Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ މަޝްރޫއު

ހިޔާ މަޝްރޫއު: ސަރުކާރުގެ ކުންފުނިތަކުގައި ފްލެޓް ހެޅުމުގެ މާލީ ތަނަވަސްކަމެއް ނެތް

6 މާރިޗު 2019 | ބުދަ 05:54

ބައެއް ކުންފުނިތަކުން ބޭރުގެ ކުންފުނިތަކަށް ސަބް ކޮންޓްރެކްޓް އުސޫލުން ފްލެޓް އަޅަން ދޫކޮށްފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 6 މާރިޗު 2019 | ބުދަ 05:54
މިނިސްޓަރ އާތިފާ

މިނިސްޓަރ އާތިފާ

ރައީސް ޔާމިންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރި 16 މަޝްރޫއުގެ ތެރެއިން އަމަލީ މަސައްކަތް ފަށާފައި އެންމެ އަށް ކުންފުންޏަކުން ކަމަށާއި އެފަދަ މަޝްރޫއުތައް ހިންގުމުގެ މާލީ ތަނަވަސްކަން ސަރުކަރުގެ ކުންފުނިތަކުގައި ނެތް ކަމަށް ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަންގާރަ ދުވަހު މިނިސްޓަރު އާތިފާ ވިދާޅުވީ ހިޔާ މަޝްރޫއުގެ ސޮއިކުރި ގިނަ ކުންފުނިތަކާއި އިދާރާތަކުގައި މަސައްކަތް ކުރުމުގެ މާލީ އަދި ފަންނީ ގާބިލްކަން ނެތް ކަމަށެވެ. ބައެއް ކުންފުނިތަކުން ބޭރުގެ ކުންފުނިތަކަށް ސަބް ކޮންޓްރެކްޓް އުސޫލުން ފްލެޓް އަޅަން ދޫކޮށްފައިވާ އިރު، އަނެއް ބައި ކުންފުނިތަކުން ފްލެޓްތައް އަޅަން ނިންމާފައި ވަނީ އެ ކުންފުނިތަކުގެ ނަމުގައި ބޭރުގެ ބޭންކްތަކުން ނަގާފައިވާ ލޯނު އެހީގެ ދަށުން ކަމަށެވެ.

Advertisement - newsAdvertisement

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަބްދުﷲ މުހައްމަދު ދީދީ އެއްސެވި ސުވާލަކަށް ޖަވާބުދެއްވަމުން އާތިފާ ވިދާޅުވީ މި މަޝްރޫއުގެ ދަށުން ފްލެޓްތައް އަޅަން ކުންފުނިތަކުގެ އަމިއްލަ ފައިސާއިން ރޭވިފައި އޮތް ނަމަވެސް، ކުންފުނިތަކުގެ މާލީ ގާބިލްކަން ނެތުމުގެ ސަބަބުން އެ މާލީ ބުރަ ބައެއް ކުންފުނިތަކާއި އިދާރާތަކުގެ މުވައްޒަފުން ނަގަން ޖެހިފައިވާ ކަމަށެވެ.

"މަޝްރޫއުތައް ކުރިޔަށް ގެންދިޔުމަށް ކުންފުނިތަކަށް ނުކަތާ ވަރުގެ ލޯނު ނަގަން ޖެހި، އަދި ކުންފުނީގެ މުއައްޒަފުންނަށް ބޮޑު އަގުގައި ފްލެޓަށް ކުރިޔަށް ފައިސާ ދައްކަން ޖެހިފައިވާކަން ފާހަގަކުރަން،" އާތިފާ ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވާ ފްލެޓްތަކަކީ ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގެ މުއައްޒަފުންނަށް ހާއްސަކޮށްގެން، އެ ތަންތަނުގެ މުއައްޒަފުން ދިރިއުޅެން ހަދަން ނިންމި ފްލެޓްތަކެކެވެ. އަދި އޭރުގެ ސަރުކާރާ އެކު އެއްބަސްވެވުނީ 14 ބުރިއަށް ހަދަން ނިންމާފައިވާ ފްލެޓްތަކުން، އެއް ކޮޓަރީގެ އެޕާޓްމަންޓްތަކުން ބައެއް އެޕާޓްމަންޓްތައް ސަރުކާރަށް ދިނުމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް އަޅަން ނިންމާފައިވާ ކުންފުނިތަކާއި އިދާރާތަކަކުގެ ތެރޭގައި އެމްޕީއެލް، އެމްއޭސީއެލް، ސްޓެލްކޯ، އައިލެންޑް އޭވިއޭޝަން، ކަސްޓަމްސް، ފެނަކަ، އެޗްޑީސީ، އިމިގްރޭޝަން، އެސްޓީއޯ، އެމްޓީސީސީ، އައިޔޫއެމް އަދި ގައުމީ ޔުނިވާސިޓީ ހިމެނެއެވެ. މީގެ ތެރެއިން ފްލެޓްގެ އަމަލީ މަސައްކަތް ފެށީ ކޮން ކުންފުނިތަކަކުން ކަމެއް މިނިސްޓަރ ވިދާޅުވެފައެއް ނުވެއެވެ. މި ސަރުކާރު އައި ފަހުން ކުންފުނިތަކާ ހަވާލުވި ބައެއް ވެރިން ވިދާޅުވެފައި ވަނީ އެ ކުންފުނިތަކުން އަޅަން ހަމަޖައްސާފައި ވަނީ ދިރިއުޅެން އެކަށީގެންވާ މިންވަރަށް ވުރެ ކުދި ފްލެޓްތައް ކަމަށެވެ. އެގޮތުން އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެފައި ވަނީ ފްލެޓްތަކުގެ ޖާގަ ބޮޑުކޮށް ޑިޒައިނަށް ބަދަލު ގެނައުމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް