމަށް ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއް ލިބިގެންދާނެ ކަމަށާއި، އަމާޒަކީ ކުރިމަގުގައި ދޫކުރާ މިފަދަ ލޯންތަކުގެ އިންޓްރެސްޓް މިއަށް ވުރެ ވެސް ދަށްކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ދަނޑުވެރިކަމަށް ބަލާއިރު، އެއީ ދިވެހި އަންހެނުންގެ ޙިއްސާ ވަރަށް ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ، ދަނޑުވެރިކަމަކީ ޤައުމީ އުފެއްދުންތެރިކަމުގެ ވަރަށް މުހިންމު ޞިނާޢަތެއް ކަމަށާއި، އެހެންކަމުން، ދަނޑުވެރިކަމުން ލިބޭ އިޤްތިޞާދީ ނަފާ އިތުރުކޮށް، ދެމެހެއްޓެނިވި ޞިނާޢަތަކަށް ހެދުމަށް، ސަރުކާރުންވަނީ ސިޔާސަތުތަކެއް އެކުލަވާލައިފައި ކަމަށެވެ. އަދި އެ ސިޔާސަތުގެ ތެރެއިން، އެސްއެމްއީ ބޭންކުގެ ޚިދުމަތާ އެކު، މި ފަށާ، "ދަނޑުވެރި ނަފާ" ލޯން ސްކީމްގެ ސަބަބުން، ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުވެ، އުފައްދާ ތަކެތީގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށާއި އަދި ފައިދާ ހުރި ކާނާ ލިބުމަށް މަގުފަހިވެ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާވުމަކީ "ދަނޑުވެރި ނަފާ" ލޯންގެ އެންމެ މުހިންމު އެއް މަޤްޞަދުކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

"ސަރުކާރުން މި ހަމަޖެއްސީ، "ދަނޑުވެރި ނަފާ" ލޯނުގެ ހުރިހާ ކަމެއް ވެސް، އެސް.އެމް.އީ ބޭންކުގެ ތެރެއިން ކުރަމުންދާ ގޮތަށް. އެ ގޮތަށް އަޅުގަނޑުމެން މި ހަމަޖެއްސީ، މިނިސްޓްރީއަކުން ލޯނު ދޫކުރުމުގެ ބަދަލުގައި، އެކަމަށް ޚާއްޞަ ބޭންކަކުން ލޯން ދޫކުރާ ގޮތަށް އޮތުމުން، ލޯނު އަނބުރާ ހޯދުމުގެ ކަންތައް ވެސް ހަރުދަނާ ގޮތެއްގައި ކުރެވެމުންދާނެ ކަމަށް ފެންނާތީ."

މި ސަރުކާރުން، ރައްޔިތު މީހާ ބާރުވެރިކުރުވުމަށް ކަމަށް ބުނެ، ލޯނެއްގެ ނަމުގައި ފައިސާކޮޅެއް ދީފައި ދޫކޮށް ނުލާނެ ކަމަށް ވިދާޅުވެ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވިސްނުން ހުރީ، އިޤްތިޞާދީ ގޮތުން ރައްޔިތު މީހާ ދާން ބޭނުންވާ ހިސާބަކަށް، އޭނާގެ އަތުގައި ހިފައިގެން ގެންގޮސްދިނުން ކަމަށާއި، ވިޔަފާރި ފަށާނެ ގޮތާއި، ކާމިޔާބު ވިޔަފާރިއެއް ހިންގާނެ ގޮތްތައް ވެސް ކިޔައިދޭނެ ކަމަށެވެ. އަދި އެސްއެމްއީ ލޯނަށް ކުރިމަތިލާއިރު، ހުށަހަޅަންޖެހޭ ވިޔަފާރީގެ ޕްރޮޕޯސަލް ތައްޔާރުކުރުމުގައި، މާލެ އާއި ބައެއް އަތޮޅުތަކުގައި މިހާރު ހިންގަމުން އަންނަ، ހަތް ބިޒިނަސް ސެންޓަރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ވިޔަފާރިތަކުގެ ހިސާބުކިތާބު ބަލަހައްޓައި، ވިކުރާ ތައްޔާރުކުރާނެ ގޮތުގެ ޢިލްމީ އަދި ފަންނީ ލަފާ ވެސް ފޯރުކޮށްދޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

"މި ދެންނެވި އަމާޒަށް އަޅުގަނޑުމެން ދާން ޤަޞްދުކުރަނީ، ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން. ރަށްރަށުގައި އަލަށް ވިޔަފާރިއެއް ފެށުމުގެ މަރުހަލާގައި ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމުގެ ޤާބިލްކަން، ރަށު ކައުންސިލްތަކަށް ހޯދައިދޭނަން. އެކަމަށްޓަކައި ކޮންމެ ރަށު ކައުންސިލެއްގައި، ތަމްރީން ލިބިފައިވާ އިކޮނޮމިކް އޮފިސަރުން ބޭތިއްބުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ."

މިފަދަ ފުރުޞަތުތައް ފަހިކޮށްދޭއިރު، އެ ފުރުޞަތުގެ ބޭނުން ހިފާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ ކަމަށް ވިދާޅުވެ ރައީސް ސޯލިހް ވިދާޅުވީ، ވަކިން ޚާއްޞަކޮށް ދިވެހި އައު އުފެއްދުންތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ކަނޑައެޅިފައި އޮންނަ އުސޫލާ އެއްގޮތަށް، ކުދި އަދި މެދު ފަންތީގެ އުފެއްދުންތެރިކަމުގެ އެވޯޑެއް ދިނުމަށް ވެސް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ކުރިއެރުމާއި ލާބަޔަށް، ސަރުކާރުން މިފަދަ ކަންކަން ރާވައި ހިންގާއިރު، މުޖްތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ނުހަނު ބޮޑަށް ސަރުކާރަށް ބޭނުންވާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ޞިނާޢަތްތައް ކުރިއެރުވުމަށް ސަރުކާރުން ފެށި ޚިދުމަތްތަކަށް، ސަރުކާރުގެ ކުންފުންޏަކުން މިހާރުވެސް ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވާފައިކަމަށް ރައީސް ވިދާޅުވި އެވެ.

އެއީ، ދިވެހި އުފެއްދުންތައް ވިއްކުމަށްޓަކައި، ވެލާނާ އެއާޕޯރޓްގެ ޑިއުޓީ ފްރީ ސަރަޙައްދުން ޚާއްޞަ ޖާގައެއް އެއާޕޯރޓް ކޮމްޕެނީން ހަމަޖައްސައިދިނުން. ވަރަށް ކުޑަ އަގެއްގައި އެކަން ހަމަޖައްސަވައިދެއްވީތީ، އެއާޕޯރޓް ކޮމްޕެނީގެ ޗެއަރމަން މުޙައްމަދު ޢުމަރު މަނިކަށާއި، އެ ކުންފުނީގެ ބޯޑް މެމްބަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން. އެއާޕޯރޓުން އެފަދަ ޖާގައެއް ހަމަޖެހުމަކީ، ދިވެހި އުފެއްދުންތައް މާރކެޓްކޮށް ރަނގަޅު އަގުގައި ވިއްކުމަށް ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއް. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ޞިނާޢަތްތަކުން އުފައްދާ ތަކެތި، އެއާޕޯރޓްގައި ވިއްކުމުގެ ކަންކަން އިންތިޒާމުކުރާނީ، އިކޮނޮމިކް މިނިސްޓްރީން އުފައްދާފައި އޮންނަ ބިޒިނަސް ސެންޓަރ ކޯޕަރޭޝަނުން.

ރައީސް ސޯލިހް ވިދާޅުވީ ފަށައިގަތް އެސްއެމްއީ ބޭންކުގެ ޚިދުމަތާއި "ދަނޑުވެރި ނަފާ" ލޯނުގެ ޚިދުމަތަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރައިގެން ދިޔުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވާނެކަން ޔަޤީންކުރާ ކަމަށާއި، އެފަދަ ވިޔަފާރިތައް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ހިނގަމުން ދިޔުމަކީ، ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ދަމަހައްޓަން ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި އުންމީދުކުރަނީ، އިޤްތިޞާދީ ގޮތުން ރައްޔިތުން ބާރުވެރި ކުރުވުމަށް، ސަރުކާރުން ފަހިކޮށްދިން ފުރުޞަތުގެ ބޭނުން، ޒިންމާދާރުކަމާ އެކު ހުރިހާ ބޭފުޅުން ވެސް ހިއްޕަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު