Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކެބިނެޓުގެ އަންހެން ވަޒީރުން

ކެބިނެޓުގެ ހީވާގި އަންހެން ވަޒީރުންގެ މެސެޖެއް އަންހެން ކަނބަލުންނަށް!

ރައީސް ސޯލިހުގެ ކެބިނެޓުގައި ހަތް އަންހެން ވަޒީރުން ތިއްބަވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 މާރިޗު 2019 | ހުކުރު 12:41
ކެބިނެޓުގެ އަންހެން ވަޒީރުން

ކެބިނެޓުގެ އަންހެން ވަޒީރުން

ރާއްޖޭގައިވެސް ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށް، އަންހެނުން ބާރުވެރި ކުރުމާއި، އެކި ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާއިރު، މި ދައުރަކީ ރާއްޖޭގެ ތާރީޚުގައިވެސް ވަޒީރުންގެ މަޖިލީހުގައި އެންމެ ގިނަ އަންހެނުން ތިބި ދައުރަށް ވުމަކީ، އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތަށް ދިލުނު އައު ދަންމަރެއްކަން ޔަޤީނެވެ.

އެކަމުގެ ސަބަބުން، ބޮޑެތި ވަމުން އަންނަ ޖީލަށް ލިބިގެން ދަނީ އުފާވެރި މެސެޖެކެވެ. ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިއުމަށް މަގު ފަހިވަމުންދާ ކަމުގެ މެސެޖެވެ. ކުރިއަށް ދިއުމުގައި ހުންނަ ހުރަސްތައް ނެތިގެންދާ ކަމުގެ އުފާވެރި އިހުސާސެވެ. އަންހެނުންނަށްވެސް ވާދަވެރި، ބާރުވެރި މުޖުތަމައުއެއް ބިނާވަމުންދާ ކަމުގެ އުއްމީދެވެ. އެ އުއްމީދަށް އިތުރު ހިތްވަރަކާއި، އިތުރު އަޒުމެއް އާކޮށްދިނުމަށް ކެބިނެޓުގައި މިއަދު ތިބި ހީވާގި، މަސައްކަތްތެރި އަދި ހިންގުންތެރި ވަޒީރުން މިވަނީ އަދުގެ ޒުވާން ޖީލަށް ވަރުގަދަ މެސެޖުތަކެއް ރައްދުކޮށްދެއްވާފައެވެ.

އަންހެނުންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދެއްވައި، އަންހެނުންގެ ޙައްޤުތައް ހޯދައި ދިނުމަށް މަސައްކަތްކުރާ މިނިސްޓްރީއެއް ކަމަށްވާ ޖެންޑަރ މިނިސްޓްރީގެ ހީވާގި މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވަނީ، އަންހެނުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތައް ހައްލުކުރުމަށް އަންހެން ކުދިން ކުރަމުންގެންދާ އެކިއެކި މަސައްކަތްތަކަށް ތައުރީފް ހައްގު ކަމަށެވެ.

"ސޯޝަލް މީޑިއާގެ ތަފާތު ކެމްޕެއިންތަކާ، މިފަދަ މަސައްކަތްތައް ކުރިއަށްގެންދާތީ އަޅުގަނޑު އެކަމާ ވަރަށް އުފާކުރަން، ޙަޤީޤަތުގައި ޅަ އަންހެން ކުދިން އިސްނަގައިގެން މިފަދަ މަސައްކަތްތަކުގައި ބައިވެރިވެ، އަމަލީ ގޮތުން އެކަން ދެއްކުމަކީ މުޖުތަމައަށް ވަރަށް މުހިއްމު ޚާއްސަ މެސެޖެއް ލިބިގެންދާ ކަމެއް" މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާ އަންހެން ކަނބަލުންތަކަކާއެކު

މިނިސްޓަރ ޝިދާތާވަނީ، ގޭތެރޭގެ މާހައުލުގައާއި، ވަޒީފާގެ މާހައުލުގައި އަދި އާންމު މުޖުތަމައުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ މީހުންގެ ސަމާލުކަމަށް ގެނައިސް އެކަންކަމަށް މީހުން ހޭލުންތެރި ކުރުވުމަށް އަންހެން ކުދިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ތައުރީފް ކުރައްވާފައެވެ.

މި ގޮންޖެހުންތަކާ ކުރިމަތިލައްވައި، ކާމިޔާބީ ހޯދުމުގައި އިސްކުރައްވަންޖެހޭ އެންމެ އިސް ކަމެއްގެ ގޮތުގައި ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން އިންޖިނިޔަރ އަދި، ކެންސަރާއި ހަނގުރާމަ ކުރައްވައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާ ފާހަގަކުރެއްވި ކަމަކީ، އަބުރުވެރި ދިރިއުޅުމެއް އުޅުމާއި، ދިމާވާ ކަންކަމުގައި ކެތްތެރި ވުމެވެ.

" އަޅުގަނޑު ޒުވާން އަންހެން ކުދިންނަށް ދަންނަވަން ބޭނުންވާ ވާހަކައަކީ، މުޖުތަމައުގައި ހުރި ހުރަސްތައް ގިރާކޮށް، އަބުރުވެެރިކަމާއެކު ޚިޔާރުކުރާ މަސައްކަތެއްގައި ކުރިއަށްދިއުމަށް، އުއްމީދު ކަނޑާނުލާ މަސައްކަތްކުރާށޭ، ހަމަ ގައިމުވެސް ކެތްތެރިންނާއެކީ ﷲ ވޮޑިގެންވާކަން އަޅުގަނޑުމެން އެންމެން ޤަބޫލުކުރަން، މަސައްކަތުގެ މާހައުލުގައި ވަރަށްގިނަ ދަތިތައް ކުރިމަތިވާނެ، ޚިޔާރުކުރާ ދާއިރާއަކުން ކުރިއަށް ދިއުމަށްވެސް އުނދަގޫތަކެއް ދިމާވެދާނެ، އެހެން ނަމަވެސް އުއްމީދު ކަނޑާނުލާ، އަބުރުވެރި ދިރިއުޅުމަކާއެކީ ކުރިއަށްދެވިއްޖެނަމަ ކޮންމެސް ދުވަހަކުން އެ ޚިޔާރުކުރާ އެންމެ މައްޗަށް ކުރިއަށް ދިއުމުގެ ފުރުސަތު އޮންނާނެ" މިނިސްޓަރ އާތިފާ ވިދާޅުވިއެވެ.

ހައުސިންގް މިނިސްޓަރ އާމިނަތު އާތިފާ ރާއްޖެއެމްވީއަށް ދެއްވި އިންޓަރވިއުގެ ތެރެއިން

ރާއްޖޭގެ ތައުލީމީ ހާލަތު ކުރިއަރުވައި، ތައުލީމީ ނިޒާމަށް ފަހި ދުވަސްތަކެއް ހޯދައިދެއްވުމަށް އަމާޒުހިއްޕަވައި މަޤާމާއި ހަވާލުވެވަޑައިގެންނެވި އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީވެސް ވަނީ އަދުގެ ޒުވާން އަންހެން ކުދިންނަށް ހިތްވަރުގެ މެސެޖެއް ދެއްވާފައެވެ.

"ކޮންމެ ކުއްޖަކަށްވެސް ކޮންމެ ކަމެއްވެސް ކުރެވިދާނެ، ވަކި އަންހެން ކުއްޖަކަށްވީތީ ނުކުރެވޭނެ ކަމެއް އޮންނާނޭ އެހެން ޤަބޫލުކުރުން އެއީ ރަނގަޅު ކަމެއް ނޫން، ތިމާއާ، ތިމާގެ އާއިލާއާ މުޖުތަމައަށް ފައިދާހުރި މީހަކަށް ވުމަށްޓަކައި ދީނުގައި އަންގަވާފައިވާ ގޮތަށް އުޅުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި، މުރާލިކަމާއި އަދި ރަނގަޅަށް އުނގެނުން އެއީ ވަރަށް މުހިއްމު ކަންކަން" މިނިސްޓަރ އާއިޝަތު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ރާއްޖެއެމްވީއަށް އިންޓަވިއު ދެއްވަނީ

ރާއްޖޭގ ދިފާއީ ވުޒާރާއާއި ހަވާލުވެވަޑައިގަތް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއަކީ ރާއްޖޭގެ ތާރީޚުގެވެސް ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރެވެ. ގިނަ އަންހެން ކުދިންތަކެއްގެ "އިންސްޕިރޭޝަން" އެކެވެ. މިނިސްޓަރ މާރިޔާ ވިދާޅުވަނީ ގޮންޖެހުންތައް ކުރިމަތި ވުމުން ބޭނުންވަނީ ކުޑަ ކެތްތެރިކަމެއް ކަމަށާއި، އެއްވެސް ވަރަކަށް ފަހަތައް ޖެހިވަޑައިިނުގަތުުމަށެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

" ކެތްތެރިވެގެން ކުރިއަށްދެވޭނީ، ކޮންމެ ފަހަރަކުވެސް ހަނދުމަފުޅު ބަހައްޓަވަން ޖެހޭނެ މީހަކު އުނދަގޫކުރަން ފެށީމަ އޭނަގެ ބޭނުމަކަށްވާނީ އެތަނުން އެމީހާ ބޭރުކޮށްލުންކަން، ހަމަ އިންނަން ޖެހޭނީ، އޭނާއަށް ފެނުނަސް އުނދަގޫވާނެ، މަސައްކަތްވެސް ހަވާލުނުކޮށްފާނެ، މޭޒުމަތީގައި ފައިލެއްވެސް ނުބާއްވަފާނެ، އެކަމަކު ހަމަ އެތާ އިނިއްޔާ އުނދަގޫވާނެކަން އެނގިގެން ކެތްކޮށްލަންޖެހޭނީ، ފުދޭވަރަކަށް ގޮންޖެހުންތައް ހުންނާނެ" އޮފީސް މާހައުލުގައި ދިމާވާ ގޮންޖެހުންތަކަށް ކުރިމަތިލުމަށް ހިތްވަރު ދެއްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

އަންހެނުންނަށް ހިތްވަރުދެއްވައި އަންހެނުންނާއެކު ކުރިއަށް ދިއުމުގައި އަބަދުވެސް ސާބިތުވެ ހުންނަވާ ބޭކަނބަލެއް ކަމަށްވާ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނު ވެސް ވަނީ މާފުށީގައި ހުންނަވައި އަންހެން ދަރިންނަށް ހިތްވަރުގެ މެސެޖެއް ދެއްވަވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، ހުރިހާ ރޮނގަކުންވެސް އަންހެނުންނަށް ކުރިއަށްދެވޭނެ ކަމަށާއި، ކުރިއަށް ދިއުމުގައި އެކުއްޖެއްގެ ހުނަރާއި، ޤާބިލުކަން ހުރި ދާއިރާއެއް އިސްކޮށް، ޖެހިލުންވުމެއް ނެތި ކުރިއަށް ގޮސްފިނަމަ ކާމިޔާބުވާނެ ކަމަށެވެ.

ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން

މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެންނެވުމުން އިނދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ފާޑުވިދާޅުވުމެއް އަމާޒުވި އެއް މިނިސްޓަރަކީ ޓްރާންސްޕޯރޓް މިނިސްޓަރ އާއިޝަތު ނަހުލާއެވެ. ނަމަވެސް ނަހުލާ މިއަދުވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފާހަގަކޮށްލެވޭ އަގުހުރި މަސައްކަތްތަކެއް ކުރައްވައި، ރައްޔިތުންގެ ލޯބި ހޯއްދަވާފައެވެ. އިނދިކޮޅު ފަރާތްތަކުގެ ތައުރީފް ހޯއްދަވާފައެވެ. ރަސްމީ ދަތުރުފުޅެއްގައި ތައިލެންޑުގައި ހުންނެވުމުގެ ސަބަބުން މެސެޖެއް ފޯރުކޮށްނުދެވުނު ނަމަވެސް މިނިސްޓަރ ނަހުލާއަކީވެސް އަންހެން ކުދިންނަށް ނަމޫނާ ވަޒީރެކެވެ.

ޓްރާންސްޕޯރޓް މިނިސްޓަރ އާއިޝަތު ނަހުލާ

ދެންވެސް ހުންނެވީ ލާމަސީލު، ހިންގުންތެރި ވަޒީރެކެވެ. ކެބިނެޓުގެ ފިޝަރީޒް މިނިސްޓަރުގެ މަޤާމުގައި މިއަދު ހުންނެވި ޒަހާ ވަހީދަކީ އެ ރޮނގުން ތައުލީމު ހާސިލުކުރައްވައި، އަމަލީ ތަޖުރިބާވެސް ލިބިވަޑައިގެންފައިވާ ވަޒީރެކެވެ. 35 އަހަރުވަންދެން މަސްވެރިކަމުގެ ދާއިރާގައި އެކިއެކި މަސައްކަތްތައް ކުރައްވާ އުޅުއްވީ މަސްބާނަން ދޯނީގައި ދަތުރުތައްވެސް ކުރައްވާފައެވެ. ފިރިހެނުންނަށް ދޫކުރުމެއް ނެތިއެވެ. މިނިސްޓަރ ހުރިހާ އަންހެން ކުދިންނަށްވެސް ގޮވާލެއްވީ ޖެހިލުންވުމެއްނެތި ކުރިއަށްދިއުމަށެވެ.

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

" އަޅުގަނޑު ދަންނަވާނީ ކޮންމެ ކަމެއްގައިވެސް ކުރިމަތިލައްވަން ހަމަ އަންހެން ކުދިން ފަސްނުޖެހޭށޭ، އަންހެން ކުދިންނަކީވެސް ހަމަ ފިރިހެން ކުދިންނެކޭ އެއްފަދައިން ހަމަ ހުނަރުވެރި ޤާބިލު ކުދިންތަކަކަށްވާނޭ، އަންހެން ކުދިންނަށް އަންހެން ކުއްޖެކޭ ކިޔާފައި ފުރުސަތު ނުދެއްވިގެން ނުވާނެ ، އަންހެން ކުއްޖަކަސް ހަމަހަމަ ފުރުސަތުތައް ލިބެން ޖެހޭނެ، ތައުލީމީ ގޮތުންނާއި، ހުރިހާ ނަޒަރަކުން ބެލިކަމުގައިވިޔަސް އަންހެން ކުއްޖަކަށް އެ ކުރިއެރުން ލިބިފައިވާ ކަމަށްވާނަމަ، އެ ކުއްޖަކަށްވެސް ފުރުސަތުތައް ފަހިވާނެ" މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ ކެބިނެޓުގައި ހަތް އަންހެން ވަޒީރުން ތިއްބަވާއިރު، މި ހުރިހާ އަންހެން ވަޒީރުންވެސް ސާބިތުކޮށްދެއްވަމުން ގެންދަވަނީ އަންހެނުންނަކީވެސް ޤާބިލު، ކޮންމެ ކަމެއްގައިވެސް ކުރިއަށްދެވޭނެ ބައެއް ކަމެވެ. އަންހެނަކަށްވީތީ ނުކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމެވެ. އަންހެނުން ބާރުވެރި ކުރުވުމުގައި ޤައުމު ރަނގަޅު މިސްރާބަކަށް ދަތުރުކުރަމުންދާ ކަމެވެ. ޖެހިލުންވުމެއްނެތި، ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ "ފިސާރި ކަނބަލުން" ތަކަކަށް ވެވިދާނެކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަންދޫ އަންހެންވެރިން ފައިސަލްއަށް ތައްޔާރުކުރި މަލާފަތް!

ވަންދޫ އަންހެންވެރިން ފައިސަލްއަށް ތައްޔާރުކުރި މަލާފަތް!

10 ސެޕްޓެމްބަރު 2018
ގދ. ވާދޫ އަންހެން ކަނބަލުންގެ ފަރާތުން އިބޫ އަށް ވަރުގަދަ \'ބޮނޑިއެއް\' ދީފި

ގދ. ވާދޫ އަންހެން ކަނބަލުންގެ ފަރާތުން އިބޫ އަށް ވަރުގަދަ \'ބޮނޑިއެއް\' ދީފި

01 ސެޕްޓެމްބަރު 2018
ހިތްވަރު ލިބެންވީ ސިޔާސީ ބޭފުޅުންގެ އަނބިކަނަބަލުންގެ ފަރާތުން، ސަރުކާރަށް ވަރުގަދަ މެސެޖެއް

ހިތްވަރު ލިބެންވީ ސިޔާސީ ބޭފުޅުންގެ އަނބިކަނަބަލުންގެ ފަރާތުން، ސަރުކާރަށް ވަރުގަދަ މެސެޖެއް

06 މާރިޗު 2018
ފިސާރި ކަނބަލުންގެ ސާބަސް ޤާނޫނުއަސާސީގެ ދިފާޢުގައި ނުކުތް އަންހެން ވަކީލުންނަށް!

ފިސާރި ކަނބަލުންގެ ސާބަސް ޤާނޫނުއަސާސީގެ ދިފާޢުގައި ނުކުތް އަންހެން ވަކީލުންނަށް!

24 ފެބުރުއަރީ 2018
ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

26 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު