Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ހަރަކާތްތައް

ޤަދަރުވެރި ދިރިއުޅުމަކަށް އެމްޑީޕީ އަށް ވޯޓު ދެއްވާ: ޖީހާން

16 މާރިޗު 2019 | ހޮނިހިރު 03:27

ކުރެންދޫ ދައިރާގެ ކެނޑިޑޭޓު އަބްދުލް ޣަނީވެސް ވާހަކަ ދެއްކެވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 މާރިޗު 2019 | ހޮނިހިރު 03:27
ހިންނަވަރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު ޖީހާން މަހްމޫދު

ހިންނަވަރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު ޖީހާން މަހްމޫދު

ޤަދަރުވެރި ދިރިއުޅުމެއް ހޯދުމަށް ބޭނުންވާ ނަމަ އެމްޑީޕީއަށް މަޖިލިސް އިންތިހާބުގައި ވޯޓު ދެއްވުމަށް ހިންނަވަރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.

ޖީހާންގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ހުކުރު ދުވަހުގެ ރޭ ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖީހާން ވިދާޅުވީ، ޤަދަރުވެރި ދިރިއުޅުމަކަށްޓަކައި އެމްޑީޕީގެ ސިޔާސަތުތަކަށް ވޯޓު ދެއްވަންޖެހޭ ކަމަށާއި، އެ ސިޔާސަތުތަކުގެ ދަށުން ހިންނަވަރަށް ދިމާވެފައިވާ ބޯޯހިޔާވަހިކަމާއި، ވަޒީފާގެ ދަތިކަމަށް ވެސް ހައްލު ލިބިގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގަތް މި ޖަލްސާގައި ވާހަކަދައްކަވަމުން ޖީހާން ވިދާޅުވީ، އެރަށުގެ 21 ގެއެއް ނޫން ހުރިހާ ގެއަކަށް ޒިޔާރަތްކުރެއްވިއިރު، އޭގެ ތެރެއިން ހުރިހާ ގެއަކުން ވެސް ވަޒީފާގެ ދަތިކަމުގެ ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ.

" އަޅުގަނޑު މިއަދާ ހިސާބަށް އައިއިރު ހިންނަވަރުގެ 21 ގެއެއް ފިޔަވައި އެހެން ހުރިހާ ގެއަކަށް ޒިޔާރަތްކޮށްފިން، ކޮންމެ ގެއަކުންވެސް ވަޒީފާގެ ދަތިކަމުގެ ޝަކުވާ، ވަޒީފާ ނެތުމުން އާއިލާތަކުން އުފުލަންޖެހޭ ބުރަ، ދިިރިއުޅެންޖެހޭ ދަތި ހާލު، ކޮންމެސް މީހެއްގެ އެހީތެރިކަމަށް ބަރޯސާވެ، ޤަދަރުވެރި ދިރިއުޅުމަކުން އެއްކިބާވެގެން ތިބެންޖެހޭކަން ނުލާހިކު ހިތާމަޔާ ލަދުވެތިކަމާ ދެރަ އިހުސާސްކުރާ ހާލު އަޅުގަނޑާ ހިއްސާކުރޭ، ކޮށްފާވަނީ،" ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ، މިކަންކަމުގެ ހައްލެއްގެ ގޮތުން އެޖެންޑާ 19 މެދުވެރިކޮށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެންދާނެ ކަމަށާއި، އެންމެ މަދުވެގެން 6000ރ. މަސައްކަތްކުރާ ކޮންމެ މީހަކަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެކި ސިނާއަތްތަކަށް މި އަދަދު ތަފާތުވެގެންދާނެ ކަމަށާއި، މަސްވެރިކަމުގެ ދާއިރާ އިން އެ އަދަދު 8000ރ. އަށް އިތުރުވެގެންދާނެ ކަމަށާއި، ފަތުރުވެރި ކަމުގެ ދާއިރާ އިން 10،000ރ. އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށެވެ.

ނައިފަރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ކަމަށްވާ މުހައްމަދު ކާރިމް

މި ޖަލްސާގައި ނައިފަރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ކަމަށްވާ މުހައްމަދު ކާރިމް ވެސް ވާހަކަދައްކަވާފައިވާއިރު، ކާރިމް ވިދާޅުވީ، 2008 ގައި އެމްޑީޕީގެ ވެރިކަން ވައްޓާލުމުން ކުރިމަތިލާން ޖެހުނު ކަންކަން އަލުން ތަކުރާރުވުމަށް އެމްޑީޕީގެ މެމްބަރުންނާއި، އިސްލާހަށް މަސައްކަތް ކުރެއްވި އެއްވެސް ބަޔަކު ބޭނުން ނުވާނެ ކަމަށެވެ.

ކުރެންދޫ ދައިރާގެ އެމްޑީޕީ ކެންޑިޑޭޓު އަބްދުލް ޢަނީ އަބްދުލް

އޭގެ އިތުރުން، ކުރެންދޫ ދައިރާގެ އެމްޑީޕީ ކެންޑިޑޭޓު އަބްދުލް ޢަނީ އަބްދުލް ހަކީމްވެސް ވަނީ މި ޖަލްސާގައި ވާހަކަ ދައްކަވާފައެވެ. އެގުތުން ޣަނީ ވިދާޅުވީ، މަޖިލިސް 19 ވެގެންދާނީ ރައީސް ސޯލިހުގެ ސަރުކާރުގެ ވައުދުތަކަށް ޤާނޫނީ ބާރު ގެނެސްދޭނެ މަޖިލީހަކަށް ކަމަށާއި، އެމްޑީޕީގެ ކެންޑިޑޭޓުން މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ވަރަށް ގާތުުން ކަމަށެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ކުރުމަށް ވައުދުވި ކަންތައްތަކުގެ ތެރެއިން ހާސިލްވެފައިވާ ކަންތައްތައް އިއުލާނު ކުރައްވާފައެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް