Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ދިދަ

މާފުށީގައި ހުރި އެމްޑީޕީގެ ބޮޑުދިދަ ފުލުހުން ގެންގޮސްފި

22 އެޕްރީލު 2017 | ހޮނިހިރު 23:46

ދިދަ ގެންދިޔައީ ކޯޓު އަމުރެއްގެ ދަށުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 22 އެޕްރީލު 2017 | ހޮނިހިރު 23:46
މާފުށީގައި ހުރި ދިދަ ގެންދިއުމުގައި ފުލުހުން ހަރަކާތްތެރިވަނީ

މާފުށީގައި ހުރި ދިދަ ގެންދިއުމުގައި ފުލުހުން ހަރަކާތްތެރިވަނީ

ކ. މާފުށީގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓިން ނަގާފައި ހުރި އެ ޕާޓީގެ ބޮޑު ދިދަ ފުލުހުން ގެންގޮސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްޑީޕީން ހޮނިހިރު ދުވަހުގެރޭ މާފުށީގައި ބޭއްވި ޖަލްސާއަށް ތައްޔާރުވަމުން ދަނިކޮށް، މި ދިދަ ކަނޑާލައިގެން ތިރިކޮށް، ފުލުހުން ދިދަ ގެންގޮސްފައިވަނީ، އެ ދިދަ ނަގާފައި ހުރި ދަނޑި މާ ދިގު ކަމަށް ބުނެއެވެ.

Advertisement - newsAdvertisement

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާފުށީގައި ހުރި އެމްޑީޕީގެ ދިދަ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ، ހޯމް މިނިސްޓްރީއިން އާންމުކޮށްފައިވާ "ދިވެހި ޤައުމީ ދިދަ ބޭނުންކުރުމާ ގުޅޭ އުސޫލު" އާއި ޚިލާފަށް އެ ދިދަ ނަގާފައި ހުރުމުން، އެކަން އިސްލާހު ކުރުމަށް ތަކުރާރުކޮށް އެންގުމުންވެސް އިސްލާހު ނުކުރުމުން، ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ހޮނިހިރު ދުވަހުގެރޭ މާފުށީގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާ ގައި، ފުލުހުން މި ދިދަ ގެންދިޔަ ގެންދިއުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ހަމައެކަނި އެމްޑީޕީގެ ދިދަ ފުލުހުން ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށާ، އެ ރަށުގައި އެއަށްވުރެ ބޮޑު ދިދަދެއް ޕީޕީއެމް އިންވެސް ނަގާފައިވާކަމަށެވެ. އެހެންކަމުން ފުލުހުން ޤާނޫނާއި ޤަވާއިދާއި އުސޫލު ތަންފީޒު ކުރަނީ އިންސާފުން ނޫންކަމަށް ތުޙުމަތުމަތުކުރައްވާ ރޮޒައިނާ ވަނީ ފުލުހުންނަށް ފާޑުވިދާޅުވެފައެވެ.

"ދިވެހި ޤައުމީ ދީދަ ބޭނުންކުރުމާ ގުޅޭ އުސޫލު" އާއި ޚިލާފުވުމުން މާފުށީގައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ފުލުހުން ގެންދިޔައިރު، ހަމަ އެ އުސޫލުގެ ދަށުން ކަމަށް ބުނެ ފުލުހުން މީގެ ކުރިން ވަނީ ވެރިކަންކުރާ ޕީޕީއެމްގެ އިންތިޚާބީ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ އޮފީހުގައި ހުރި ޤައުމީ ދިދަވެސް ގެންގޮސްފައެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް