Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފުށްޓަށް ބިއްލޫރި ފުޅި ތައާރަފްކުރުން

ކުނި ނައްތާނުލެވޭ ނަމަ، ޓުއަރިޒަމްގެ ވިޔަފާރި ކުރިއަކަށް ނުގެންދެވޭނެ: ރައީސް ނަޝީދު

ކުނީގެ ތެރެއިން ވެސް އެންމެ ނުރައްކާތެރި ބާވަތަކީ ޕްލާސްޓިކް ކަމަށް ނަޝީދު ވިދާޅުވި

އަމަން ހަލީމް
އަމަން ހަލީމް | 5 މާރިޗު 2019 | އަންގާރަ 16:01
ރައީސް މުހައްމަދު ނަޝީދު، ކ. މާފުށީގައި ވާހަކަދައްކަވަނީ

ރައީސް މުހައްމަދު ނަޝީދު، ކ. މާފުށީގައި ވާހަކަދައްކަވަނީ

ކުނި ރަނގަޅު ގޮތުގައި ނައްތާނުލެވޭ ނަމަ، ޓުއަރިޒަމްގެ ވިޔަފާރި ކުރިއަކަށް ނުގެންދެވޭނެ ކަމަށާއި، އެކަމުގެ ސީދާ ގެއްލުން ވާނީ ރައްޔިތުންނަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާފުއްޓަށް ބިއްލޫރި ފުޅި ތައާރަފްކުރަން ހޭންޑީ ވޯޓަރގެ ފަރާތުން މާފުށީގައި ބޭއްވި ހަފުލާއެއްގައި ވާކަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުނި ނައްތާނުލެވެމުން އޭގެ ނޭދެވޭ އަސަރު ކުރާނީ އެންމެ ބޮޑަށް ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށެވެ.

"ތަރައްގީ ވަމުން ދާ އިރުގައި، އެ ތަރައްގީއަކީ ފިތުރަތުގެ އުސޫލުގައި، ގުދުރަތާއި އެއްގޮތަށް ހިންގޭ ތަރައްގީއަކަށް ނުވެއްޖެނަމަ، އަޅުގަނޑުމެންނަށް އެބެ އިނގޭ އެއްމެ ފަހުން އައިސް ސިދާ ގެއްލުން ވަނީ ތިމަންނާއަށްކަން. ތިމަންނާގެ އާމްދަނީއަށްކަން. ތިމަންނާގެ އާއިލާއަށްކަން. ތިމަންނާ އަދާކުރާ ވަޒީފާ ގެއްލި ދަނީކަން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކުނީގެ ތެރެއިން ވެސް އެއްމެ ނުރައްކާތެރި ބާވަތަކީ ޕްލާސްޓިކް ކަމަށާއި، ހާއްސަކޮށް އެއް ފަހަރު ބޭނުންކޮށްފައި އުކާލަންޖެހޭ ޕްލާސްޓިކުގެ ބާވަތްތައް ކަމަށެވެ. އަދި މި ބާވަތްތަކުގެ ކުނި ނައްތާލަން އުނދަގޫ ކަމަށާއި، އެ ތަކެތި ނައްތާލިޔަސް އޭގަ ސަބަބުން ގޮނޑުދޮށާއި ވަށައިގެންވާ މާހައުލަށް ގެއްލުން ލިބޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ތަރައްގީ ގެންނަން ޖެހޭނީ ފިތުރަތުގެ އުސޫލުތަކާ ގުދުރަތީ ހަމަތަކުގެ މަތިން ކަމަށެވެ. އަދި މިހެން ކަންނުކުރެވިއްޖެ ހާލަތެއްގައި އޭގެ ސީދާ ގެއްލުން ކުރާނީ ރައްޔިތުންނަށާއި ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީއަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މާފުށީ ކައުންސިލާއި ހޭންޑީ ވޯޓަރ ގުޅިގެން ފެށި މަޝްރޫއަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. އަދި ރަށުގެ މައްސަލަތަކަށް ހައްލު ހޯދަން ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރައްވާ މަސައްކަތްތަކަށް ވެސް އެ މަނިކުފާނު ތައުރީފްކުރެއްވިއެވެ.

300 އެއްހާ ގެދޮރާއި 750 ވަރަކަށް ގެސްޓުހައުސް ކޮޓަރި ހިމެނޭ މާފުށީގައި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 2500 ޕްލާސްޓިކު ފުޅި އުކާލަންޖެހެއެވެ. މާފުށީގައި ހޭންޑީ ވޯޓަރއިން ފެށި މަޝްރޫއުގެ ދަށުން އެރަށުގެ ކޮންމެ ގެއަކަށް 3 ބިއްލޫރި ފުޅިއާއި ޕަމްޕަކާއި އަދި ބޮޑު ފުޅިއެއް ވަނީ ހަދިޔާކޮށްފަ އެވެ. އަދި ކޮންމެ ގެސްޓް ހައުސް ކޮޓަރިއަކަށް ދޭން ނިންމާފައި ވަނީ 2 ބިއްލޫރި ފުޅިއެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު