Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސޫދާންގެ ހަނގުރާމަ

އެންމެ 12 އަހަރުގެ ޚާލިދުގެ އާދޭސް އަހާލުން ކީއްތޯއެވެ؟

27 އެޕްރީލު 2023 | ބުރާސްފަތި 12:43

ހަމަލާ ބަދަލުކުރުންތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 460ށް އަރާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 27 އެޕްރީލު 2023 | ބުރާސްފަތި 12:43
އުމުރުން އެންމެ 12 އަހަރުގެ ޚާލިދު ނިމްރު މީޑިއާއާ ވާހަކަދައްކަނީ

އުމުރުން އެންމެ 12 އަހަރުގެ ޚާލިދު ނިމްރު މީޑިއާއާ ވާހަކަދައްކަނީ

ސޫދާންގެ އަސްކަރިއްޔާއާއި އެ ގައުމުގެ ޕެރަމިލިޓްރީ ރެޕިޑް ސަޕޯރޓް ފޯރސަސް (އާރްއެސްއެފް)އާ ދެމެދު އޭޕްރިލް 15 ވަނަ ދުވަހުން ފަށައިގެން ބަދަލު ކުރަމުންދާ ވަރުގަދަ ހަމަލާތަކަށް އަދިވެސް މަޑުޖެހުމެއް އައިސްފައެއް ނުވެއެވެ. ހަމަނުޖެހުންތައް ހުއްޓިދާނެކަމުގެ އިޝާރާތެއްވެސް ލިބިފައި ނުވާއިރު، ހަނގުރާމަ ގަދަވެފައިވާ ވެރިރަށް ޚާރްތޫމް ދޫކޮށް، އެހެން ސަރަހައްދުތަކަށް ހިޖުރަކުރާ މީހުންގެ އަދަދު އިންތިހާއެވެ. އެހެން ގައުމުތަކުން ސޫދާނަށް ހިޖުރަކޮށްގެން ދިރިއުޅެމުން ދިޔަ ގިނަ އަދަދެއްގެ ބަޔަކު، އެމީހުންގެ އުފަން ވަޒަނަށް އަނބުރާ ދާން ފަށާފައިވާއިރު، ޚާރްތޫމުގެ ރަށްވެހިންވެސް ދަނީ، ރައްކާތެރި މަންޒިލްތަކަށް ބަދަލުވަމުންނެވެ. އެފަދަ އެކަކީ، އުމުރުން އެންމެ 12 އަހަރުގެ ޚާލިދު ނިމްރުއެވެ.

އޭޕްރިލް 25 ވަނަ ދުވަހު، ސޫދާންގެ ސިއްހަތާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ހަމަލާ ބަދަލުކުރުންތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 460ށް އަރާފައެވެ. ޒަޚަމްވީ މީހުންގެ އަދަދު އުޅެނީ 4000ށްވުރެ މަތީގައެވެ.

3 ދުވަސް ވަންދެން ޚާލިދު ބަންދުވެފައި ހުރީ އޭނާގެ ބައްޕަ މަސައްކަތްކުރާ ތަނުގެ ތެރޭގައެވެ. ކަރަންޓެއް، ފެނެއް އެތަނުގައި ނެތެވެ. ތާ އަބަދުމެ ހުންނަން ޖެހުނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ބަޑީގެ އަޑުފަށްގަނޑުން މުޅި ސަރަހައްދު ދިޔައީ ގުގުމަމުންނެވެ. ކަރަންޓު ނެތުމުގެ ސަބަބުން، އިންތިހާއަށް ހޫނުވަމުން ދިޔައިރު، ޚާލިދަށް ލޮލުފިޔަވެސް ޖަހައިނުލެވުނެވެ.

އިމާރާތުގައި ތިބި ބޮޑެތި މީހުންނާއެކު އެ އިމާރާތުން ބޭރަށް ނުކުތުމަށްފަހު ޚާލިދު ވަނީ އޭނާގެ ތަޖުރިބާތައް، ޗައިނާ ގްލޯބަލް ޓެލެވިޜަން ނެޓްވަރކް (ސީޖީޓީއެން)އާ ހިއްސާކޮށްފައެވެ. ޚާލިދު ބުނިގޮތުގައި އޭނާ ކުރާހާވެސް އުއްމީދަކީ ހަނގުރާމަ ނިމުމަކަށް އައުމެވެ.

ޚާލިދު ކިޔައިދިން ގޮތުގައި އޭނާއަކީ ލިބޭ ބަންދު ދުވަސްތަކުގައި، ބައްޕަ މަސައްކަތްކުރާ ތަނަށް ގޮސްއުޅޭ ކުއްޖެކެވެ. އެދުވަހުވެސް އޭނާ އެތަނަށް ދިޔައީ ބައްޕައާ އެކުގައެވެ. ފޮޓޯގްރާފަރުންނާއެކު، އެމީހުން ކުރާ މަސައްކަތްތައް ބަލައިލުމުގެ ބޭނުމުގައެވެ.

ޚާލިދު ބުނިގޮތުގައި އެމީހުން އަތުގައި ކައިބޮއެ ހަދާނެ އެއްޗެއްވެސް ނެތެވެ. ހުރިހާ ކޮޅަކުންހެން ފެންނަމުންދިޔައީ ބަޑީގެ ވަޒަންތައް ކަމަށް ޚާލިދު ސިފަކޮށްދިނެވެ.

އިމާރާތުގައި ތިބި ބޮޑެތި މީހުން، ކޮޓަރިއެއްގެތެރޭގައި ޚާލިދު ބަންދުކޮށް، ފޮރުވިއެވެ. އެއީ ޚާލިދުގެ ރައްކަލަކަށްޓަކައި ކުރި ކަމެކެވެ. ބޭރުގައި ކުރަމުންދިޔަ ހަނގުރާމަ ދިޔައީ ހައްތަހާ ގަދަވަމުންނެވެ. ވައިގެ މަގުން ބޮން އަޅަން ފެށުމާއެކު، އެންމެންގެ ނުތަނަވަސްކަމާއި ބިރު ބޮޑުވިއެވެ. 3 ވަނައަށް ވީ ދުވަހު، ހާލަތު ގޯހުން ގޯހަށް ހިނގައްޖެއެވެ. އިމާރާތް ދޫކޮށް ދިއުމަށް އެމީހުން ނިންމިއެވެ.

ނަމަވެސް އިމާރާތުން ބޭރަށް ނުކުމެ ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. އެމީހުންގެ ކާރުތައް ވަނީ ހަލާކުކޮށްލާފައެވެ. މަގުމަތީގައި ދުއްވުންވެސް ރައްކާތެރި ކަމަކަށް ނުފެނުނެވެ. ނަމަވެސް މާ ބޮޑު ގެއްލުންތަކެއް ނުވެ އޮތް އެއް ކާރު އޮތުމުން، އެ ކާރުގެ ބޭނުން ހިފީއެވެ.

ސޫދާނުގެ އާބާދީގެ 4 ބައިކުޅަ 1 ބައި ހާ މީހުންނަކީ މިހާރުވެސް ކާބޯތަކެތީގެ އެހީތެރިކަމަށް ބަރޯސާވާ ބަޔަކަށް ވާއިރު، އެފްރިކާ ބައްރުގައި 3 ވަނައަށް އެންމެ ބޮޑު ގައުމުގެ ގޮތުގައި އޮތް ސޫދާން މިހާރު އޮތީ އިންސާނީ ކާރިސީ އަނދަވަޅެއްގެ ތުންފަތް މަތީގައެވެ.

ސޫދާންގެ މަސްރަހު ގޯހުން ގޯހަށް ގޮސްފައިވަނީ އެގައުމުގެ ވެރިކަންކުރާ ކައުންސިލްގެ މައްސަލާގައި، އެ ގައުމުގެ އަސްކަރީ ލީޑަރާއި އޭނާގެ ނައިބާ ދެމެދު އުފެދުނު ދެބަސްވުންތަކަކާ ގުޅިގެންނެވެ. އާރްއެސްއެފްގެ ލީޑަރު، މުހައްމަދު ހަމްދާން ޑަގަލޯ (އާންމު ނަމުން ދަންނަވާނަމަ ހިމިދްތީ) އާއި، ސޫދާން އަސްކަރިއްޔާގެ އިސްވެރިޔާ، ޖެނެރަލް އަބްދުލްފައްތާހު އަލްބުރުހާނާ ދެމެދު ހިނގަމުންދާ ކުރަމުންދާ ކުރިމަތިލުންތަކާއި ބަދަލު ކުރަމުންދާ ހަމަލާތަކުގެ ސަބަބުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

28 ޑިސެމްބަރު 2018

އުމުރުން 16 އަހަރުގެ ނީޝަން: ރާނައި ސިމެންތު ޖަހާ، ވަޑާންކޮށް ކަރަންޓްވައިރު ކުރޭ!

28 ޑިސެމްބަރު 2018
އުމުރުން 16 އަހަރުގެ ނީޝަން: ރާނައި ސިމެންތު ޖަހާ، ވަޑާންކޮށް ކަރަންޓްވައިރު ކުރޭ!
09 ޖުލައި 2018

މަރުގެ ތަންމަތީގައި އޮތް ވާހަކަ އާއިލާއަށް އެންގީ ރޮއި އާދޭސް ކުރުމުން!

09 ޖުލައި 2018
މަރުގެ ތަންމަތީގައި އޮތް ވާހަކަ އާއިލާއަށް އެންގީ ރޮއި އާދޭސް ކުރުމުން!
23 ޖޫން 2018

މިއަހަރުގެ އައިފާ އެވޯޑްސް ބެންކޮކްގައި

23 ޖޫން 2018
މިއަހަރުގެ އައިފާ އެވޯޑްސް ބެންކޮކްގައި
16 މެއި 2018

އަހަރުގެ ބޮޑު ޖޯކް

16 މެއި 2018
އަހަރުގެ ބޮޑު ޖޯކް
26 ޖެނުއަރީ 2018

ހާމިދުގެ ބަދިގޭގައި: ކަރަންޓް ލައިދޭން އާދޭސްކުރާތާ ތިން އަހަރު!

26 ޖެނުއަރީ 2018
ހާމިދުގެ ބަދިގޭގައި: ކަރަންޓް ލައިދޭން އާދޭސްކުރާތާ ތިން އަހަރު!
18 ޖެނުއަރީ 2018

މިދިޔަ އަހަރުގެ އެންމެ މަގްބޫލު މަންޒިލްތަކުގެ ލިސްޓުގެ އެއްވަނައިގައި ކޮން ގައުމެއް؟

18 ޖެނުއަރީ 2018
މިދިޔަ އަހަރުގެ އެންމެ މަގްބޫލު މަންޒިލްތަކުގެ ލިސްޓުގެ އެއްވަނައިގައި ކޮން ގައުމެއް؟
01 ޖެނުއަރީ 2018

އާއަހަރުގެ ދެ ޝޯވެސް ފޯރިގަދަ، ޝޯ ނިމުނުއިރު ފާޑުކިޔުން

01 ޖެނުއަރީ 2018
އާއަހަރުގެ ދެ ޝޯވެސް ފޯރިގަދަ، ޝޯ ނިމުނުއިރު ފާޑުކިޔުން
29 އޮކްޓޯބަރު 2017

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

29 އޮކްޓޯބަރު 2017
ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........
02 އޮކްޓޯބަރު 2017

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!
22 އޯގަސްޓު 2017

މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް

22 އޯގަސްޓު 2017
މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް