ކ. މާލެ
|
5 މާރޗް 2019 | އަންގާރަ 12:42
ވެމްކޯގެ ވެހިކަލެއް
ވެމްކޯގެ ވެހިކަލެއް
އަޝްވާ ފަހީމް
ވެމްކޯ
ރަޖިސްޓްރީ ނުކޮށް ކުނިއުކާ ތަންތަން ދެނެގަތުމަށް ވެމްކޯއިން ސާވޭއެއް ކުރަނީ
 
އަލަށް އުފެދުނު ވިޔަފާރިތަކުގެ އެންމެ ފަހުގެ ތަފްސީސީލީ މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވޭ
 
ސާރވޭ ހިންގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް ( ވެމްކޯ) އިން މާލޭގެ ގޭބިސީތަކާއި ވިޔަފާރިތަކުގެ "މާކެޓް ސާރވޭ" އެއް ހިންގާ ގޮތަށް ހަމެޖެހިއްޖެއެވެ.

ވެމްކޯ އިން އަންގާރު ދުވަހު ގެޒެޓްކޮށް އާއްމުކުރި އިއުލާނުގައި ބުނެފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހިންގާ ސާރވޭގެ މައިގަނޑު މަގްސަދަކީ، ވެމްކޯއިން ފޯރުކޮއްދޭ ޚިދުމަތްތައް ބޭނުންކުރާ މާލޭގެ ގޭބީސީތަކާއި، ވިޔަފާރިތަކާއި އަދި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ތަފްސީލީ މައުލޫމާތު އެއްކުރުން ކަމަށެވެ. އަލަށް އުފެދުނު ވިޔަފާރިތަކުގެ އެންމެ ފަހުގެ ތަފްސީސީލީ މައުލޫމާތު މި ސާވޭގެ ތެރެއިން އެއްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ. 

ސާރވޭ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް ބަހާލެވިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ސާރވޭ ކުރުމަށް ހަމަޖެހިފައި ވަނީ، މަޖީދީ މަގާއި ރޯޝަނީ މަގު ގުޅޭ ސަރަހައްދުގެ އިތުރުން، ބޮޑުތަކުރުފާނު މަގާއި އަސްރަފީ މަގު ހިމެނޭ ސަރަޙައްދުގެ ގޭބީސީތަކާއި ވިޔަފާރިތަކެވެ.

މި ހަރަކާތުގައި ބައިވެރިވާ ވެމްކޯގެ ކޮންމެ މުވައްޒިފަކު ވެސް، ސާރވޭގެ ބައިވެރިއެއްކަން އަންގައިދޭ ޙާއްސަ ކާޑެއް އަޅާފައިވާނެ ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.  

ސާރވޭއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވެމްކޯގެ ޓްވިޓަރ އަދި ފޭސްބުކް މެދުވެރިކޮށް ހިއްސާކުރަމުން ގެންދަމުންދާނެ ކަމަށް ވެމްކޯއިން މައުލޫމާތުދެއެވެ.

ވެމްކޯ އިން ކުރިން މީޑިއާ އަށް ބުނެފައިވާ ގޮތުގައި ވެމްކޯ އިން ޚިދުމަތް ލިބިގަންނަ މީހުންގެ ތެރެއިން 70 ޕަސެންޓް މީހުން ފީ ނުދައްކައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް