Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިކަމުގެ އިނާމް

ނޫސްވެރިކަމުގެ އިނާމުދޭ އުސޫލަށް ބަދަލުތަކެއް ގެނެސްފި

14 މާރިޗު 2019 | ބުރާސްފަތި 16:52

ފޮޓޯގްރަފީ އަދި އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަންހުށަހެޅޭ އުސޫލަށް ބަދަލެއް ނުގެނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 14 މާރިޗު 2019 | ބުރާސްފަތި 16:52
މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމުދޭ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

މީޑިއާ ކައުންސިލްގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލްގެ ނައިބު ރައީސް އަހްމަދު އާޒިފް ވިދާޅުވީ، އުސޫލަށް ގެނައި އެންމެ ބޮޑު އެއްބަދަލަކީ ނޫސްވެރިކަމުގެ އިނާމަށް ހުށަހަޅާ މީހުންނާ، ފަނޑިޔާރުންގެ ޕެނަލުން އިންޓަވިއު ކުރާ ގޮތަށް ނިންމާފައިވާ ނިންމުން ކަމަށެވެ.

Advertisement - newsAdvertisement

އާޒިފް ވިދާޅުވީ ބްރޯޑްކާސްޓިން ދާއިރާ އިން ހުށަހަޅާ އުފެއްދުންތައް އުފެއްދި ތާރީޚު ޔަގީން ކުރަން ދަތިވާ ކަމަށެވެ. އެގޮތުން ހުށަހަޅާ ރިޕޯޓާއި ޚަބަރު ލިޔުނު ތާރީޚު ނުވަތަ ބްރޯޑްކާސްޓް ކުރި ތާރީޚު އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްސީން ބުނީ ފީޗާ އަދި ފޮޓޯގްރަފީ ނޫން ދާއިރާތަކަށް ހުށަހަޅަން ކަނޑައަޅާފައި ވަނީ ފަސް އުފެއްދުމެއް ކަމަށެވެ. އަދި ކުރިން ނިންމާފައި އޮތީ ތިން ޚަބަރާއި ދެ ރިޕޯޓެއް ހުށަހަޅާ ގޮތަށެވެ. އަދި ފީޗާގެ ދާއިރާއަށް ކުރިމަތިލާ މީހުން ތިން އުފެއްދުމެއް ހުށަހަޅަންޖެހޭއިރު، އެލިޔުންލިޔަން ކުރި މަސައްކަތްތަކާއި، ތާރީހު އެނގޭ ލިޔުމެއް ހުށަހަޅަންޖެހޭ ކަމަށް އެމްއެމްސީން މައުލޫމާތުދެއެވެ.

ނޫސްވެރިކަމުގެ އިނާމުތަކަށް މާކްސްދޭ އޮނިގަނޑަށް ވެސް އެމްއެމްސީން ބަދަލުގެނެސްފައިވާއިރު، އިނާމަށް ހުށަހަޅާއިރު އެ މީހެއްގެ މަސައްކަތުގެ ވަނަވަރު، ނުވަތަ ސީވީ ވެސް ހުށަހަޅަންޖެހެއެވެ. ނޫސްވެރިކަމުގެ އިނާމުދޭ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ފޮޓޯގްރަފީ އަދި އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަންހުށަހެޅޭ އުސޫލަށް އެއްވެސް ބަދަލެއް ނުގެނެއެވެ.

މިބަދަލުތަކާއެކު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނޫސްވެރިކަމުގެ އިނާމުތަކަށް ކުރިމަތިލުމުގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
03 ފެބުރުއަރީ 2017

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
22 ޖެނުއަރީ 2017

ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި

22 ޖެނުއަރީ 2017
ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް