Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއައިޓީބީ ފެއަރ

އައިޓީބީ ފެއަރ ފަށައިފި

ފެއަރ ކުރިއަށްދާނީ މާރޗް 6 ވަނަ ދުވަހުން 10 ވަނަ ދުވަހަށް ޖަރުމަންވިލާތުގެ ބާލިންގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 މާރިޗު 2019 | ބުދަ 12:38
އައިޓީބީ ފެއަރގެ ރާއްޖޭގެ ސްޓޯޅް

އައިޓީބީ ފެއަރގެ ރާއްޖޭގެ ސްޓޯޅް

ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ފަތުވެރިކަމުގެ ފެއަރ ޖަރުމަންވިލާތުގެ ވެރިރަށް ބާލިންގައި ފަށައިފިއެވެ.

މި ފެއަރ ކުރިއަށްދާނީ މި މަހުގެ 6 ވަނަ ދުވަހުން 10 ވަނަ ދުވަހަށެވެ. ފެއަރ ބައްލަވާލުމަށްޓަކައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ރާއްޖޭގެ ސްޓޯލަށް ވަޑައިގެންފައެވެ. ރާއްޖޭގެ ސްޓޯލްގައި ކުރިއަށްދާ ހަރަކާތްތައް އެމަނިކުފާނު ބައްލަވާލައްވާފައިވާއިރު ފެއަރގައި ބައިވެރިވި ކުންފުނިތަކުގެ އިސް ފަރާތްތަކާއި އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.

ފައިސަލް ނަސީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމާއި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މަޖިލީސް މެންބަރު ރީކޯ މޫސާ މަނިކް ވެސް ފެއަރގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ފެއަރގައި ރާއްޖޭގެ 105 ކުންފުންޏެއް ބައިވެރިވެފައިވާއިރު އެ ކުންފުނިތަކުގެ 260 ރެޕްރެޒެންޓޭޓިވުން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ ސްޓޭންޑް ވަރަށް ރީތިކޮށް ޒީނަތްތެރިކޮށްފައިވާއިރު ސްޓޭންޑުން މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ވަކި ކައުންޓަރެއް، ރާއްޖޭގެ ސަޤާފީ ކުޅިވަރުތަކާއި ބޮޑުބެރުގެ ލަވަތަކާއެކު ދިވެހިންގެ ނެށުންތައް ދައްކާލުމަށް ވަކި ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. އަދި ދިވެހިންގެ އަތްތެރި މަސައްކަތްތައް ދައްކުވައިދޭ ސާމާނު ވެސް ޑިސްޕްލޭ ކޮށްފައިވެއެވެ. ސްޓޭންޑްގައި ދެން ހުރީ ކުންފުނިތަކަށް ދޫކޮށްފައިވާ ކައުންޓަރުތަކެވެ. ރާއްޖޭގެ މަޝްހޫރު ބައެއް ކުންފުނިތަކުގެ އިތުރުން ގިނަ ރިސޯޓުތަކުން ވަނީ ފެއަރގައި ބައިވެރިވެފައެވެ.

މިފަހަރުގެ ފެއަރގައި ރާއްޖޭގެ ކޮންޓިންޖެންޓުގައި އިސްކޮށް ހުންނަވާނީ ނާއިބު ރައީސް ފައިސަލް ނަސީމެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު މުހައްމަދު އަދި ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިފަހަރު އައިޓީބީ ފެއަރގެ ހޯސްޓް ކުރާ ޤައުމަކީ މެލޭޝިއާއެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

15 މާރިޗު 2017
ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
11 މާރިޗު 2017

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
05 މާރިޗު 2017

ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި

05 މާރިޗު 2017
ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި
02 މާރިޗު 2017

ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި

02 މާރިޗު 2017
ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު