Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

އާމިރު ޚާން ދެކެ ކަންގަނާ ރުޅިއައިކަން އާމިރަކަށް ނޭންގޭ

ކަންގަނާ އާއި ދިމާވުމުން ކަންގަނާ ގާތު އަހާނެ ކަމަށް އާމިރު ވަނީ ބުނެފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 14 މާރިޗު 2019 | ބުރާސްފަތި 11:50
އާމިރު ޚާން އާއި އަންހެނުން ކިރަން ރާއޯ

އާމިރު ޚާން އާއި އަންހެނުން ކިރަން ރާއޯ

ބޮލީވުޑް އެކްޓަރ އާމިރު ޚާން އުފަންދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު އާމިރު ވަނީ މީޑިއާއާއި އެކު އޭނާގެ އުފަން ދުވަސް ފާހަގަ ކޮށްފައެވެ.

އެގޮތުން އާމިރު ވަނީ މީޑިއާ އާއި އެކު އޭނާގެ އުފަންދުވަހުގެ ކޭކް ފަޅާފައެވެ. މި ކުޑަ ހަފްލާގައި އާމިރު އާއި އެކު އޭނާ ގެ އަންހެނުން ކިރަން ރާއޯ ވެސް ވަނީ ބައިވެރިވެފައެވެ.

މި ހަފްލާގައި އާމިރު ވަނީ މީޑިއާ އިން ކުރި ސުވާލު ތަކަށް ވެސް ޖަވާބު ދީފައެވެ.

ކަންގަނާގެ ފިލްމް "މަނިކަރްނިކާ" ރިލީޒް ކުރި އިރު މި ފިލްމަށް ސަޕޯޓް ކޮށްފައި ނުވާތީ އެކަމާއި ނުރުހުން ފާޅުކޮށް އާމިރު އާއި ދެކޮޅަށް ދައްކާފައިވާ ވާހަކަތަކާއި ބެހޭގޮތުން މީޑިއާއިން ސުވާލު ކުރުމުން އާމިރަށް ވަނީ ހައިރާން ކަމެއް ލިބިގެން ގޮސްފައެވެ.

އޭނާ އަހަރެން ދެކެ ރުޅިއައީ؟ ކީއްވެ؟ އެކަމު އަހަރެން ކައިރި ކަންގަނާ ދުވަހަކުވެސް ނުބެނޭ" ހައިރާންވެފައި ހުރެ އާމިރު ވަނީ ބުނެފައެވެ.

އާމިރު އަށް އެކަން ނޭންގޭ ކަމަށާއި ކަންގަނާ އާއި ދިމާވުމުން ކަންގަނާ ގާތު އަހާނެ ކަމަށް އާމިރު ވަނީ ބުނެފައެވެ.

އާމިރު ޚާން އެންމެފަހުން ފެނިގެންގޮސްފައިވަނީ "ތަގްސް އޮފް ހިންދުސްތާން" އިންނެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ނުލިބެއެވެ. ނަމަވެސް ފިލްމް ރިލީޒް ކުރި ފުރަތަމަ ދުވަހު ވަނީ ރެކޯޑް އަދަދަކަށް މި ފިލްމަށް އާމްދަނީ ލިބިގެން ގޮސްފައެވެ.

މި ފިލްމަށް ފިލްމް ރިލީޒް ކުރި ދުވަހު 50 ކްރޯޑް ލިބުނު ނަމަވެސް ޖެހިގެން އައި ދުވަސްތަކުގައި ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ކަންގަނާގެ އެންމެ ފަހުން ރިލީޒް ކުރި ފިލްމް "މަނިކަރްނިކާ" އަށް ޑޮމެސްޓިކް ބޮކްސް އޮފީހުގައި ލިބިފައިވަނީ 92 ކްރޯޑް ރުޕީސް އެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
25 ފެބުރުއަރީ 2017

"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ

25 ފެބުރުއަރީ 2017
"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ
24 ފެބުރުއަރީ 2017

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ
23 ފެބުރުއަރީ 2017

އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް

23 ފެބުރުއަރީ 2017
އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު