Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޖެންޑާ 19

އެޖެންޑާ 19ގައިވާ ހުރިހާކަމަކީ ރައްޔިތުން ފާހަގަކޮށްދީފައިވާ ކަންކަން: ރައީސް ނަޝީދު

6 މާރިޗު 2019 | ބުދަ 23:23

މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ސަރުކާރު ހުއްޓުމަކަށް ގެންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 6 މާރިޗު 2019 | ބުދަ 23:23
ނަޝީދު  އެޖެންޑާ 19ގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ނަޝީދު އެޖެންޑާ 19ގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

އެޖެންޑާ19 ގައިވާ އެންމެހައިކަންކަމަކީ ރާއްޖޭގެ ރައްޔިތުން ފާހަގަކޮށްދީފައިވާ ކަންކަން ކަމަށާއި، މިކަންކަން ތަންފީޒު ކުރުމަށް ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީ ނަގަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އަމީނިއްޔާ ސްކޫލްގައި ބޭއްވި އެޖެންޑާ 19ގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އޭޕްރީލް ހަވަނަ ދުވަހު ބާއްވާ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރުމުގެ މުހިންމުކަން ރައްޔިތުންގެ އޮޅިގެން ނޫޅޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ގެއްލުމުން، ސަރުކާރު ހުއްޓުމަކަށް ގެނެސް ސަރުކާރު ހިންގުން ދަތިކުރުން އެއީ ރާއްޖޭގެ ރައްޔިތުންނަށް މިފަހުން ދިމާވެފައިވާ އެންމެ ބޮޑު ތަކުލީފު ކަމަށެވެ.

ރައްޔިތުންގެ އެދޭ ތަރައްގީއާ ކުރިއެރުން ގައުމަށް ގެނެއުމަށް ބޭނުންވާ ވަސީލަތަކީ މަޖިލިސްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ރައީސްގެ ވައުދުތައް ފުއްދޭނީ ވެސް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.

"މިދަނީ އެޖެންޑާ 19ގައިވާ އެންމެހައި މައުލޫމާތުތައް ރައްޔިތުނަށް އޮޅުންފިލުވާދެމުން. އެމައުލޫމާތަކީ އޮޅުންފިލުވާ ދިނީމަ ރައްޔިތުންނަށް އެގޭނެ އެޖެންޑާ19 ފުރިހަމަކަން. އެއީކަން ރައްޔިތުން ބޭނުންވާ ކަންކަމަކީ. ރައްޔިތުން ގަބޫލުކުރާނެ." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެޖެންޑާ 19ގައިވާ އެންމެހައި ކަންކަމަކީ ރައްޔިތުން ފާހަގަކޮށްދީފައިވާ ކަންކަން ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ވައުދުތައް ފުއްދުމަށް ބޭނުންވާނެ ގާނޫނީ އޮނިގަނޑުތައް އެވަނީ އެޖެންޑާ19 ގައި އެކުލާވާލާފައިވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ބޯހިޔާވަހިކަން، ވަޒީފާގެ ފުރުސަތު، ވިޔަފާރި ރަނގަޅުވުން ބާނާ މަހަށް ހަމަ އަގުލިބުން ދަނޑުވެރިކަން ކުރިއެރުވުން. އަޅުގަނޑުމެން އަބަދުމެ ގޮވަމުންދިޔަ އިންސާފު ގާއިމްކުރުން، އެކުގަ އިގްތިސާދި، އިޖްތިމާއީ ގިނަ ކަންކަން ފޯރުކޮށްދިނުމަށް އެޖެންޑާ19 އެކުލަވާލާފައިވަނީ." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެންމެހައި ރައްޔިތުން އެކުގައި މަސައްކަތް ކޮށްގެން މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް