Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފް ކޯސްޓްގާޑް

ޝިމާ ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނަކީ މިފަދަ އެންމެ ބޮޑު އެއް އޮޕަރޭޝަން: ކޯސްޓްގާޑް

16 މާރިޗު 2019 | ހޮނިހިރު 17:10

ސިމާ ހޯދުމުގެ އޮޕަރޭޝަނަށް ގިނަ ރިސޯސްތަކެއް ބޭނުން ކުރެވުނު

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 16 މާރިޗު 2019 | ހޮނިހިރު 17:10
ޢުމުރުން 19 އަހަރުގެ ޝިމާ ފާއިޒް

ޢުމުރުން 19 އަހަރުގެ ޝިމާ ފާއިޒް

ޑިންގީއެއް ބަންޑުން ޖަހާލުމާއި ގުޅިގެން ގެއްލިފައިވާ އައިމިނަތު ޝިމާ ނާފިޒު ހޯދުމަށް އެމް އެން ޑީއެފް އިން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ މިހާތަނަށް ކޯސްޓްގާޑުން ކުރިއަށް ގެންދާ މިފަދަ އެންމެ ބޮޑު އެއް އޮޕަރޭޝަން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ކޯސްޓްގާޑުގެ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާ ކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޖަރ އަޙުމަދު މުޖުތަބާ ވިދާޅުވީ ޝިމާ ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނަކީ، އެމްއެންޑީއެފް ކޯސްޓްގާޑްގެ ތާރީޚުގައި ވެސް ހިންގާ މިފަދަ އެންމެ ބޮޑު އެއް އޮޕަރޭޝަން ކަމަށެވެ. އަދި މި އޮޕަރޭޝަން މިހާރު ތްރީ ޑައިމެންޝަން އޮޕަރޭޝަނެއްގެ ގޮތުގައި ކުރިއަށްގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

"ސިމާ ގެއްލުމާއި ގުޅިގެން އަޅުގަނޑުމެންގެ ވަރަށްގިނަ ރިސޯސަސް ތަކެއް މިކަމަށް ބޭނުން ކުރިން. ވަރަށް ގިނަ ދުވަހުގެ މަސައްކަތުން ޕްލޭން ތަކެއް ވެސް ކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް. ވިލިގިލީގައި ގާއިމްކޮށްފައި ހުރި ރެސްކިއު ކޯޑިނޭޝަން ސެންޓަރުން މިކަން ކޯޑިނޭޓް ކުރާ ގޮތަށް އަޅުގަނޑުމެންގެ ޝިޕަކާއި، އަންޑަރ ވޯޓަރ އާރުއޯވީގެ އިތުރުން ހެލިކޮޕްޓަރު ބޭނުން ކޮށްގެން އޮޕަރޭޝަން ކުރިއަށް ގެންދަނީ " މުޖުތަބާ ވިދާޅުވިއެވެ. ޢުމުރުން 19 އަހަރުގެ ޝިމާ ފާއިޒް ގެއްލިފައިވަނީ ފެބުރުއަރީ މަހުގެ 22ވަނަ ދުވަހު އެވެ. އޭނާ ގެއްލުނީ ލ.ކައްދޫއިން ފުރައިގެން އެއަތޮޅު މާމެންދޫއަށް ޑިންގީ އެއްގައި ދަތުކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައިގެން ކަމަށް ޝިމާއާ އެންމެފަހުން ބައްދަލުވި އިބްރާހީމް ފަޒީލު ބުނެފައި ވެއެވެ.

ޑިންގީ ބަންޑުން ޖަހާލި ހާދިސާގައި ޝިމާ ނާފިޒުގެ ކޮއްކޮ ގޮވައިގެން މޫނު ނިވާކޮށްގެން ތިބި ބަޔަކު ޑިންގީއެއްގައި ފިލަން އުޅެނިކޮށް ފުލުހުން ވަނީ މިދިޔަ ހަފްތާގައި ހައްޔަރު ކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ފަޒީލް ވެސް ހިމެނެއެވެ.

އެ މީހުން ހައްޔަރު ކޮށްފައި ވަނީ ސިކް ސެންސަސް ރިސޯޓް ސަރަހައްދުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުޤީޤް ކުރަމުން އަންނަ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް