Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުހީ

އަމިއްލަ މަސްލަހަތު އޮންނަ ކަމެއްނަމަ އެކަހެރިވާން ޖެހޭނެ: ރިޔާޒް

ރިޔާޒް ވިދާޅުވީ އެމެމްބަރުން ކޮމިޓީން އެކަހެރިވާން ޖެހޭކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 މާރިޗު 2019 | ބުދަ 19:38
ޖޮއިންޓް ޕާލެމެންޓަރީ ގްރޫޕްގެ ލީޑަރ އަބްދުﷲ ރިޔާޒް

ޖޮއިންޓް ޕާލެމެންޓަރީ ގްރޫޕްގެ ލީޑަރ އަބްދުﷲ ރިޔާޒް

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ސުވާލު ކުރުމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)ގެ މެންބަރުން މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރިއިރު އެ ކޮމެޓީގައި އެމްއެމްޕީއާރުސީގެ ރިޕޯޓުގެ މަސްލަހަތު ހިމެނޭ މެމްބަރުން ބައިވެރިވެ ވަޑައިގެންފައިވާތީ އެކަމަށް ޖޮއިންޓް ޕާލެމެންޓަރީ ގްރޫޕްގެ ލީޑަރ އަބްދުﷲ ރިޔާޒް ފާޑުވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ރާއްޖެޓީވީން ގެނެސްދިން "ފަލަސުރުހީ" ޕްރޮގްރާމްގައިި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ، ސިޔާސީ ޕާޓީތަކުންވެސް އަމަލު ކުރަނީ ޤާނޫނު އަސާސީއާ އެއްގޮތަށް ކަމަށާއި، އެބޭފުޅަކު އަމިއްލަ މަސްލަހަތު އޮންނަ ކަމެއްގައި އެފަދަ ގޮތަކަށް ވަކާލާތު ކުރައްވައި އެކަމަށް ވޯޓުދީ ހެދުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ޤާނޫނު އަސާސީގަ ވަރަށް ސާފުކޮށް އޮވޭ އެމީހެއްގެ މަސްލަހަތުު އޭގެ ތެރޭގައި ހިމެނޭ ކަމެއްވެއްޖެއްޔާ މަޖިލީހުގެ މެމްބަރުންގެ ވާޖިބެއް އެމީހުން އެއަށް އަމަލުކުރަންޖެހޭ އެއް އުސޫލުއެއީ، އެމީހެއްގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަންތައްތަކުގައި ވޯޓުވެސް ނުލެވޭ. އެހެން ވީމާ އެބޭފުޅުން ޖެހޭނެ އެކަހެރިވާން. އެފަދަ ތުހުމަތު ކުރެވޭ، ހަމައެކަނި ޖޭޕީއެއްނޫން، އެމްޑީޕީގެ ހަމަ ހިމެނިވަޑައިގަންނަވާ ބޭފުޅުންވެސް އެބަ ތިއްބެވި، އޭގަ ތުހުމަތު ކުރެވޭ އެބޭފުޅުންގެ އާއިލާގެ މީސްމީހުންގެ ނަންތައް އައިއްސަ ހުރި ބޭފުޅުން އެބަތިއްބެވި، ރިޕޯރޓުގައި ފާހަގަކޮށްފަ އެބަހުރި ދެއްތޯ ކުންފުނިތަކުގެ ނަމުންނާ، މިހުރިހާ ތަފްސީލުތަކުން އެބަހުރި އެނގެން، އެހެންވީމާ ޖުމްހޫރީ ޕާޓީވެސް އަދި ޕީޕީއެމްވެސް އެމްޑީޕީވެސް އެބައޮތް އެނގޭތޯ ނަންތައް އައިސްފަ." ރިޔާޒް ވިދާޅުވިއެވެ.

ބުދަ ދުވަހު އޮތް މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްއާއި، ތިމަރުފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ބައިވެރިވެވަޑައިގެންފައިވާއިރު، ރިޔާޒް ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބާމެދު ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި އިރު އެކޯޕަރޭޝަނަށް ލިބުނު ފައިސާގެ ތެރެއިން ބޮޑު ބައެއް ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށެވެ. އެސްއޯއެފްގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ނަމުގައި ދޫކޮށްފައިވާ ޗެކްތައް އެންޑޯޒްކޮށްގެން ވަނީ ޖަމާކޮށްފައެވެ. އެސްއޯއެފްގެ އެކައުންޓަށް 59.5 މިލިއަން ޑޮލަރު (916.64 މިލިއަން ރުފިޔާ) ވަނީ ޖަމާކޮށްފައެވެ. މީގެ އިތުރަށް އެހެނިހެން އެކައުންޓްތަކަށް 5.55 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީގެ އެކައުންޓުން (85.581 މިލިއަން ރުފިޔާ) ވަނީ ޖަމާކޮށްފައެވެ.

މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އިދިކޮޅު ޕީޕީއެމްގެ ފަސް މެމްބަރުންނާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ތިން މެމްބަރުންނާއި، ޖޭޕީގެ ހަތަރު މެމްބަރުންގެ އިތުރުން އެމްޑީއޭގެ މެމްބަރެކެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
22 ފެބުރުއަރީ 2017

ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

22 ފެބުރުއަރީ 2017
ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ
15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު