Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަވަލީ ފެއަރ

ޖަމިއްޔާތަކަށް އަމާޒް ކޮށްގެން ފެއާރއެއް ބާއްވަނީ

6 މާރިޗު 2019 | ބުދަ 17:19

މި ފެއާގައި ރާއްޖޭގެ 100 އަށްވުރެން ގިނަ ޖަމިއްޔާއިން ބައިވެރިވޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 6 މާރިޗު 2019 | ބުދަ 17:19
ފެއަރ އެއްގެ ތެރެއިން

ފެއަރ އެއްގެ ތެރެއިން

މިނިސްޓްރީން އޮފް ހޯމް އެފެއާޒުން ރާއްޖޭގެ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒްކޮށްގެން "ހަވަލީ" ގެ ނަމުގައި ފެއާއެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ 100 އަށްވުރެ ގިނަ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒްކޮށްގެން ހޯމް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފެއާ އަކީ އެންޖީއޯތަކުން ކުރާ މަސައްކަތްތަކާއި އަދި ހުރި ފުރުސަތުތައް އާންމުންނަށް އަންގައިދީ ހުރިހާ އެންޖީއޯތަކެއް އެއްތަނަކުން ބައްދަލުވެ ޖަމިއްޔާތަކުގެ މެދުގައި އެކުވެރިކަމާއި ރަހުމަތްތެރިކަން ގާއިމް ކުރުމުގެ މަގުސަދުގައި ބާއްވާ ފެއަރއެއް ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ވެސް އެނޖީއޯތަކަށް ދިމާވެފައިވާ ދަތިތަކަކީ ކޮބައިތޯ ބަލާ އެފަދަ ކަންކަމަށް ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރުން ވެސް ހިމެނެއެވެ.

މި ފެއާރ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 17 18 މި ތިން ދުވަހު ކޮންމެ ދުވަހެއްގެ މެންދުރު ފަހު 01:00 އިން ފެށިގެން ރޭގަނޑު 10:00 ގެ ނިޔަލަށް ދަރުބާރު ގޭގައެވެ.

މީ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒްކޮށްގެން މިފަދަ ގޮތަކަށް ބާއްވާ ފުރަތަމަ ފެއާރއެވެ.

މި ފެއަރގައި ބައިވެރިވާ ކޮންމެ އެންޖީއޯ އަކަށް ވެސް އެ އެންޖީއޯއަކުން ކުރާ މަސައްކަތްތަކާއި ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތު އާންމުންނަށް ފޯރު ކޮށްދިނުމުގެ ފުރުސަތު ހުޅުވާލެވިފައި ވެއެވެ.

މި ފެއާގައި ބައިވެރިވާ އެންޖީއޯއެއް ކަމަށްވާ އިންޑިއާ މޯލްޑިވްސް ފްރެންޑް ޝިޕް އެސޯސިއޭޝަން ( ފޭމް)ގެ ރައީސް އަހުމަދު އަމްޖަދު ވިދާޅުވީ ރާއްޖޭގައި އުފެދިފައިވާ އެންޖީއޯތަކުން އެ ފަރާތްތަކުން މުޖުތަމައަށް ކޮށްދެމުންދާ މަސައްކަތްތައް އަންގާދިނުމަށްޓަކައި މި ފެއަރ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި މީ އެފަރާތްތަކަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

ފޭމްގެ މަސައްކަތްތައް ބޮޑަށް އަމާޒުކޮށްފައި ވަނީ ދެގައުމުގެ ސަގާފީ ކުޅިވަރުތައް ދިރުވާ އަލާކުރުމުގެ އިތުރުން ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން މިހާރަށް ވުރެ ވެސް ހަރުދަނާ ކުރުމެވެ.

މީގެ އިތުރުން ވެސް މިފެއާގައި ބައިވެރިވާ އެންޖީއޯއެއް ކަމަށްވާ ހޯޕް ފޯރ ވިމެންގެ އެގްޒެކެޓިވް ޑައިރެކްޓަރ އައިޝަތު ނުޒުހާ ވިދާޅުވީ ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ޖަމިއްޔާތަކަށް އެހީވާން ބޭނުންވާ ފަރާތެއް ވާނަމަ އެ ފުރުސަތުވެސް އެފަރާތްތަކަށް ހުޅުވިފައިވާ ކަމަށެވެ. އަދި މިފަދަ ފެއާއެއް ޖަމިއްޔާތަކަށް އަމާޒްކޮށްގެން ބޭއްވުމުން ޖަމިއްޔާތަކަށް އެއް ގޮތަށްވުރެން ގިނަ ގޮތްގޮތުން ފައިދާ ކުރާނެ ކަމަށެވެ. ހޯޕްފޯ ވިމެން އުފެދިފައިވަނީ 2010 ވަނަ އަހަރުއެވެ.

މި ޖަމިއްޔާގެ މަސައްކަތްތައް ބޮޑަށް އަމާޒް ކޮށްފައިވަނީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތައް ނައްތާލުމާއި އަންހެނުންނަކީ މުޖުތަމައުގައި ބާރުވެރި ފުދުންތެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރުމުގެ އިތުރުން ޖިންސުގެ ހަމަހަމަކަން ގާއިމް ކުރުމާއި ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް