Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ފުޓުބޯޅަ

އެފްއޭއެމްގެ މައްސަލަތައް ފީފާއަށް ހުށައަޅާނަން: އަލީ ވަހީދު

މެޑަމް ފާތުންގެ އޮފީހެއް އެފްއޭއެމްގައި ހުރި މައްސަލަ ފީފާއަށް

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 11 މާރިޗު 2019 | ހޯމަ 11:16
އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދު

އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދު

ރާއްޖޭގައި ހިނގައިދިޔަ އެންމެ ބޮޑު ވައްކަމުގެ ހާދިސާއާ ގުޅުން ހުރި ދަބަސްތަކެއް އެފްއޭއެމް އިން ނެރުނު މައްސަލަ އާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އޮފީހެއް އެފްއޭއެމްގައި ހިންގި މައްސަލަ އާއި މިނޫން ވެސް އެފްއޭއެމްގެ މައްސަލަތައް ފީފާއަށް ހުށައަޅާނެ ކަމަށް އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ޔޫތު މިނިސްޓްރީގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ދުނިޔޭގެ އެއްވެސް ޤައުމެއްގައި ކުޅިވަރު އެސޯސިއޭޝަނެއްގެ ތެރޭގައި ޕާޓީއެއްގެ ކެމްޕެއިން އޮފީހެއް ނުހުންނާނެ ކަމަށާއި އެއީ މަނާ ކަމެއް ކަމަށެވެ.

ކެމްޕެއިން އޮފީހެއް އެފްއޭއެމްގައި ހިންގިކަން އެ އެސޯސިއޭޝަނުން ދޮގުކޮށްފައެއް ނުވެއެވެ. މީގެ ކުރިން އެ އެސޯސިއޭޝަނުން ބުނެފައި ވަނީ ރިޔާސީ އިންތިޙާބާ ދިމާކޮށް އެފްއޭއެމްގައި ހިންގި މެޑަމް ފާތުންގެ އޮފީހަކީ ތާރޑް ޕާޓީ އެގްރިމެންޓެއްގެ ދަށުން ހިންގި ތަނެއް ކަމަށެވެ.

އެފްއޭއެމް އަށް ރައްދު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ފުޓުބޯޅަ އިދާރާގެ ތެރޭގައި ހިނގާ ކޮންމެ ކަމެއް އެފްއޭއެމް އަށް ބެލެން ޖެހޭނެ ކަމަށާއި، ތާރޑް ޕާޓީއެއްގެ ދަށުން ނަމަވެސް އެ އިދާރާ ތެރޭގައި ސިޔާސީ ހަރަކާތެއް ހިންގުމަށް ހުއްދަ ދެވިގެން ނުވާނެ ކަމަށެވެ.

"ތިންވަނަ ފަރާތެކޭ ކިޔާފަ އެތަނުގަ ހަމަ ބަޑި ގުދަނެއް ހަދަންވީތޯ؟ އެފްއޭއެމް އިން ދިން އެއްޗެކޭ ނުބުނެ އެތާނގަ ދެން ބަޑި ގުދަނެއް ވެސް ހަދަންވީ، އެތާނގާ މިސާލަކަށް ޑްރަގް ވިއްކާތަނެއް ވެސް ހަދަންވީތޯ؟ ތިން ވަނަ ފަރާތެކޭ ތިމަންނަމެންގެ ޒިންމާއެއް ނެތޭ. ނޫން. ފުޓުބޯޅަ އިދާރާގެ ދިދަ ޖަހާފަ، ފުޓުބޯޅައޭ ކިޔާފަ، ފީފާ އާއި އެފިލިއޭޓްވެފަ، ފީފާ ސްޓެޓިއުޓްސްގަ ނޯވެ. އަޅުގަނޑުމެނަށް ދައްކާ ކޮން މާއްދާއެއްގަތޯ އޮތީ ސިޔާސީ ޕާޓީ އޮފިސް ހެދެނީ،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ، ސަރުކާރު ބަދުނާމުކޮށް، އެފްއޭއެމް އިން ދޮގު މައުލޫމާތު ފެތުރުން އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. ކްލަބްތަކަށް ސަރުކާރުން ދެމުން އައި އެހީ ހުއްޓާ ނުލާނެ ކަމަށާއި، ކުރިއަށް ވުރެން ރަނގަޅަށް ކްލްބްތަކަށް ސަރުކާރުން ކަންކޮށްދޭނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ ވާހަކާގައި ވިދާޅުވީ، ދެކެވުނު ވާހަކައަކީ ކުރިން ދީފައިވާ ފައިސާ ހަރަދު ވެފައިވާ ގޮތް އެންމެ އެކަށީގެންވާ ގޮތެއްގައި ބެލިފައި ނެތް ވާހަކަ ކަމަށެވެ. އެއްވެސް އިރެއްގައި ކްލަބްތަކަށް ދެމުން އައި އެހީ ހުއްޓާލާނެ ކަމަށް ބުނެފައި ނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

09 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި
03 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި
12 މާރިޗު 2017

މަޖިލީހުގެ މައްސޫލިއްޔަތަކީ ދައުލަތް ޒިންމާދާރުކުރުވުން: އަލީ ހުސެއިން

12 މާރިޗު 2017
މަޖިލީހުގެ މައްސޫލިއްޔަތަކީ ދައުލަތް ޒިންމާދާރުކުރުވުން: އަލީ ހުސެއިން
11 މާރިޗު 2017

ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި

11 މާރިޗު 2017
ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު