Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ކައުންސިލްތަކާ ބައްދަލުކުރެއްވުން

މާފުށީ ކައުންސިލާއި އެރަށު މުޢައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި

7 މާރިޗު 2019 | ބުރާސްފަތި 12:41

ރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސްއާ ހިއްސާ ކުރެއްވި

އަމަން ހަލީމް
އަމަން ހަލީމް | 7 މާރިޗު 2019 | ބުރާސްފަތި 12:41
މާފުށީ ކައުންސިލާއި އިދާރާތަކުގެ އިސްވެރިންނާ އެކު ރައީސް ބޭއްވެވިި ބައްދަލުވުމުގެ ތެރެއިން

މާފުށީ ކައުންސިލާއި އިދާރާތަކުގެ އިސްވެރިންނާ އެކު ރައީސް ބޭއްވެވިި ބައްދަލުވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ކ. މާފުށްޓަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާފުށީ ކައުންސިލްގެ މެންބަރުންނާ އެރަށުގެ ސަރުކާރު މުޢައްސަސާތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު މާފުށީގައި ބޭއްވި ބައްދަލުކުރެއްވުމުގައި، މާފުށީގެ މިހާރުގެ ހާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސްއާ ވަނީ ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި އިޖުތިމާއީ މައްސަލަތައް ކައުންސިލް މެންބަރުން، ރައީސްއާ ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

Advertisement - newsAdvertisement

އެގޮތުން، މާފުށީގެ ބިމުގެ ދަތިކަމާއި، ގެދޮރުގެ ދަތިކަމާއި، ބަނދަރުގެ ޖާގައިގެ ދަތިކަމުގެ އިތުރުން ކުނި މެނޭޖްކުރެވެން ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތައް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. ކައުންސިލުގެ މެންބަރުން އިތުރަށް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، މަގުތައް އަޑިގުޑަން ވުމުން ދިމާވާ ދަތިތަކާއި، ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުވެފައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން ކައުންސިލް އިދާރާގެ މުވައްޒަފުން މަދުވުމުން ދިމާވާ މައްސަލަތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި މުޢައްސަސާތަކުގެ އިސް ވެރިން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުންގެ ދަތިކަން ފާހަގަ ކުރެއްވިއެވެ. އަދި ސްކޫލްގެ ޖާގައިގެ ދަތިކަމާއި، އެމްޑަބްލިޔުއެސްސީގެ ހިދުމަތް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޖާގަ ނެތުމާއި، ސްޓެލްކޯގެ ތެލުގެ ސްޓޯރޭޖް ބޮޑުކުރުމަށް ބޭނުންވާ ޖާގަނެތުމާއި، ރަށުގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމުގެ މުހިންމުކަމާއި، މާފުށީ ޖަލުގެ ޖާގައިގެ ދަތިކަމާއި މުވައްޒަފުން މަދުވުމުން ދިމާވާ މައްސަލަތައް ފާހަގަ ކުރައްވާފައި ވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި މާފުށީ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ އެކު މަޝްވަރާކުރައްވައިގެން އެކަން ކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެރުވިއެވެ. އަދި މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.‏‏‏‏ މިގޮތުން މާފުށީގެ ބިން ބޮޑުކުރުމަށް މިއަހަރުގެ ތެރޭގައި މަސައްކަތް ފަށްޓަވާނެކަމުގައި ރައީސް ހާމަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް އަރިހު، ރައީސް އޮފީހުގެ އިސްވެރިން ވެސް ބައިވެރިވަޑައިގެންނެވިއެވެ.

ރައީސް ސޯލިހު މާފުށްޓަށް ވަޑައިގެން އުޅުއްވަނީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ. އަދި މިއީ ކޮންމެ ދުވަހަކު ވެސް ކައުންސިލްތަކާ ބައްދަލުކޮށް، ރަށްރަށުގެ ހުރި މައްސަލަތައް އޮޅުން ފިލުއްވުމަށް ރައީސް ސޯލިހު ބާއްވަވާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލު ކުރެއްވުމެއް ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

05 ޖޫން 2017

މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނާއި މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި

05 ޖޫން 2017
 މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނާއި މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި
04 ޖޫން 2017

މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

04 ޖޫން 2017
މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
24 މެއި 2017

ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓްގެ ހަވާސާގައި ގައުމުތަކުން އިސްވެރިންނާ ރައީސް ޔާމީން ބައްދަލު ކުރައްވައިފި

24 މެއި 2017
ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓްގެ ހަވާސާގައި ގައުމުތަކުން އިސްވެރިންނާ ރައީސް ޔާމީން ބައްދަލު ކުރައްވައިފި
13 މެއި 2017

ފެނަކައަށް ކަރަންޓްގެ ޙިދުމަތް ނުދެވޭނަމަ، ކައުންސިލާއި އިންޖީނުގެތަށް ހަވާލުކުރޭ: ގަމު ކައުންސިލް

13 މެއި 2017
ފެނަކައަށް ކަރަންޓްގެ ޙިދުމަތް ނުދެވޭނަމަ، ކައުންސިލާއި އިންޖީނުގެތަށް ހަވާލުކުރޭ: ގަމު ކައުންސިލް
22 އެޕްރީލު 2017

މާފުށީގައި ހުރި އެމްޑީޕީގެ ބޮޑުދިދަ ފުލުހުން ގެންގޮސްފި

22 އެޕްރީލު 2017
މާފުށީގައި ހުރި އެމްޑީޕީގެ ބޮޑުދިދަ ފުލުހުން ގެންގޮސްފި
22 އެޕްރީލު 2017

އެމްޑީޕީގެ ބިޔަ ބޮޑު ޖަލްސާ މިރޭ މާފުށީގައި

22 އެޕްރީލު 2017
އެމްޑީޕީގެ ބިޔަ ބޮޑު ޖަލްސާ މިރޭ މާފުށީގައި
20 އެޕްރީލު 2017

މާފުށީ ކައުންސިލްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

20 އެޕްރީލު 2017
މާފުށީ ކައުންސިލްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި
18 އެޕްރީލު 2017

މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި

18 އެޕްރީލު 2017
މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި
30 މާރިޗު 2017

ނާޒިމް ގެންދިޔައީ މާފުށީ ޖަލަށް، އައްސޭރި ޖަލުގެ މަރާމާތު އަދިވެސް ނުނިމޭ!

30 މާރިޗު 2017
ނާޒިމް ގެންދިޔައީ މާފުށީ ޖަލަށް، އައްސޭރި ޖަލުގެ މަރާމާތު އަދިވެސް ނުނިމޭ!
12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް