Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

އަންނަ ހަފްތާގައި މަޖިލިސް ޖަލްސާއެއް ބާއްވާނެ ތާރީޚެއް އަދިވެސް ކަނޑަނޭޅޭ!

12 މާރިޗު 2019 | އަންގާރަ 08:26

މަޖިލީހުގެ ޖަލްސާތައް މި އަހަރަށް ފަށާފައި ވަނީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 12 މާރިޗު 2019 | އަންގާރަ 08:26
މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނީ

މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނީ

އަންނަ ހަފްތާގައި މަޖިލިސް ޖަލްސާއެއް ބާއްވާނެ ތާރީޚެއް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މަޝްވަރާކޮށްފައި ނުވާ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާތައް މިދިޔަ ހަފްތާގެ ތެރޭގައި ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެފައި ވަނީ މަޖިލީހުގެ ޖަލްސާތައް އޮންނާނެ ދުވަހަކާއި ވަގުތެއް ނިންމާނީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ. ޕާލަމެންޓްރީ ގްރޫޕް ލީޑަރުންނާއި މަޝްވަރާކުރެއްވުމަށް ފަހު ނިންމާފައި ވަނީ މި ހަފްތާގައި މަޖިލިސް ޖަލްސާއެއް ނުބޭއްވުމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރ އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ވިދާޅުވީ އަންނަ ހަފްތާގައި މަޖިލިސް ޖަލްސާ ބާއްވާނެ ތާރީޚެއް ކަނޑައަޅަން މަޖިލީހުގެ ރައީސް މަޝްވަރާ ކުރެއްވުމަށް އަދި އެދިވަޑައިގެންފައި ނުވާ ކަމަށެވެ.

ހަފްތާ ނިމެން އައިއިރު ވެސް ޖަލްސާ ބާއްވާނެ ތާރީޚެއް އަދި ކަނޑައެޅިފައި ނުވާއިރު، އަންނަ ހަފްތާގައި ވެސް މަޖިލިސް ޖަލްސާއެއް ބާއްވާނެކަމާ މެދު ސުވާލު އުފެދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ފަށާފައި ވަނީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާއެވެ. އޭގެ ފަހުން މިހާތަނަށް ބާއްވާފައި ވަނީ ހަތް ޖަލްސާއެވެ. މަޖިލިސް މި އަހަރަށް ހުޅުވި ފަހުން ބޭއްވި ޖަލްސާތަކުގައި ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާއި ވޯޓު ކަރުދާހުގައި ކުރަހައިފި ނަމަ ވޯޓު ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ވަނީ ފާސްކޮށްފައެވެ. ނަމަވެސް ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލާއި ގާނޫނީ ޚިދުމަތުގެ ބިލް ވަނީ އަލުން ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވާލާފަ އެވެ. އޭގެފަހުން މި ދެ ބިލްގެ މަސައްކަތް ކޮމިޓީން އަދި ކޮށްފައެއް ނުވެ އެވެ. މަޖިލިސް މި އަހަރަށް ހުޅުވި ފަހުން ބޭއްވި ޖަލްސާތަކުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހައުސިންގ މިނިސްޓަރު އާތިފާ ޝަކޫރު މަޖިލީހަށް ހާޒިރުކޮށް ސުވާލު ވެސް ކުރައްވާފައި ވެއެވެ. މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ އޭޕްރީލް މަހުގެ ނިޔަލަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީޚަކީ އެޕްރީލް 6 ވަނަ ދުވަހެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް