Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އާރުޓީއައި ގާނޫނަށް އަމަލުނުކުރާ މައްސަލަ

ރައީސް އޮފީހުން ގާނޫނަށް އަމަލުނުކޮށްގެން އިދާރާތަކުން މައްސަލަ ބަލާ ހިސާބަށް ދިއުމުން ލަދުވެތި

ރައީސް އޮފީހުން ގާނޫނަށް އަމަލުނުކުރެވެނީ ކީއްވެތޯ ބަލާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 މެއި 2024 | ބުރާސްފަތި 10:55
ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މީޑިއާ އާއި ބައްދަލުކުރައްވަނީ- ފައިލް ފޮޓޯ

ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މީޑިއާ އާއި ބައްދަލުކުރައްވަނީ- ފައިލް ފޮޓޯ

މިސަރުކާރުގެ ސިޔާސަތަކީ ވީހާ ވެސް ބޮޑަށް މައުލޫމާތު ހާމަކުރުމުގެ ސިޔާސަތެވެ. ސަރުކާރުން ބާއްވާ ގިނަ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އިސްބޭފުޅުން ތަކުރާރުކޮށް ގެންދަވަނީ އެހެން ވިދާޅުވަމުންނެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވެސް ނޫސްވެރިން ކުރާ ގިނަ ސުވާލުތަކަށް ވިދާޅުވަނީ އެހެންނެވެ. ނަމަވެސް މައުލޫމާތު ހާމަކުރުމުގައި ސަރުކާރުން ވަނީ ވަރަށް ބޮޑަށް ފަހަތު ފަޔަށް ބުރަވެފަ އެވެ. ގިނަ ކަންކަމުގައި އޮޅުވާލުމަށް ސަރުކާރުން ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރާ ކަމަށް ވެސް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

މިމައްސަލަ ބޮޑުވެ، ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވަނިކޮށް، ރައީސް އޮފީހުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުނުކުރާ މައްސަލަ ރަސްމީކޮށް ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މިސަރުކާރުގައި ރައީސް އޮފީހަށް ހުށަހެޅި ގިނަ އާރުޓީއައި ތަކަށް ޖަވާބުދީފައެއް ނުވެއެވެ. އަދި އައިކޮމް އިން ބާއްވާ އަޑު އެހުންތަކަށް ވެސް ރައީސް އޮފީހުގެ އޮފިޝަލުން ހާޒިރެއްނުވެއެވެ.

އެހެންކަމުން ރައީސް އޮފީހުން އާރުޓީއައި ގާނޫނަށް އަމަލު ނުކުރާކަން މިވަނީ ހާމަވެފައެވެ. ގާނޫނަށް ވުރެ މަތިން ރައީސް އޮފީހުން ވެސް އަމަލުކުރަން ފެށުމުން އެމައްސަލަ ބަލައި ތަހުގީގު ކުރަންޖެހޭނުންތޯއެވެ. މިމައްސަލައާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވެފައިވަނީ ރައީސުލްޖުމްހުރިއްޔާގެ އޮފީހުން މި ގާނޫނަށް އަމަލުނުކުރެވެނީ ކީއްވެތޯ ބެލުމަށް އަދި އެކަމުގައި ޒިންމާވާންޖެހެނީ ކޮން ފަރާތެއްތޯ ބެލުމުގެ މަސައްކަތް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރިއަށް ގެންދާނެ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ރާއްޖެއެމްވީ އަށް ރައީސް އޮފީހުގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ސީދާ ޖަވާބެއް ނުދެއްވައި ވިދާޅުވެފައި ވަނީ މިނިވަން މުއައްސަސާތަކަށް ގާނޫނު އަސާސީއިން ލިބިފައިވާ ހުރިހާ އިހްތިޔާރެއް ބޭނުންކުރެވޭނެ ކަމަށެވެ. އެއީ ޑިމޮކްރަސީގެ ދަންނަ ހަމަ ކަމަށް ވެސް ވިދާޅުވިއެވެ. އައިކޮމްގެ އަޑުއެހުންތަކަށް ރައީސް އޮފީހުން ނުދަނީ ކީއްވެތޯ ކުރި ސުވާލާއި ގުޅިގެން ވިދާޅުވެފައިވަނީ މިސަރުކާރުގެ ސިޔާސަތަކީ ވީހާވެސް ބޮޑަށް މައުލޫމާތު ހާމަކުރުމުގެ ސިޔާސަތު ކަމަށެވެ. އަދި ނޫސްވެރިންނަށް ވެސް މުއައްސަސާތަކަށް ވެސް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މިސަރުކާރުގައި ފެނިގެންދަނީ އެބޭފުޅުން ބޭނުންވާ މައުލޫމާތުތަކާއި، ބޭނުންވާ ވަކިވަކި ކަންކަން ޕްރޮމޯޓް ކުރާ މަންޒަރެވެ. އާރުޓީއައި ހުށަނާޅައި، ނޫސްވެރިންނަށް ހުރިހާ ކަމެއްގެ ފުރިހަމަ މައުލޫމާތު ލިބޭނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް އަމަލުކުރައްވަނީ ދިމާ އިދިކޮޅަށެވެ. ރައްޔިތުންނާއި ގައުމުގެ މަސްލަހަތާއި ގުޅިފައިހުރި ބޮޑެތި މަޝްރޫއުތަކާއި ގުޅޭގޮތުން އާރްޓީއައި ހުށަހެޅި ނަމަވެސް މައުލޫމާތުތައް ނުދީ ހިފަހައްޓާ މައްސަލަ އިންތިހާއަށް ވަނީ ބޮޑުވެފައެވެ. އަދި ސަރުކާރު ޕްރޮމޯޓް ނުކުރާ ނޫސްތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، ފިއްތުންތައް ކުރިމަތިކުރުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ރައީސް އޮފީހަކީ ސަރުކާރުގެ އެންމެ އިސް އިދާރާއަށްވާއިރު، ނުވަތަ އެހެން މުއައްސަސާތަކަށް ނަމޫނާ ދައްކަން ޖެހޭ އޮފީހަކަށްވާއިރު، ފެންނަމުން މިދަނީ ވަރަށް ޒިންމާދާރުކުޑަ ގޮތެއްގައި އަމަލުކުރަމުންދާ މަންޒަރެވެ. އައިކޮމްގެ އަޑުއެހުންތަކަށް ހާޒިރުނުވާވުމަކީ އައިކޮމްގެ އަމުރުތަކަށް އިހުތިރާމް ނުކުރާކަމުގެ އެއް ހެކި ކަމަށް ބައެއް މީހުން ބުނެއެވެ. އަދި ރައީސް އޮފީހުން ގާނޫނަށް އަމަލުނުކޮށްގެން އިދާރާތަކުން މައްސަލަ ބަލާ ހިސާބަށް ދިއުމަކީ ހަގީގަތުގައި ވެސް ލަދުވެތިކަމެކެވެ.

ރައީސް އޮފީސްހީނާ ވަލީދު ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު