Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް އިސްލާމިކް ބޭންކް

250،000 ރުފިޔާ އާ ހަމައަށް މުދާ ނެގޭގޮތަށް، އިސްލާމިކް ބޭންކްގެ އުޖާލާ ދިރިއުޅުން ތައާރަފްކޮށްފި

7 މާރިޗު 2019 | ބުރާސްފަތި 19:03

މުދާތަކަށް ފައިސާ ދައްކައި ނިންމަން ޖެހެނީ ތިން އަހަރު ދުވަހުގެ ތެރޭގައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 7 މާރިޗު 2019 | ބުރާސްފަތި 19:03
އިސްލާމިކް ބޭންކުގެ ބްރާންޗެއްގައި ހިދުމަތްދެނީ

އިސްލާމިކް ބޭންކުގެ ބްރާންޗެއްގައި ހިދުމަތްދެނީ

އުޖާލާ ދިރިއުޅުންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުން (އެމްއައިބީ) އިން ކްރެޑިޓް ފެސިލިޓީއެއް ތައާރަފްކޮށްފިއެވެ.

ބުރާސްފަތި ދުވަހު ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކްރެޑިޓް ފެސިލިޓީ ތައާރަފްކޮށްދެއްވީ އެމްއައިބީގެ ޗީޕް އެކްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑައިރެކްޓަރު އަބްދުލް އެހްތަޝާމް އަބްދުލް މުހައިމަން އާއި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހެވެ.

އިސްލާމިކް ބޭންކުން ތައާރަފުކުރި، ކްރެޑިޓް ފެސިލިޓީ، އުޖާލާ ދިރިއުޅުމުގެ ދަށުން އުމުރުން 20 އަހަރާއި 60 އަހަރާއި ދެމެދުގެ ދިވެހިންނަށް ކްރެޑިޓް ފެސިލިޓީގައި ބައިވެރިވެވޭނެއެވެ. އަދި 25،000ރ. އާއި 250،000ރ. ގެ މުދާ ގަނެވޭނެ ކަމަށާއި، އެ މީހަކަށް މުދާ ނެގޭ މިންވަރު ކަނޑައަޅާފައި ވަނީ ލިބޭ މުސާރަ އަކަށް ބިނާކޮށް ކަމަށް އެ ބެންކުން ބުންޏެވެ.

އުޖާލާ ދިރިއުޅުން މެދުވެރިކޮށް ނަގާ މުދާތަކަށް ފައިސާ ދައްކައި ނިންމަން ޖެހެނީ ތިން އަހަރު ދުވަހުގެ ތެރޭގައެވެ. އަދި ކިތަންމެ ގިނަ މުދަލެއް ގަތް ނަމަވެސް ރަހުނެއް ބަހައްޓާކަށް ނުޖެހެއެވެ.

މި ކްރެޑިޓް ފެސިލިޓީ ސްކީމުގެ ދަށުން އިލެކްޓްރޯނިކްސް އާއި ފަރުނީޗަރު ހިފާގެންގުޅޭތަކެތި އަދި އައުޓްބޯޑު އިންޖީނާއި ސޯލާ ޕެނަލް ފަދަ މުދާ ގަނެވޭނެއެވެ. މި ފެސިލިޓީއަށް ރަޖިސްޓްރީވުމަށްފަހު އަހަރުގެ އެކި ދުވަސްތަކުގައިވެސް މުދާ ނެގޭއިރު، ރަޖިސްޓްރީވުމަށްފަހު ހުށަހަޅާ ދުވަހު މުދާ ލިިބޭނެކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ.

މުދާތައް ވިއްކާނީ އެމްއައިބީން ގަބޫލްކުރާ ފިހާރައަކުން ކޯޓޭޝަނެއް ގެންދިއުމުންނެވެ. އެފަދަ ތަނަކުން މުދާ ވިއްކާނީ އެމްއައިބީ އަށް މުދާ ގަންނަން ލިބޭ އަގުގެ ތެރެއަށް ފައިދާއެއް ލުމަށް ފަހުއެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
06 ފެބުރުއަރީ 2017

އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

06 ފެބުރުއަރީ 2017
 އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް