Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝިދު

ގައުމީ އުފެއްދުންތެރިކަން ފަސް ބިލިއަން ޑޮލަރަށް އިތުރުކުރީ އެމްޑީޕީން: ރައީސް ނަޝީދު

30 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކުރެވުނީ އެދުވަހު އެމްޑީޕީން ކުރި މަސައްކަތުން

އަމްނާ އިމާދު
އަމްނާ އިމާދު | 13 މާރިޗު 2019 | ބުދަ 03:55
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ގައުމީ އުފެއްދުންތެރިކަން ފަސް ބިލިއަން ޑޮލަރަށް އިތުރުކުރީ އެމްޑީޕީން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ތޮއްޑޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްވަމުން އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު ވެރިކަމަށް އައުމަށްފަހު އެންމެ ބޮޑަށް އެނގުނު އެއްޗަކީ ދައުލަތަށް ލިބޭ އަމްދަނީ އިންތިހާއަށް ކުޑަ ކަމަށާއި، މަސައްކަތްކުރީ ދައުލަތަށް ލިބޭ އަމްދާނީ އިތުރުކުރަން ކަމަށެވެ.

Advertisement - newsAdvertisement

ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު ފާސްކުރި ހަތް ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި، އެ ބަޖެޓުން ހިންގުމުގެ ހަރަދަށް ކެނޑުމަށް ފަހު މަޝްރޫއެއް ހިންގުމަށް ފައިސާ ނުހުންނަ ކަމަށެވެ. އެމަށް ހައްލެއް ގެނައުމަށް އޭރު ކުރެވުނު މަސައްކަތުގެ ނަތީޖާގެ ގޮތުން މިއަހަރު 30 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރެވިފައިވާ ކަމަށް އެ މަނިކުފާނު ފާހަގަ ކުރެއްވެވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއަކީ ވަސީލަތްތައްހުރި އަދި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ގައުމެއް ކަމަށާއި، ބޭނުންވަނީ ސަރުކާރަށް އެއްބާރުލުންދީގެން ގައުމު ހިންގާނެ ބައެއް ކަމަށެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރިއަށް އަލިއަޅުއްވާލައްވާ ނަޝީދު ވިދާޅުވީ އެ ވިޔަފާރި ހިންގުމަށް ހުއްދަ ދިނުން އެއީ އެމްޑީޕީގެ ވެރިކަމުގައި ކުރެވުނު އެންމެ މުހިންމު އެންމެ ކާމިޔާބު އެއް މަޝްރޫއު ކަމަށެވެ. އަދި ވިދާޅުވީ ވޯލްޑް ބޭންކުން ގައުމެއް ތަރައްގީ ކުރުމަށް މިސާލަކަށް ކ.މާފުށި ނަގަމުން އަންނަ ކަމަށާއި، މިއީ މުޅި ރާއްޖެއަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ގައުމީ އުފެއްދުންތެރިކަން މިއަދު ހުރީ ފަސް ބިލިއަން ޑޮލަރުގައި ކަމަށާއި، އެއީ 76 ބިލިއަން ރުފިޔާ ކަމަށެވެ. ބޮލަކަށް ޖެހޭ މިންވަރު 15،000 ޑޮލަރަށް އަރާފައިވާ ކަމަށާއި، ރާއްޖެއަކީ މެދު އާމްދަނީ ގައުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެޖެންޑާ19 ގެ އާމާޒަކީ މިދެންނެވި ހިސާބުތައް އަނބުރާ ދެގުނަކުރުން. ގައުމީ އުފެއްދުންތެރިކަމަކީ ދިހަ ބިލިއަން ޑޮލަރަށް ހެދުން. ބޮލަކަށް ޖެހޭ މިންވަރު ތިރީސް ހާސް ޑޮލަރަށް ހެދުން. އަޅުގަނޑުމެންނަކީ ތަނަވަސް ގައުމަކަށް ތަނަވަސް ދިރިއުޅުމެއް އުޅޭ ރައްޔިތަކު އުޅޭ ގައުމަކަށް މިދިވެހިރާއްޖެ ބަދަލުކުރުން،" ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު