Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް އަބްދުﷲ ޔާމީން

ޔާމީނަށް ނުބައި އެއްޗެއް ކާން ދިން ވާހަކައަކީ ދޮގެއް: އެންއައިސީ

8 މާރިޗު 2019 | ހުކުރު 19:36

ފަރިއްކޮޅު ކުރިއަށް ގެންދަވަނީ ރަނގަޅަށް ކަމަށް ޔާމީން ވިދާޅުވި: އެންއައިސީ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 8 މާރިޗު 2019 | ހުކުރު 19:36
ރައީސް ޔާމީން ވެރިކަމުގައި ސިފައިން އަތުރާލައްވައިގެން އާންމުންގެ ތެރޭގައި ޔާމީން--

ރައީސް ޔާމީން ވެރިކަމުގައި ސިފައިން އަތުރާލައްވައިގެން އާންމުންގެ ތެރޭގައި ޔާމީން--

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނުބައި އެއްޗެއް ކާން ދިން ކަމަށް ބުނެ، ފެތުރި ޚަބަރަކީ ދޮގެއް ކަމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އިން ބުނެފިއެވެ.

އެންއައިސީން ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ރައީސް ޔާމީންގެ އާއިލާއާ ހަވާލާދީ މީޑިއާގައި ފެތުރި ޚަބަރަކީ ދޮގެއް ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފައިވާ ކަމަށެވެ. އެ ޚަބަރަކީ އާންމުންގެ ކަންބޮޑުވުމެއް އޮތް، ޚަބަރެއް ކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށާއި އެކަމާ ގުޅިގެން މައުލޫމާތު ހޯދުމަށް ރައީސް ޔާމީނާ އެންއައިސީން ބައްދަލުކޮށްފައިވާ ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޔާމީން ބައްދަލުކޮށް ކަމާބެހޭ މަޢުލޫމާތު ހޯދިއިރު، އެފަދަ އެއްޗެއް ފަރިއްކުޅުއްވިގެން އެކަމުގެ ޝަކުވާއެއް ކޮށްފައި ނުވާނެ ކަމަށާއި އެފަދަ ކަމަކާ ގުޅިގެން ޑޮކްޓަރަށް ވެސް ދައްކަވާފައި ވެސް ނުވާނެ ކަމަށް ވިދާޅުވި ކަމަށް އެންއައިސީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. ރައީސް ޔާމީންގެ ފަރިއްކޮޅުގެ ކަންކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކުރިއަށް ގެންދަވަނީ ރަނގަޅަށް ކަމަށް އެމަނިކުފާނާ ހަވާލާދީ އެންއައިސީން ބުންޏެވެ.

"...އެމަނިކުފާނުގެ އާއިލާއިން ވެސް އެފަދަ ތުހުމަތެއްކުރިކަން އެގިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެ ކޮމިޝަނަށް މަޢުލޫމާތު ދެއްވާފައި ވާތީ އާއި، އެމަނިކުފާނުގެ ފަރިއްކޮޅުގެ ކަންކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރިއަށް ގެންދަވާ ގޮތް ރަނގަޅު ކަމަށް ވިދާޅުވެފައިވާ ކަމާއި، އެކަމާމެދު ޝަކުވާއެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާތީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ނުބައި އެއްޗެއް ކާންދީފައިވާ ކަމަށް އާއިލާއިން ތުހުމަތުކުރާކަމަށްބުނެ، 7 މާރިޗު 2019 ވަނަ ދުވަހު މީޑިއާގައި ޢާއްމުވެފައިވާ ޚަބަރަކީ ޙަޤީޤަތާ ޚިލާފު ޚަބަރެއްކަމުގައި މި ކޮމިޝަނުން ދެކެމެވެ،" ޖަލުގައި ބަންދުކޮށްފައިވާ މީހެއްގެ ހާލަތާ ގުޅޭ ގޮތުން އެންއައިސީން ނެރުނު ފުރަތަމަ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެންއައިސީން ބުނީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ބޭނުންވާނެ ޤާނޫނީ ރައްކާތެރިކަން ލިބިދިނުމާ އެކު، ޤާނުނު ތަންފީޛުކުރާ އިދާރާތަކުގެ މުވައްޒަފުންގެ ޚިދުމަތާ ބެހޭ ގޮތުން ޢާއްމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަޤީންކަން އިތުރުކުރުމަކީ އެންއައިސީގެ ޤާނޫނުގެ މަޤްޞަދެއް ކަމަށެވެ. ނަމަވެސް ކަރެކްޝަނަލް ސާރވިސްގެ ޚިދުމަތުގެ މައްޗަށް އިތުބާރު ކުޑަވާގޮތަށް، އެފަދަ ހަޤީޤަތެއް ނެތް ތުހުމަތުތައްކޮށް، ޚަބަރުތައް ޢާއްމު ކުރުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށް އެންއައިސީގެ ބަޔާނުގައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް