Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕެރިސް ޖެކްޝަން

އަމިއްލަ އަށް މަރުވާން އުޅުނު ކަމަށް ދެކެވޭ ވާހަކަ ޕެރިސް ދޮގުކޮށްފި

17 މާރިޗު 2019 | އާދީއްތަ 03:34

މަރުވާން އުޅުނުކަމަށް އެންމެ ފުރަތަމަ ރިޕޯޓް ކުރީ ޓީއެމްޒެޑް އިން

އަލީ ސަމާޚް
އަލީ ސަމާޚް | 17 މާރިޗު 2019 | އާދީއްތަ 03:34
ޕެރިސް ޖެކްޝަން

ޕެރިސް ޖެކްޝަން

ކުރީގެ މަޝްހޫރު ޕޮޕް ލަވަ ކިޔުންތެރިޔާ މައިކަލް ޖެކްޝަންގެ އަންހެން ދަރިފުޅު ޕެރިސް މައިކަލް ކެތްރިން ޖެކްޝަން (ޕެރިސް ޖެކްޝަން) އަމިއްލަ އަށް މަރުވާން އުޅުނު ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

އެމެރިކާގެ މަޝްހޫރު ޓީއެމްޒެޑް ނޫސް ވެބްސައިޓް އިން ހޮނިހިރު ދުވަހު ރިޕޯޓް ކޮށްފައިވާ ގޮތުގައި، އަތުގައި ވަޅިއަޅައިގެން މަރުވާން އުޅުމުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފަރުވާ ދީފައިވެއެވެ. އެ ޚަބަރު ލިޔެފައިވަނީ ފުލުހުންނާ ހަވާލާދީއެވެ.

ޕެރިސް ކުރި ޓްވީޓެއްގައި އޭނާ ވަނީ ނޫސްތަކުގައި ދެކެވޭ ވާހަކަތައް ތަކުރާރުކޮށް ދޮގުކޮށްފައެވެ.

ޓްވީޓްގައި އިތުރު ތަފްސީލެއް ބަޔާންކޮށްފައެއް ނުވެއެވެ.

މައިކަލްގެ ދެވަނަ ދަރިފުޅު ޕެރިސް އަމިއްލަ އަށް މަރުވާން އުޅުނީ، އޭނާގެ ބައްޕަ ކުޑަކުދިންތަކަކަށް މީގެ އެތަކެއް އަހަރު ކުރިން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ޑޮކިއުމެންޓްރީ ފިލްމެއް ރިލީސްކުރުމުން ކަމަށް އޭނާގެ އާއިލާ މީހުންނާ ހަވާލާދީ ޓީއެމްޒެޑް އިން ރިޕޯޓްކުރެއެވެ.

ވާޑް ރޮބްސަން އާއި ޖޭމްސް ސޭފްހަކް ހަދާފައިވާ ''ލީވިން ނެވާލޭންޑް'' ފިލްމް ރިލީޒްކޮށްފައި ވަނީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އެ މީހުން ތުހުމަތު ކުރާ ގޮތުން މައިކަލް ވަނީ އެ ދެ މީހުން ކުޑައިރު ޖިންސީ ގޯނާތަކެއް ކޮށްފައެެވެ.

އެ ފިލްމަށް ފަހު ޖެކްޝަންގެ އާއިލާ އަށް ފާޑުކިޔުންތަކެއް އަމާޒުވެ ޓީވީތަކުން ދައްކަމުން ދިޔަ މައިކަލްގެ ލަވަތައް ވެސް ވަނީ މަދުވެފައެވެ. ބައެއް ޗެނެލްތަކުން ވަނީ އޭނާގެ ލަވަތައް ދެއްކުން ހުއްޓާލާފައެވެ.

މީގެ 10 އަހަރު ކުރިން ވެސް މައިކަލް މަރުވުމާ ގުޅިގެން ޕެރިސް އަށް ވަނީ ޑިޕްރެޝަންގެ މައްސަލަަތަކެއް ދިމާވެފައެވެ. އަދި 2013 ވަނަ އަހަރު ވެސް އަމިއްލައަށް މަރުވާން އުޅެފައި ވެއެވެ.

ޕެރިސް ވަނީ ފިލްމް ސީރީސްގެ އިތުުރުން ލަވަތައް ވެސް ކުޅެފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

ޒިމްބާބްވޭގެ ފަސްޓްލޭޑީ ބޭނުންކުރައްވާފައިވާ ޖަނގިޔާ ބައްސަވާ ވާހަކަ ލިޔުނު ކަމަށް ބުނެ ނޫސްވެރިޔަކު ހައްޔަރު ކޮށްފި

03 އޮކްޓޯބަރު 2017
ޒިމްބާބްވޭގެ ފަސްޓްލޭޑީ ބޭނުންކުރައްވާފައިވާ ޖަނގިޔާ ބައްސަވާ ވާހަކަ ލިޔުނު ކަމަށް ބުނެ ނޫސްވެރިޔަކު ހައްޔަރު ކޮށްފި
03 އޯގަސްޓު 2017

އެންޖެލީނާ ޖޯލީގެ ފިލްމްގެ އޮޑިޝަން ޕްރޮސެސްގައި ކުޑަ ކުދިންނަށް އިހާނެތިކޮށް ހިތި ވާހަކަ ދޮގު ކޮށްފި

03 އޯގަސްޓު 2017
އެންޖެލީނާ ޖޯލީގެ ފިލްމްގެ އޮޑިޝަން ޕްރޮސެސްގައި ކުޑަ ކުދިންނަށް އިހާނެތިކޮށް ހިތި ވާހަކަ ދޮގު ކޮށްފި
21 ޖުލައި 2017

ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ

21 ޖުލައި 2017
ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ
03 ޖުލައި 2017

ހުއްދަ ނެތި، އަމިއްލަ ފައިދާއަށް މިއުޒިކް ލެޖެންޑުންގެ ފޮޓޯ ބޭނުން ކުރުމުގެ ތުހުމަތު ކެންޑަލް އާއި ކައިލީ ޖެނަރއަށް

03 ޖުލައި 2017
ހުއްދަ ނެތި، އަމިއްލަ ފައިދާއަށް މިއުޒިކް ލެޖެންޑުންގެ ފޮޓޯ ބޭނުން ކުރުމުގެ ތުހުމަތު ކެންޑަލް އާއި ކައިލީ ޖެނަރއަށް
29 މެއި 2017

"އަހަރެމެން ހުރިހާ ވާހަކައެއް ﷲ ހަޒްރަތުގައި ދަންނަވާނަމެވެ"

29 މެއި 2017
"އަހަރެމެން ހުރިހާ ވާހަކައެއް ﷲ ހަޒްރަތުގައި ދަންނަވާނަމެވެ"
24 މެއި 2017

އަންހެނުންނާ ބެހޭގޮތުން ބޭއަދަބީ ވާހަކަ ޓްވީޓް ކުރުމުން އަބީޖީތުގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފި

24 މެއި 2017
އަންހެނުންނާ ބެހޭގޮތުން ބޭއަދަބީ ވާހަކަ ޓްވީޓް ކުރުމުން އަބީޖީތުގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފި
09 އެޕްރީލު 2017

ސިމްބޮލިކްގެ "ކުރު ވާހަކަ" އަށްވެސް ބޮޑު ތަރުހީބެއް!

09 އެޕްރީލު 2017
ސިމްބޮލިކްގެ "ކުރު ވާހަކަ" އަށްވެސް ބޮޑު ތަރުހީބެއް!
07 އެޕްރީލު 2017

22 އަހަރު ކުރިން އަހަރެންގެ ކެރިއާ ނިމިއްޖެ ކަމަށް ވާހަކަ ދައްކާ

07 އެޕްރީލު 2017
 22 އަހަރު ކުރިން އަހަރެންގެ ކެރިއާ ނިމިއްޖެ ކަމަށް ވާހަކަ ދައްކާ
21 މާރިޗު 2017

ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ

21 މާރިޗު 2017
ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ
25 ފެބުރުއަރީ 2017

ސްކްރިޕްޓްގެ މައްސަލަގައި ވާހަކަ ދެއްކުމަށް އެއްމޭޒަކަށް އައުމަށް ޒަރީރަށް ރަވީ ގޮވާލައިފި

25 ފެބުރުއަރީ 2017
ސްކްރިޕްޓްގެ މައްސަލަގައި ވާހަކަ ދެއްކުމަށް އެއްމޭޒަކަށް އައުމަށް ޒަރީރަށް ރަވީ ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް