Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލ؛ިސް

ނުހައްގު މުއްސަންދިކަން ކުށަކަށް ހަދަން ހުށަހެޅި ބިލް ކޮމެޓީއަށް

4 މާރިޗު 2019 | ހޯމަ 11:43

ބިލަށް އިތުރު އިސްލާހު ގެންނަން ޖެހޭ: މެމްބަރުން

އަމްނާ އިމާދު
އަމްނާ އިމާދު | 4 މާރިޗު 2019 | ހޯމަ 11:43
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލް ބަލައިގަނެ ގައުމީ ސަލާމަތު ކޮމެޓީއަށް ފޮނުވައިފިއެވެ.

މިބިލް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުالله (މުހައްމާ) އެވެ.

Advertisement - newsAdvertisement

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހިނގަމުންދާ ގޮތަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށް، ދައުލަތުގެ މުވައްޒަފުންނަށް ލިބެމުންދާ ހުއްދަ އާމްދަނީގެ ވަސީލަތްތަކާއި އެ ވަސީލަތްތަކުން އުފައްދައި ދޭ އާމްދަނީގެ މިންވަރާ އަޅާބަލާއިރު، އެމީހުންނަށް ނުހޯދޭނެ ނުވަތަ ހޯދުން އެކަށީގެން ނުވާ ނުވަތަ ހޯދުނު ގޮތް ބަޔާން ނުދެވޭ މުދަލާއި ފައިސާ ހޯދައި ލިބިގަތުން ހުއްޓުވުމަށްޓަކައި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ދައުލަތުގެ އިސްމަގާމުތަކުގައި ތިބޭ ފަރާތްތަކުން އެ ކުށް ކުރާ ހާލަތުގައި ލިބޭ އަދަބުގެ ދަރަޖަ، މަތިކުރުމަށް ދިވެހިރާއްޖޭގެ ގާނޫނޫލްއުގޫބާތުއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ކަމަށް ބިލް ހުށަހެޅުއްވި މެންބަރު އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

މި ބިލަށް ތާއީދު ކުރައްވާ ގިނަ މެންބަރުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ބިލަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ މިއީ ވަރަށް މުހިންމު ބިލެއް ކަމަށާއި، ރާއްޖޭގެ ކުށްކުރުމުގެ ވައްޓަފާޅިއާ އުސޫލު ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ އެކި މަގާމުތަކުގައި ތިބޭ މީހުން ކޮރަޕްޝަން ހިންގާ ކަމުގެ ތުހުމަތުތަކާއި، މަޖިލިސް މެންބަރުންނަށް ވެސް ތުހުމަތު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހެން މިވަނީ އެޑްރެސް ކުރާނެ ގާނޫނީ އޮނިގަނޑެއް ދިވެހިރާއްޖޭގައި ނެތީމަ. ގާނޫނުލްއުގޫބާތަށް މިއިސްލާހުގެ ގެނައުމުގެ އިތުރުން މިފަދަ ކުށްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާގައި އަޅުގަނޑުމެން ގާނޫނެއް ވެސް ފާސް ކުރުމަކީ ވަރަށް މުހިންމު ކަމެއްގައި އަޅުގަނޑު ދެކެން." ޝަރީފު ވިދާޅުވިއެވެ.

އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ވިދާޅުވީ މި ބިލަށް ތާއީދުކުރާ ކަމަށާއި، ނަމަވެސް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ. ސަލީމް ވިދާޅުވީ މިފަދަ ގާނޫނެއް އުފެދިގެންދާއިރު، މިއިން ކޮންމެ ގާނޫނަކުން މީގެ ނާޖާއިޒް ފައިދާ އެއިރެއްގަ ތިބޭ ސަރުކާރަކުން ނަގަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މީގެ ކުރިން ޓެރަރިޒަމްގެ ގާނޫނެއް އުފެއްދިން. އެކަމަކު އެގާނޫނުން އަޅުގަނޑުމެންނަށް ހަމަ ކޮންމެ މީހަކާ ދޭތެރޭގައި ވެސް ހަމަ ޓެރަރިޒަމްގެ ދައުވާތައް އުފުލޭތަން ފެނުނު. ހަމަ އެގޮތަށް އަޅުގަނޑުމެން މިހާރު މިފެންނަނީ މަނީ ލޯންޑަރިންގެ ގާނޫނެއް އުފެދިފައި އޮތުމާއެކު ކޮންމެ މީކަހަކާ ދޭތެރޭގައި އެއްކަލަ މަނީ ލޯންޑަރިންގެ ގާނޫނުގެ ދަށުން މައްސަލަތައް ނޫނީ ދައުވާތައް އުފުލިގެންދާތަން." ސަލީމް ވިދާޅުވިއެވެ.

ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް ލީޑަރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ނުހައްގުން މުއްސަންދިކަން ހޯދާ ލިބުމުގަތުމަކީ ކުށެއްކަމަށް ގާނޫނު އުގޫބާތުގައި ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖެއިން ވެސް ކޮރަޕްޝަން އެއްކޮށް ނައްތާލުމަށް މިއީ ވަކިން ވަކި ގާނޫނެއް ދުނިޔޭގެ ގިނަ ޑިމަކްރަޓިކް ގައުމުތަކުގައި ވަކި ގާނޫނުތަކެއް ހުރޭ ވަކި ގާނޫނުތަކެއް މިފަދަ ކަންކަމަށް ބަޔާންކޮށްފައި. މިހާރު ހުށަހެޅިފައި އޮތް ވަރަށް ވުރެ ތަފްސީލަށް ހުށަހަޅަންޖެހޭ" ރިޔާޒު ވިދާޅުވިއެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ އެ ބިލް އިތުރަށް ފުރިހަމަ ކުރުމަށް ގިނަ ކަންތައްތަކެއް ހިމެނެންޖެހޭ ކަމަށެވެ. އެއީ ރާއްޖޭގެ މުޖުތަމައުއަށް ބަލާއިރު، ވަރަށް އާދައިގެ ވާޒީފަ އުޅޭ މީހުން ވެސް އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ހީނުކުރާހާ މައްޗަށްދާ ކަމަށެވެ.

މީގެ އިތުރުން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވީ ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑު އެއްވަބާ އަކީ ކޮރަޕްޝަން ކަމަށާއި، ދިވެހި ދައުލަތުގެ ހަޒާނާއިން އެކި ދައުރުތަކުގައި އެކި މިންވަރަށް ވައްކަން ކުރަމުންދާތަން ރައްޔިތުންނަށް ފެންނަ ކަމަށެވެ.

"މިބިލް އޮތް ގޮތުން ފެންނަނީ ހަމައެކަނި ދައުލަތުގެ މުއައްސަސާތަކުގަ ތިއްބަވާ މުއައްޒަފުންނަށް ޓާގެޓްކޮށް ކުރެވިފައި އޮތް ބިލެއްގެ ގޮތުގައި މިބިލް ފަރުމާ ކުރެވިފައި މިއޮތީ. އެކަމަކު އެކިލަވަލްތަކުގެ މީހުން މުއްސަންދިކަން ހޯދާ. މިބިލަށް އިތުރަށް ދިރާސާކޮށް އިސްލާހުތައް ގެންނަން ޖެހޭ" ސައުދު ވިދާޅުވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ވައްކަންތައް ރިޕޯޓު ކުރާނެ ގޮތެއް، ވައްކަންތަކަށް ހައްލެއް ހޯދާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އެގޮތުން އެ ބިލަކީ ފާސްކުރުމަށް މުހިންމު ބިލްއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދުނިޔޭގެ ކޮރަޕްޝަން އިންޓެކްސްއިން ބަލާނަމަ ދިވެހިރާއްޖެ ނުވެއްޓޭ ދަރަޖައަށް ކޮރަޕްޝަން އިންޑެކްސް ދިވެހިރާއްޖެ ވެއްޓިއްޖެ. އޭގެ ވަރަށް ބޮޑު ސަބަބަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި، ވޭތުވެދިޔަ ފަސް އަހަރުގެ ދިވެހިރާއްޖޭގެ ސަރުކާރާއި، އަދި ދައުލަތުގެ މުއައްޒަފުން ދައުލަތުގެ މަގާމުތަކުގައި ތިބި މީހުން ކަންކަން ކުރި ގޮތުން،" އިވާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް