Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިޔާ، އަރީން

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

އަރީންގެ އާއިލާއަކީ ޤުރުއާނަށް ޝައުގުވެރިވާ އާއިލާއެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 އެޕްރީލު 2023 | ބުރާސްފަތި 12:58
އަރީން

އަރީން

ކ. ކާށިދޫއަށް އުފަން, އުމުރުން 20 އަހަރުގެ މަރިޔަމް އަރީން އީސާގެ ހިތުގައި ޤުރުއާނަށް އެހައި ފުން ލޯތްބެއް އުފެދުމުގެ އަސްލަކީ، އޭނާގެ އާއިލާގެ ތެރެއިން ވާރުތަވެގެން އައި ލޯތްބެވެ. އަރީންގެ މަންމަ ފަރާތު މާމައަކީ ރަށު ފެންވަރުގައި ޤުރުއާން އުނގަންނައިދިން އެދުރެކެވެ. ކަންމިހެން ހުރުމާއެކު އަރީންގެ މަންމައަށްވެސް، ތަޖުވީދަށް ޤުރުއާން ކިޔެވުމުގެ ހުނަރު އަރީންގެ މާމަގެ ފަރާތުން ވަނީ ދަސްވެފައެވެ. ޤުރުއާނަށް ލޯބިކުރާ އާއިލާއަކަށް އުފަން އަރީންގެ ޅައިރުގެ ހަނދާންތައް ފަވައި ނެގިފައިވަނީ ޤުރުއާނުގެ ތެރޭގައެވެ. ކާފަ ހޯދައިދިން މަށި ފިލާގައި މާމަ ލިޔެދިން "ފިލާ" ދަސްކުރަން ކުޑަކުޑަ އަރީން ހޭދަކުރި ދުވަސްތަކަކީ މިހާރުވެސް އޭނާގެ ކުޑައިރުގެ އެންމެ ތާޒާ އެއް ހަނދާނެވެ.

އެއަށްފަހު އަރީންގެ ބައްޕަ އޭނާއަށް ހޯދައިދިން، ހުސަރީގެ ޤުރުއާން އޯޑިއޯ އަޑުއެހުމުގައި ހޭދަކުރި ވަގުތުތަކަކީ އޭނާގެ ކުޑައިރުގެ އުފާވެރި ހަނދާންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހަމައެހެންމެ މަންމަގެ އުނގުގައި ބައިންދައިންގެން އޭނާގެ މަންމަ އޭނާއަށް ހުސަރީގެ ޤުރުއާން އޯޑިއޯ ފަހަރަކު އާޔަތަކުން ޖަހައިދޭ ހަނދާން މިހާރުވެސް އަރީންގެ ހިތުގައި ހަރުލާފައި އެބަހުއްޓެވެ.

އަރީން ބުނާގޮތުން ހުސަރީ ކިޔަވާގޮތަށް ކިޔަވަން ފެށުމުގެ ބިންގާ އެޅުނީ އެ ހިސާބުންނެވެ. އޭނާގެ އޯޑިއޯތައް އެހައި ގިނައިރު އަޑުއެހުމުގެ ނަތީޖާއަކަށްވީ ހުސަރީ ކިޔަވާގޮތަށް އެރާގުގައި އެ ބަނޑިތަކާއެކު ކިޔަވަން އޭނާއަށް އިސާހިތަކު ދަސްވުމެވެ. އަދި ހުސަރީގެ ކިޔެވުމާއި އޭނާގެ ކިޔެވުމާ ވައްތަރުކަަމަށް ބުނެ ލިބޭ ތައުރީފަކީ އަރީނަށް އުފާ ލިއްބައިދޭ ތައުރީފްތަކެކެވެ. އެއީ ގާރީއެއްގެ އެހީތެރިކަމާނުލައި އެހާހިސާބަށް ޤުރުއާން ކިޔެވުމުގެ ހުނަރު އާލާކުރި އަރީނަށް ލިބޭ ފަޚުރެކެވެ.

އެ ހުނަރު އިތުރަށް އާލާކުރުމުގެ ގޮތުން އޭނާއަށް ގާރީންގެ އެހީތެރިކަން ފަހުން ލިބުމަކީ އޭނާ ޝުކުރުވެރިވާ ކަމެކެވެ. އެހެންނަމަވެސް އަރީން ވަނީ އޭނާ އަމިއްލައަށް ޤުރުއާނުގެ ހުނަރު ފުރިހަމަކުރަން މަސައްކަތްކޮށްފައެވެ. ޔޫޓިއުބު ވީޑިއޯތަކުގެ އަލީގައެވެ. އަރީނަކީ ޤުރުއާނުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ހުނަރުވެރިއެކެވެ.

އަރީން ހާސިލްކޮށްފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ރަށު ފެންވަރުގައި ބާއްވާ ގިނަ މުބާރާތްތަކަކުން 1 ވަނަ ހާސިލްކުރުމާއި، އަތޮޅު މުބާރާތުން ޖެހިޖެހިގެން 4 އަހަރު އެއްވަނަ ހޯދުމާއި، ގައުމީ މުބާރާތުން 2017 ވަނަ އަހަރު އެއްވަނަ ލިބުން ފާހަގަކޮށްލެވެއެވެ. އަދި މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އިސްނެންގެވުމާއެކު ފައިސަލް ފައުންޑޭޝަނުން ކާށިދޫއާއި ގާފަރަށް ހުޅުވާލައިގެން ބޭއްވި ޤުރުއާން މުބާރާތުންވެސް އޭނާ ވަނީ ވަނަ ހާސިލްކޮށްފައެވެ. އެއީ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށްދާން ލިބުނު ހިތްވަރެއް ކަމުން ނައިބު ރައީސް ފައިސަލްއަށް އަރީން ވަނީ ޝުކުރު ދަންނަވާފައެވެ. މީގެ އިތުރުން އަރީނަކީ އޭނާއަށް ލިބިފައިވާ ހުނަރު އުނގަންނައިދެމުންދާ އެދުރުވެރިއެކެވެ.

ޤުރުއާން ކިޔެވުމުގެ ދާއިރާއިން އަރީންގެ އެންމެ ފަހުގެ ތަޖުރިބާއަކީ ރާއްޖެ ޓީވީން ގެނެސްދޭ ރަންތާޖު ޤުރުއާން މުބާރާތެވެ. މި މުބާރާތުގެ ފަޚުރުވެރި 8 ވަނަ ހޯދި އަރީން މި މުބާރާތަށް ވަގުތު ހުސްކުރީ ވަރަށް އަވަދިނެތި އުޅެމުންނެވެ. އެހެންކަމުން އޭނާ އެންމެ ހިތްހަމަޖެހޭ ވަރަށް މުބާރާތައް ތައްޔާރެއްނުވެވުނެވެ. ނަމަވެސް މިއީ ގުރުއާން އުނގެނުމާއި އުނގަންނައިދިނުމުގެ ދާއިރާއިން އޭނާއަށް އިތުރުކޮށްލެވުނު މުއްސަނދި ބޮޅެކެވެ.

އަރީންގެ އުންމީދަކީ ޤުރުއާނުގެ ދާއިރާއިން ރާއްޖެއަށް ބައިނަލްއަޤުވާމީ ވަނައެއް ހޯދައިދިނުމެވެ. އަރީން ގަބޫލުކުރާގޮތުން ގުރުއާނަށް އޭނާގެ ހިތުގައި އޮތް ލޯތްބަކީ އޭނާގެ ތައުލީމީ ހަޔާތް ރަނގަޅުވުމުގެ އަސްލެވެ. އޭނާއަކީ ގްރޭޑް 4ގައި އޯލެވެލް ހަދާފައިވާ ތޫނުފިލި ދަރިވަރެކެވެ. އޭރު އޭނާއަށް ލިބުނީ ޑީއެކެވެ. ފަހުން ގްރޭޑް 6ގައި އަލުން ހަދައިގެން ޖީސީއޯލެވެލް އިނގިރޭސިން އޭ ޕްލަސްއެއް ވަނީ ލިބިފައެވެ.

ކިޔެވުމަށް ލޯބިކުރާ އަރީނަކީ ކ. އަތޮޅު މަދަރުސާގެ ސްކޫލް ކެޕްޓަންކަންވެސް ކުރި ނަމޫނާ ދަރިވަރެކެވެ. އޭނާއަކީ އޯލެވެލްއާއި އޭލެވެލްގައިވެސް ރާއްޖޭގެ ގަދަ 10ގައި ހިމެނުނު ދަރިވަރެކެވެ. މިހާރު އެމްބީބީއެސް ކިޔަވާ، ސްކޫލް އޮފް މެޑިސިން އެމްއެންޔޫގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރެކެވެ. ޑޮކްޓަރަކަށް ވުމަކީ އޭނާ ވަރަށް ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެނެކެވެ. އެހެންކަމުން ހިތްވަރާއެކު އޭނާ މަސައްކަތް ކުރަމުން ދަނީ އެ ހުވަފެނުގައި ކުލަޖެއްސުމަށެވެ.

އަރީންގެ ހުނަރުވެރިކަމާއި ޝައުގުހުރި އެހެން ބައެއް ދާއިރާތަކަށް ބަލައިލާނަމަ، މަދަހަ ކިޔުމަކީ އޭނާގެ ފަންނުވެރިކަމުން ފެންނަ ތަފާތު ކުލައެކެވެ. މީގެ އިތުރުން އެކިއެކި ޖަލްސާތަށް ހޯސްޓް ކުރުމާއި، ރިޕޯޓުކަހަލަ އެއްޗިއްސަށް އަޑުއަޅާ އަރީނަކީ އަދަބީ ކަންކަމަށް ލޯބިކުރާ ކުއްޖެކެވެ. އަދި އަދަދު ނޫހުގައި ނޫސްވެރިކަމުގެ ދާއިރާއަށް ނުކުމެ އޭނާ ވަނީ އޭނާގެ ލިޔުންތެރިކަމުގެ ގަލަމުގެ ފަންވަރު ދައްކާލާފައެވެ. އޭނާ ބުނާގޮތުން އޭނާގެ ތައުލީމާއި ހުނަރުގެ ހުރިހާ ކްރެޑިޓެއް ލިބެނީ އޭނާގެ ލޯބިވާ މައިންބަފައިންނާއި އާއިލާއަށެވެ. ހުރިހާ ޝުކުރެއް ހައްގުވަނީ އޭނާއަށް ހިތްވަރުދޭ އޭނާގެ އެކުވެރި އާއިލާއަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސްގެ ނުސީދާ، އެހެނަސް ވަރަށް ސާފު ޖަވާބެއް

ރައީސްގެ ނުސީދާ، އެހެނަސް ވަރަށް ސާފު ޖަވާބެއް

09 ޖޫން 2022
ކޮވިޑް-19 އިން ރަނގަޅުވި ދިވެހި ޑޮކްޓަރެއް ''ބަލި ޖެހުމުން ރަހައެއް ނުލާ، ވަހެއް ނުދުވާ''

ކޮވިޑް-19 އިން ރަނގަޅުވި ދިވެހި ޑޮކްޓަރެއް ''ބަލި ޖެހުމުން ރަހައެއް ނުލާ، ވަހެއް ނުދުވާ''

13 އެޕްރީލު 2020
ކޮވިޑް-19 ގެ ބިރުވެރިކަމުގެ ތެރޭގައި ޔޫކޭގައި އާއިލާ ގޮވައިގެން ކުރަމުންދާ ތަޖުރިބާ ދިވެހި ޑޮކްޓަރެއްގެ ދުލުން!

ކޮވިޑް-19 ގެ ބިރުވެރިކަމުގެ ތެރޭގައި ޔޫކޭގައި އާއިލާ ގޮވައިގެން ކުރަމުންދާ ތަޖުރިބާ ދިވެހި ޑޮކްޓަރެއްގެ ދުލުން!

28 މާރިޗު 2020

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު