Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝިމާ ގެއްލުން

ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަން އުޅުނު ތިން މީހުންގެ ބަންދަށް 15 ދުވަސް!

އެ މީހުންގެ ތެރޭގައި ޝިމާ ގެއްލުނު ޑިންގީ ދުއްވި ފަޒީލް ވެސް ހިމެނޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 11 މާރިޗު 2019 | ހޯމަ 13:48
ޝިމާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަނީ

ޝިމާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަނީ

ގެއްލިގެން ހޯދަމުންދާ އައިމިނަތު ޝިމާ ނާފިޒުގެ އަންހެން ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ފިލަން އުޅެނިކޮށް، ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.

ބަންދުގެ މުއްދަތު ޖެހި މީހުންގެ ތެރޭގައި ޝިމާ ގޮވައިގެން ޑިންގީގައި ދަތުރުކުރި މީހާ، ލ. ގަމު އިބްރާހިމް ފަޒީލް ވެސް ހިމެނެއެވެ. ފަޒީލާއި ޝިމާ ދަތުކުރި ޑިންގީ ބަންޑުން ޖަހާލައިފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ލ. ކައްދޫ އިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އެ ހާދިސާގައި ފަޒީލް ސަލާމަތް ވީ ފަތާފައި، އެ ސަރަހައްދުގައި އޮންނަ ސިކްސް ސެންސް ރިސޯޓަށް އަރައިގެން ކަމަށް އޭނާ ބުނެއެވެ.

އުމުރުން 16 އަންހެން ކުއްޖާ ގޮވައިގެން ޑިންގީއެއްގައި އާދީއްތަ ދުވަހު ފިލަން އުޅެނިކޮށް، ބަޔަކު ހުއްޓުވީ ސިކްސް ސެންސް ރިސޯޓް ކައިރިންނެވެ. ފުލުހުން ބުނީ ހައްޔަރު ކުރީ 22 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ ތިން މީހުންގެ ތެރޭގައި ފަޒީލް ހިމެނެއެވެ.

އުމުރުން 19 އަހަރުގެ ޝިމާ ހޯދުމަށް ސިކްސް ސެންސަސް ރިސޯޓް ސަރަހައްދުގެ ފަސް މޭލު ހެލިކެޕްޓަރު ބޭނުންކޮށްގެން ސިފައިން ވަނީ ބަލާފަ ކަމަށެވެ. އަދި ކޯސްޓުގާޑާއި ޑައިވަރުން ބޭނުންކޮށްގެން ބެލިއިރު ވެސް، ޝިމާ ދަތުރުކުރި ޑިންގީ ވެސް ނުފެނެއެވެ.

ޝިމާ ގެއްލުނު ހާދިސާއާ ގުޅިގެން، ޑިންގީ ދުއްވި ފަޒީލް "ރާއްޖެއެމްވީ" އަށް ކުރިން ބުނެފައި ވަނީ ޑިންގީ ބަންޑުން ޖަހާލުމުން، އިންޖީނުގެ ޕެޓްރޯލް ޓޭންކް ހުސްކުރުމަށް ފަހު، ޝިމާއަށް ދިން ކަމަށެވެ. އަދި ދެ މީހުން ކަނޑުވެފައި ތިއްބާ، ސަލާމަތްވުމަށް ރިސޯޓަށް އޭނާ ފަތާފައި ދިޔަ ކަމަށާއި ފަތާފައި ދާން ފެށުމުން ޝިމާ އެހީއަށް އެދި ގޮވި ކަމަށާއި ލޮލުކޮޅަށް ގެއްލުނު އިރުވެސް ޝިމާ ގޮވަމުން ދިޔަ ކަމަށް ފަޒީލް ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށް މެމްބަރު އުމަރު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށް މެމްބަރު އުމަރު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

01 އެޕްރީލު 2017
މޫދަށް އެރިއުޅުނު ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި

މޫދަށް އެރިއުޅުނު ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި

30 މާރިޗު 2017
އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި

އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި

29 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

16 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

13 މާރިޗު 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު